އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ކުރިއަރާފައިވާ ގައުމުތަކުގެ އެހީތެރިކަން ހޯދުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުން މަޖިލީހުން އާންމުކޮށްފައިވާ ލިސްޓަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެ ކޯލިޝަނުން ގަބޫލުކުރާ ގޮތުގައި އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބައިވެރިވެފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވޭނީ ކުރީ ސަރުކާރުން އެ މައްސަލާގެ ތަހުގީގު ގެންދިޔަ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންގޮސްގެންނެވެ.

"އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބައިވެރިވެފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ފައްޓަވާފައިވާ މަސައްކަތްތައް އެގޮތުގައި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ އެހީތެރިކަމާއެކު މިނިވަން އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލަމެވެ. އަދި އެކަމުގައި ޝާމިލުވެފައިވާ އެންމެންނަށް ހައްގު އަދަބު ދިނުމަށްވެސް ގޮވާލަމެވެ." އިދިކޮޅުން ނެރުނު ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް ނެރެފައިވާ ލިސްޓާއި މިހާރު އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއާއި ހިއްސާކޮށް އާންމުކޮށްފައިވާ ލިސްޓާ ތަފާތުތަކެއް ހުރުމުންވެސް އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެ ކޯލިޝަނުން ބުނަނީ އޭސީސީއިން ފޮނުވި ލިސްޓުގައިވާ ބައެއް ނަންތައް އުނިވެގެން ދިޔައީ ތަހުގީގު ކުރުމުގައި އޮޅުވާލުން އެކުލެވިގެން ވާތީ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ 281 ފަރާތެއް ނަން ހިމެނޭ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީން ދިރާސާކުރުމަށްފަހު އާންމުކޮށްފައިވާއިރު އޭގެ ތެރޭގައި ދައުލަތުގެ މަގާމުތައް އަދާކުރަމުންދާ 119 މީހެއްގެ ނަން ހިމެނިފައިވެއެވެ.

ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓްގައި 281 ނަމެއް އޮތް އިރު ކުރިން އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ ލިސްޓްގައި އޭރު އޮތީ 267 ނަމެވެ. މިލިސްޓުގައި މިހާރުގެ ވަޒީރުންނާއި ކުރީގެ ވަޒީރުން އަދި މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީން މެންބަރުކަން ކުރެއްވި ބޭފުޅުން އަދި ބައެއް ކުންފުނިތައްވެސް ހިމެނެއެވެ. އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި އެހެން ބައެއް ކޯޓްތަކުގައި ފަނޑިޔާރުން ކުރެއްވި ބޭފުޅުންވެސް ހިމެނެއެވެ. އަދި ސިޔާސީ ހުރިހާ ޕާޓީތަކެއްގެ ބޭފުޅުން ތިއްބެވި އިރު އިދިކޮޅުގެ ގިނަ މެމްބަރުންގެ ނަން އެލިސްޓުގައި އެބައޮތެވެ.

މި ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށްޓަކައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނެއް ވެސް އެކުލަވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ނާޅި

  ބޮޑް ހިޔާނަތަކީ ވަފާތެރި ކެހެވިވެރި ސިޔާސީ ޗޯރުން ބައިވެގެން ކޮށްފައިވާ ބައިތުލް މާލު ލޫޓުވާލުމުގެ ކަންތަކެއް ! ބޭރު މީހުން ގެނެސްގެން ޗަރުކޭސް ކުޅެން އުޅެނީ !

  9
  1
 2. ރާގޮޑިރާޖަ

  ތީސިޔާސީ ކަން ކަމަށް ކުފޫހަމަވާބައެއް ނޫން. ޢަދީބު ދެނީ ކަޅުފައިސާ ކަމެއް ނޭގެޔޭބުނާއިރު އެޢީ މަތިންވެހުނުފައިސާ ކަމަށްތޯ ހީކުރީ. ހިތަންއެރިހާގޮތަ ކަށްވާހަކަދައްކަމުން ދާއިރުﷲ ގެ ކޯފާއަށް ބިރުވެތިވެ ތައުބާވުން އަވަސް ކުރައްވާ.

  5
  1
 3. ޢަހޮމަދު

  ކޮބާތޯ ސަހީމު..މާތްﷲ އަށް ބިރުވެތިވެ ތައުބާވުމަށް މިބައިގަޑަށް ނަސޭހަތް ދެއްވާ!

