ކޮވިޑް-19 ޖެހިގެން ރޭ ފަތިހު ރާއްޖެ އިން ނިޔާވި، ދަފްތަރު ނަންބަރު 6256/މާލެ، އައިޝަތު މިޒުނާ 30، އަކީ މި ބަލީގައި ރާއްޖެ އިން ނިޔާވި އެންމެ ހަގު ދިވެހި އަންހެން މީހާއެވެ. ކުޑަ ދެ ކުދިންގެ މަންމަ، އަށް ކޮވިޑް ޖެހުނު ކަން އެނގިފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ.

މިޒުނާގެ އާއިލާގެ މެމްބަރަކު "ވަގުތަށް" މިއަދު ބުނީ މިޒުނާ ހުން ވައްތަރު ވާން ފެށީ، އީދު ދުވަހު ހެނދުނު ކަމަށެވެ. އަދި ހުން ގަދަވާން ފެށުމާ އެކު، ޑޮކްޓަރަށް ދެއްކުމަށް ގެންދިޔައީ އެރޭގެ ވަގުތެއްގައި ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގެންދިއުމާ އެކު ފުރަތަމަ ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރިއެވެ. ހޮސްޕިޓަލްގައި ބާއްވައިގެން ކޮވިޑަށް ޓެސްޓް ކުރުމުން ނަތީޖާ ވަނީ ފައްސިވެފައެވެ.

އެއާއެކު އޮކްސިޖަން ގުޅައިގެން ގެންދިޔައީ ހުޅުމާލެ ކޮވިޑް ފެސިލިޓީއަށެވެ.

"ހުޅުމާލެ ކޮވިޑް ފެސިލިޓީ އަށް ގެންގޮސް ފަރުވާދޭން ފެށި ފަހުން ވާހަކަ ދައްކާ ހެދި. އާއިލާގެ މެމްބަރުންނަށް ގުޅާ ވެސް ހެދި. ހާލު ދެރަވެގެން އުޅޭ ކަމުގެ ރިޕޯޓެއް ވެސް ނުލިބޭ،" މިޒުނާގެ އާއިލާގެ މެމްބަރު ކިޔައި ދިނެވެ.

އެކަމަކު، ރޭ ފަތިހު މިޒުނާގެ ހާލު ވަރަށް ބޮޑަށް ގޯސްވެ، ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ ދުނިޔެއާ ވަކިވެފައެވެ.

މިޒުނާ ދުނިޔެ އިން ވަކިވުމާ އެކު، އެންމެ ބޮޑު ހިތްދަތިކަމެއް ލިބޭނެ އެކަކަކީ މިޒުނާގެ ފިރިމީހާ މުހައްމަދު ސުހައިލަށެވެ. އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި، މިޒުނާ އެންމެ ފަހުން ވާހަކަ ދެއްކީ ވެސް އޭނާގެ ފިރިމީހާއާއެވެ.

"ފިރިމީހާއާ ވާހަކަ ދެއްކި އިރު ވެސް ހާލު ގޯސްވި ވާހަކައެއް ނުބުނޭ. ދަންވަރު ވަންދެން ވެސް ވާހަކަ ދެއްކި ފިރިމީހާއާ." މައުލޫމާތު އެނގޭ މީހަކު ކިޔައި ދިނެވެ.

"އޭގެ ފަހުން ޑޮކްޓަރުން ގުޅާފައި ބުނީ ހަކުރު މަތި ކަމަށް. އޭގެ ފަހުން ނިޔާވި ހަބަރު ދިނީ،"

މިޒުނާ ނިޔާވި އިރު، ދެމަފިރިންގެ ދެ ކުދިން އެބަތިބިއެވެ. އެއީ އުމުރުން 11 އަހަރުގެ ކުއްޖަކާއި ހަ އަހަރުގެ ކުއްޖެކެވެ. އެނގިފައިވާ ގޮތުގައި މިޒުނާގެ ދެ ކުދިން ވެސް ކޮވިޑަށް ޓެސްޓް ކުރުމުން ނަތީޖާ ވަނީ ފައްސިވެފައެވެ. ސުހައިލްގެ ޓެސްޓެއް އަދި ނުހަދައެވެ.

ނަމަވެސް އެ އާއިލާ ތިބީ ހުޅުމާލޭގައި ކަރަންޓީންގައެވެ.

އާއިލާ އިން ބުނި ގޮތުގައި މިޒުނާއަކީ ދާއިމީ ބައްޔަކަށް ބޭސް ކާ މީހެއް ނޫނެވެ. އަދި ކޮންމެވެސް ވަރަކަށް ހަށިގަނޑުގައި ހަކުރު ހުރި ނަމަވެސް އެކަމަށް ވެސް ބޭހެއް ބޭނުމެއް ނުކުރާ ކަމަށްވެއެވެ. މިޒުނާ އަށް ކޮވިޑް ޖެހުނު ސަބަބާ މެދުގައި އާއިލާ އިން ސުވާލު އުފައްދައެވެ.

"މިޒުނާއަކީ ބޭރަށް ނުކުންނަ މީހެއް ވެސް ނޫން. ވަރަށް މަދު ފަހަރެއްގައި ނުކުންނާނީ، އެހެންވީމަ އޭނާގެ ގަޔަށް ބަލި އަރަންވީ ސަބަބެއް ހަމަ ވިސްނާ ވިސްނާ ވެސް ނޭނގުނު،" މައުލޫމަތު ދިން ފަރާތުން ކިޔައި ދިނެވެ.

މިޒުނާ ދުނިޔެއާ ވަކިވުމާ އެކު، އާއިލާ އަށް ވަނީ ބޮޑު ހިތާމައެއް ލިބިފައެވެ. ހާއްސަކޮށް، މިހާ ޒުވާން އުމުރުގައި މިޒުނާ ދުނިޔެއާ ވަކިވެގެން ދާން ޖެހިދާނެ ކަމަށް އާއިލާގެ އެއްވެސް މެމްބަރަކު ގަބޫލެއް ނުކުރެއެވެ.

"އަދިވެސް އަޅުގަނޑުމެން މިތިބީ ޝޮކެއްގައި. ގަބޫލު ކުރަން ވެސް ދަތިވެފައި މިޒުނާ ވަކިވި ވާހަކަ،" އެމީހާ ކިޔައި ދިނެވެ.

ރާއްޖެ އިން މި ބަލި ޖެހިގެން މިހާތަނަށް 96 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޓ

    ކޮބައިހޭ ހެލްތް މިނިސްޓަރ ކެރަފާ ނަސީމް
    ޢަމީން ހުރިނަމަ މިހާރު މަޖިލިހުން ފުމެނަގާނެ
    ކޮންމެދުވަހަ ކު އެތައްބައެއް މަރުވާ އިރު ނަސީމް ފިލައިފި

    103
    1
    • އަމީންއާމް

      އާން. އަމީން އުތުރިއެރިތަން ދުށިން އަހަރުން. މނޖ ނުކިޔާ.

      13
      32
  2. ޜަލހަ

    ޥަރަދެރަ

    41
  3. ވެކްސިން ޖެހިބާ؟؟؟

    އޭނައަށްްްް ބަލިޖެހުނު ގޮތާއިމެދު ތިހައި ވަރަށް ވިސްނާކަށް ވެސް ނުޖެހެއެވެ! މިދުވަސްްވަރު ކިތަންމެ މަދުން ނިކުތަސް ނުރައްކާ އޮންނާނެއެވެ. އަދި ގޭގައި ދިރިއުޅޭ އެހެން މީހުން ބޭރަށް ނިކުމެ އުޅުނަސް ނުރައްކާ އޮންނާނެއެވެ. ފިހާރައަށް ނުގޮސް އޯރޑަރ ކޮށްގެން ގެނަޔަސް ނުރައްކާ އޮންނާނެއެވެ. އަނެއްކޮޅުން މިހާރު ތިވަނީ ފިރިމީހާ އާއި ދެ ކުދިންވެސް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން ފުރަތަމަ ބަލި ޖެހުނީ ކާކަށް ކަމެއް އެނގޭނީ އެކަން ދިރާސާ ކުރީމައެވެ. އެއްވެސް މީހަކު ވެކްސިން ޖެހިބާ؟

    51
    5
    • Happy 123

      މަރުހޫމާ އަށް ސުވަރުގެ މިންވަރުކުރައްވާށި.އާއިލާ އަށް ކެތްތެރިކަން ދެއްވާށި

      92
  4. ހުސެން

    މަރުހޫމާ އަށް ސުވަރުގެ މިންވަރުކުރައްވާށި.އާއިލާ އަށް ކެތްތެރިކަން ދެއްވާށި.

    94
  5. އިބްރާހީމު

    ނިކުމޭ ފަލްސްތީނުގެ ދިފާއުގަ މުޒާހަރާއަށް، އިޒްރޭލު ނިކަން ބިރުގަންނާނެ، ކޮވިޑް މިގައުމުގަ ފެތުރުނަސް އިޒްލޭރަށް ވާނެކަމެއް ނޯންނާނެ މިތާކުރާ މުޒާހަރާއަކުން.

    7
    67
    • އަބުޅޯ

      އޮވޭ ގޭގަ. ކަލޭ މަރެއް ނުވާނެ.

      27
      2
  6. ހުސެން

    ސަރުކާރުގެ އިހުމާލު

    47
    5
  7. ރިