މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ސިޔާސީ ޕާޓީތަކުގެ ތެރޭގައި ނުހިމެނެނީ ހަމައެކަނިި ޑީއާރުޕީ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 281 މީހުންގެ ލިސްޓު އެސްޓް ރީކަވަރީ ކޮމިޝަނުން މަޖިލީހާއި ހިއްސާކުރި ގޮތަށް ވަނީ އާންމުކޮށްފައެވެ.

"ވަގުތު" އާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ޑީއާރުޕީގައި ކުރިން އުޅުނު މެމްބަރުންގެ ނަން ހިމެނިފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ. ނަމަވެސް އެންމެ އުފާވަނީ މިވަގުތު ޑީއާރުޕީއަށް ނިސްބަތްވާ އެއްވެސް ފަރާތެއްގެ ނަން އެ ލިސްޓުގައި ނެތުމުން ކަމަށް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރުމާއި، ހިޔާނާތުގެ އަމަލުތައް ހިންގުމަކީ ރާއްޖޭގައި އެންމެ ކުރީއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެގޮތުން މިއަދު މަޝްހޫރު ވިޔަފާރީވެރިންނަށް ވެފައި ތިބި މީހުންނަށް، އުސޫލުގެ ބޭރުން އެތައް ފަޅުރަށްތަކެއް ކުރީގައި ދޫކޮށްފައިވާ ކަމަށްް ތުހުމަތުކުރެއްވިއެވެ. އަދި އެއީ ދައުލަތުގެ މާލިއްޔަތަށް ލިބިފައިވާ ބޮޑު ގެއްލުމެއްކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ އިތުރުން މާޒީގައި ހިނގާފައިވާ މިފަދަ ބޮޑެތި ހިޔާނާތުގެ މައްސަލަތައްވެސް ތަހުގީގު ކުރެވެން ޖެހޭނެ ކަމަށެވެ.

"ދައުލަތުގެ ހަޒާނާއިން ވައްކަން ކުރުމަކީ މިއަދަކު ނޫނީ އިއްޔެ ފެށި ކަމެއް ނޫން. އެމްއެމްޕީއާރުސީގެ މައްސަލައިގައި އިތުރުންވެސް ބަލަން ޖެހޭ ގިނަ މައްސަލަތަކެއް އެބަހުރި. މަޝްހޫރު ވިޔަފާރީވެރިންނަށް ވެފައި ތިބި އެންމެންނަށް އެ މުއްސަނދިކަން ލިބިފައިވާ ގޮތްވެސް ބަލަން ޖެހޭ. އަޅުގަނޑަށް ލިބިފައިވާ ތަނަވަސްކަމަކީ ހިޔާނާތުގެ ފައިސާއިން ކައިގެން ބޮއިގެން ލިބުނު ތަނަވަސްކަމެއް ނޫން." ޖާބިރު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މޭސްތެރިޔަކަށް ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވާ ގޮތުން އެ ފައިސާ ސިޔާސީ ޕާޓީތަކަށާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނަށާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުންނަށާއި ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް އޭނާ ދީފައިވާނެއެވެ.

ނަމަވެސް މި މައްސަލާގައި މިހާތަނަށް ދައުވާކޮށްފައި ވަނީ ތިން ފަރާތެއްގެ މައްޗަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްއާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖަރު އަބްދުﷲ ޒިޔަތުގެ މައްޗަަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ފަޅުތަކާއި ފަޅު ރަށްތަކުން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށް ޓަކައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނެއް ވެސް އެކުލަވާލާފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރާކަނި ސައްތާރު

    ޖާއް ކޮ ... ޔޫއަރ އޮންލީ ދަ ކްލީން މޭން..ޔޫ އަރ ދަ އޮންލީ މޭން.
    ކކ

    15
  2. ކޮވިޑް

    ތިޔާބުނީ ފިސާރި ތެދު ވާހަކަ އެއް. މުޅިން ވެސް މިފަކީރު ދަވާލައިގެން ދޯ މި އުޅެލީ.