  5
  1
 4. މީނަގެ

  ޢަބްދު ރަހީމާއި ބާރަށު ސުޖާއު މިގަރުނުގަވެސް ތެދެއްހެދިބާ؟؟؟؟؟؟؟

 5. ހިޔަޅު

  ތިޔަ ތަހުގީގު މިހާރު ތިޔަކުރާގޮތަށް ކޮށްގެން އިތުބާރު ކުރާނެ އެއްވެސް ބަޔަކު ނުތިބޭނެ މަޖިލިސްގަތިބި ގޮޑުދޮށުންނާ ވަކަރުގޭ ބިއްދޮށުން މެމްބަރު ކަމަށް އައިސްތިބި ތަނެއްދޮރެއް ނޭގޭ މީހުންނަށް ފެނުނީމަ އުނިކުރަންޖެހޭ ނަމެއް އުނިކޮށް އިތުރުކޮށް އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތްބަޔަކު ހިތުހުރި ގޮތަކަށް ހުރިހާކަމެއް ކުރަމުން ދަނީ
  ކީއް ކުރާނީ ވެރިކަމުގަ ހުރިމީހާގެ ފެންވަރުވިއްޔާ މިފެންނަނީ

  3
  2
 6. ނަައީމް

  މި ސަރުކާރަކައް ލާހިކެއްނޫން ބިރުން ތިޔަކަން ކުރާކަށެއް މިހާރުވެސް ކަނީ ވިއްޔާ އަގައިން ހިފަހައްޓާސަރުކާރު ނިކަމެތި ރައްޔިތަކައް ވީ އެއްވެސް ކަމެއްނެތް ބޮޑުން ޕުރައިވެޓް ޖެޓްގަ ރުފިޔާއޮހެނީ މިަްރުކާރު ކަމަކުނުދޭ އެގެނީ ވައްކައް ކިޔަން އެކަނި މިހާރު ކުޑަކުދިންވެސް ކިޔަނީ ގޮވަނީ ވަގާ ވަގާ ވަގޯ ވަގޯ

  3
  2
  • ސޮހޯ

   ބަލަ ތިޔަ ހިޔާނާތެއް ވެގެން އެތައް ދުވަހެއް ވީއިރުވެސް ތިޔަ ބުނާ މޮޅު ޔާމީނު އެކަން ނުބެލީ ކީއްވެތަ؟ ގައިމު ދުނިޔެއިން ބޭރުން މީހުން ގެނެސްގެން ބަލާހާ ދުވަސްވެސް އޭނަޔަށް ލިބުނު

   4
   2
 7. Anonymous

  ދެ ކޮލުގައި ފުއްޖަހިގެން މީޑިޔާ ކުރިމައްޗަށް
  ހުއްޓެތިބެން ލަދުކުޑަކަން ވަގު ކަޑަބަރިތައް

  4
  2
 8. ނަރެލް

  މިގައުމުގެ ކަންކަމަށް ބޭރުމީހުން ވައްދާކަށް ނުވާނެއްނު

 9. މަޔޭ

  ޔާމީނު ސަރުކާރުގައި ޔާމީނު ކުރި ވައްކަމެއް އިންސާފުން ތަހުގީގުކުރެވޭނީ ހަމަ އެ ސަރުކާރަށޭ ބުނުމަކީ ދުނިޔޭގަ ހިސާބަށް އެންމެ މޮޅީ ޓިނު އަދުރޭއޭ ބުނުން ކަހަލަކަމެއް.

 10. އަލްޖިބްރާ

  ތިޔައީ " މަގޭ ރާއްޖެ " އޭ ގޮވާބަޔަކީމެއް ނު ؟ ތިއީ ޔާމީނުގެ ޕާރޓީއެއް ނު ؟ ޔާމީނު ބުނީ ރާއްޖޭގެ ކަންތަށް ކުރަން ބޭރު މީހުން ގެނާކަށް ނުޖެހޭނެއޭ ! ދެން ކަލޭ ތިލަވަނީ ކޮން ހަޅޭކެއް ؟

 11. Anonymous

  ލާދީނީ ޕާޓީ ކުދިން ހާދަ ވަރަކަށް މާތްﷲ އަށް ތައުބާވާން ތި ގޮވަނީ.. ތިކުދީންގެ މުނާފިގުކަން ހަމަ ނުވިސްނެނީތަ؟ މޑނ ރިޕޯޓާ މަޖިލީހުގެ ރައީސާ މޑޕގެ ބޮޑުން ދީނަށް ހަޖޫ ޖެހިއިރު ކަލޭމެން ތައުބާވާން ނުގޮވީ ކީއްވެ ބާ؟ ނޫނޭވާ ސަޅި އިނގޭ

 12. ޔޫއްޕެ

  ޔާމީނު ލައްވާ ތިކަން ނުބެލީ ކީއްވެތަ..އަނެއް ނަހުލާވެސް ފުށްޖަހައިގެން އަރާ..މަަށޭ އެބަ ކިޔާތަ...ބަދިގެ ފުއްޑަނުގަ ހުރީ ވަގު ރުފިޔާ ކަމެއް ނޭންގުނޯ.ހޭބަލިވެދާނެ.