އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރާ މީހުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މީސް މީޑިއާއިން ''ގެއްލިއްޖެ" ކަމަށް ބުނެ، ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މަހްލޫފް އަކީ ޓްވީޓާ އާއި ފޭސްބުކްގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ސަރުކާރުގެ ވަޒީރުންގެ ތެރެއިން މީސް މީޑިއާގައި އެންމެ ބޮޑަށް ''އެކްޓިވް" އެއް ވަޒީރެވެ. މިނިސްޓްރީއާ ގުޅޭ ގޮތުން އާންމުން ކުރާ ސުވާލުތަކަށާއި، އެކި ގޮތް ގޮތަށް އޭނާއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް މަހްލޫފް ގެންދަވަނީ އަބަދުހެން ޓްވީޓާގައި ޖަވާބު ވެސް ދެއްވަމުންނެވެ.
ރާއްޖޭގައި ހުރި މައްސަލަތަކުގައި ދެކެވަޑައިގަންނަވާ ގޮތް އަމިއްލަފުޅަށް ހާމަކުރައްވައެވެ. މައްސަލައެއްގެ ހައްލު ކަމުގައި އޭނާ ދެކެވަޑައިގަންނަވާ ގޮތެއް ލިޔުއްވައެވެ. ވާދަވެރިންގެ ފަރާތުން އަމާޒުވާ ފާޑުކިއުންތަކަށް ވެސް، ސަރުކާރާއި އޭނާގެ ވުޒާރާއާއި ޕާޓީގެ ދިފާއުގައި އަބަދުވެސް ވާހަކަ ދައްކަވައެވެ.
މަހްލޫފަކީ މިޑީއާއާ ވެސް ގާތް ބޭފުޅެކެވެ. އަބަދުވެސް ފޯނަށް ޖަވާބު ދެއްވާނެއެވެ. ނޫސްވެރިންގެ ހުންނަ ސުވާލުތަކަށް ޖަވާބު ދެއްވާނެއެވެ.
ޚިޔާނާތުގެ ލިސްޓުގައި މަހްލޫފްގެ ވެސް ނަން އޮތުމުން، އޭނާގެ ބަހެއް ހޯދަން "ވަގުތު" އިން އެތައް ފަހަރެއްގެ މަތިން ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވައެވެ. މެސެޖަކުން ވެސް ނަމަވެސް ކޮމެންޓްއެއް އަދި ނުދެއްވައެވެ. ލިސްޓުގައި މަހްލޫޕަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް އެ މައްސަލާގައި އޮތީ ވެސް ދައުވާ ކުރުމުގެ މަރުހަލާގައެވެ.
މީގެ ކުރިން އޭސީސީން ހާމަކުރި ހިޔާނާތުގެ ލިސްޓުގައި މަހްލޫފްގެ ނަން އޮތުމުން ގޭގައި މަޑުކުރެއްވުމަށް އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވިއެވެ. މަހްލޫފް އެކަމާއި ގުޅޭ ގޮތުން ކުރިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ އެއްވެސް އިރެއްގައި ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި އެއީ އޭނާ ޑޮލަރު ގަނެގެން ލިބުނު ފައިސާ ކަމުގައި ވިދާޅުވެއެވެ. އޭރު އޭސީސީން އެކަނި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، ރައީސް އޮފީހަށް މަހްލޫފްގެ މައްސަލައެއް ނެތް ކަން އެންގުމުން މަހްލޫފް އަލުން ވަޒީފާއަށް ނުކުމެވަޑައިގަތީއެވެ.
ނަމަވެސް ފަހުން އަނެއްކާ ވެސް މަހްލޫފްގެ ނަން ލިސްޓްގައި އޮތް މައްސަލައިގައި މިއަދާ ހަމައަށް އޭނާ އެއްޗެއް ވިދާޅެއް ނުވެއެވެ.
ހިޔާނާތުގެ ފައިސާގައި ޖެހުނުކަމުގެ ތުހުމަތު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަަކްރަމްކަމާލުއްދީން އަށްވެސް ކުރެވެއެވެ. އެކަމަކު މިހާތަނަށް އަކުރަމްވެސް ހުންނެވި ހަނެވެ. އެއްވެސް އެއްޗެއް މީސް މީޑިއާގައިވެސް ވިދާޅެއް ނުވެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވާ ގޮތުންނަމަ ހިޔާނާތުގެ ލިސްޓުގައި އެއްވެސް ސަރުކާރުގެ ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމަށްވިޔަސް ފިޔަވަޅު އަޅާނެއެވެ.