    11
    2
  3. މޮހޮނު

    ތިޔެއް އެގޭނި މަވޯޓާ ބައި އެޅި މީހުންގެ ލިސްޓާއި ޕީޕީއެމް ގެ ލަތީފް ބައި އެޅިމީހުންގެ ލިސްޓް އެގުމުން

    11
  4. އަހަންމަދު

    ޚިޔާނާތުގެފައިސާހަދިޔާކޮށްފައެވަނީސިޔާސީބޭނުމެއްފުއްދަން! އެބޭނުމެއްފުއްދައިދެވޭނެފެންވަރެއްނެތްފަރާތަކަށްއެފައިސާހަދިޔާއެއްނުކުރާނެދޯ! ސިޔާސީގޮތުންބަލާއިރުތިޔައީކީއުފާވާންވިކަމެއްނޫން! ލަދުގަންނަންޖެހޭކަމެއް! ތިރިޝްވަތުހުށަހެޅިއެކަމަކުއެގަބޫލުނުކުރިވާހަކަދެއްކިނަމަދެއްކިނަމަމޮޅުކަމެއްކަމަށްވީސް!
    މިބުނީކީވައްކަންކުރިމީހުންރަގަޅުވާހަކައެއްވެސްނޫން! އަދިމޮޅުވާހަކައެއްވެސްނޫން! އަޅުގަޑުމެންއެންމެންވެސްބަލަންވީއެއްވެސްމީހަކަށްއެފަދަޖަރީމާއެއްނުހިންގޭނެނިޒާމެއްް
    ޤާއިމުކުރަން! ކޮންމެހެންއެހެންޤައުމެއްގައޮތްނިޒާމެއްކޮޕީކުރާކަށްނުޖެހޭ! ދިވެހިންމިއަދުތިބީކިޔަވައިގެން! ދިވެހިންނަށްވާނެ! އެކަމަގުނިޒާމުގެތެރެއިންކުރެވޭނެމަގުފަހިކޮށްދޭންޖެހޭނީސަރުކާރުން!

  5. ބުއްޅަބޭ

    ތިދެން ޕާޓީއެއްތަ؟

  6. ބޫމް ބޫމް

    ދެ ކުޅަނދު ހަމަވާ ތަނެއް ނަމަ ދޯ ހިމެނުމުގެ ޗާންސްވެސް ބޮޑުވާނީ

  7. ޢަހު

    ޢަވަހަށް ކޯޓަށް ދޭ އެ ފައިސާ ހޯދަން

  8. Anonymous

    ކޮން ދަލީލެއްގެ މައްޗަށް ބުނި ބަހެއް. ދޮގުހަދާ މީހަ ކު ތެދެއް ހެދީމާ ޤަބޫލު ކުރެވެންޏާ ތިޔައީ ތެދު ވާހަ ކައެއް.

  9. ސާބިތު

    ޑީއާރޕީ ކަޑަ، އެއީ ޕާރޓިއެއްކަމަކަށް ނުބެލެވޭނެ

  10. އަލްޖިބްރާ

    ކަލޭކަހަލަ މަހުޖަނަކު ހުންނަ ޕާރޓީއަކަށް ޚިޔާނާތުގެ ފައިސާ ބޭނުމެއް ނުވާނެނު ؟ މިހާރުވެސް ކޭބަލް ކާރުވެސް އެއޮށް ދަތުރު ކުަރަނީނު! ކިތައްރިސޯރޓް މިހާރުވެސް އެބަހިންގަންތަ ؟ މިކަހަލަކިތަންމެ ކަމެއް ކަލޭ މިރާއްޖޭގައި އެބަ ކުރަމެއްނު ! ދެން އެހެންތަނަކުން ތިޔަޕާރޓީ އަށް ފައިސާ ގެންނާކަށް ނުޖެހޭނެ ނު ؟