މަހްލޫފްގެ ނަންވެސް ހިމެނޭ ލިސްޓު އާންމުކޮށްފައި މިވަނީ، ވަޒީރުކަމުގެ މަގާމުން އޭނާ ދުރުކުރުމަށް އެމްޑީޕީގެ ތެރެއިން މަސައްކަތްކުރަމުންދާ ކަމުގެ އަޑުތަކެއްވެސް ފެތުރެމުން ދިޔަ ދަނޑިވަޅެއްގައެވެ. ކުޅިވަރުގެ ބައެއް ކަންތައްތަކުގައި މަހްލޫފްއާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީީޕީގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދި ބަހުގެ ހޫނު ހަމަލާތައް ދޭތެރެ ދޭތެރެއިން ބަދަލު ކުރައްވާފައިވެއެވެ.
މަހޭ މިވަގުތު ވަނީ އުމުރާގެ އަޅު ކަމުގަ ސައުދީގަ.
މިލިސްޓްގައި މަޝްހޫރު ބޭފުޅެއްގެ ނަން އަދި ނެތް. އެއީ އބ ކިޔާ ދިވެހިއްސެެއް
އޭނާ ވަރަށް ގިނަ އަދަދެއް ނެގިޔޯ. އަދީބުގެ އުމުރު ހަނގުވީމަ ޤާނޫނު އަސާސީއަށް ބަދަލްގެނައުމަށް އެމްޑީޕީ އިދިކޮޅުއޮވެ ގިނަ އަދަދެއްގެ ވޯޓްް އެބިލާ އެއްކޮޅަށް ދެެއްްވުމީ އިއްތިފާގެއްނޫން، ދޮގެއްތޯ.
ގައުމަށް ގައްދާރު ވަގުން ހުކުމްކޮށް ޖަލަށްލާށޭ
ލާވައެއް ކުޅެނީ، އުދަގޫނު ކުރާތި.މިހާލަތުގައި.
މަހުލޫފުގެ ނަން ހިމަނާފައިވްނީ ހަސަން ލަތީފު އަދި އަޑީގައި ހުރެގެން ...
މި ސަރުކާރުގައި ނަޖީޖާ ނެރެ ދައްކަމުން އައެ ހަމަ އެކަނި ވަޒީރު
މިދިޔަ ދުވަސްތަކުގައި މަހޭވަނީ ވަރަށްގިނަ ބަޔެއްގެ ލޯބި ހޯދާފަ...
ތި މަޚުލޫފު ތީ ވަރަށް ދޮގުހަދާ ފައްކާ އިބިލީހުގެ ދަރިއެއް އެހުން ނަނީ ރެކެން ދައްކާނެ ވާހަކައަށް ވިސްނަނީ އެމް އެމް ޕީ އާރު ސީ ލާރިން ގަނެފަ ހުންނަ ޕެންޓަ ހައުސް މަތީގައި މިހާރުވެސް ވީ ހުޅުމާލޭގަ ބިރުކުޑަވިޔަސް ތީ ބޮޑު ވަރު މަރުވާނެ ކަން ހަދާންކޮށް ބަލަ
މިކަލޭގެ ހުޅުމާލެއިން އަގުބޮޑު ، ފުލެޓެކާއި ، ބިމެއް ގަތް ވާހަކަ ދޫދޫމަތިން އެބަ ދެކެވޭ ، މީގެ ހަގީގަތް ބަލަން އެބަޖެހޭ ، ރަނގަޅަށް ވެއްޖިއްޔާ މިއެއްޗެހި މިގަތީވެސް އެލާ ރީގައި ތޯއްޗެ!
އަޑުބަރޭ ގޮވާގެން ސައިކުގައި އުޅެތަން އިއްޔެ ފެނުނު...
މަހުލޫފު ހިންގާލި ފެންވަރުގައި ޔޫތް މިނިސްޓްރީ ހިންގި ވަޒީރެއްނެތް.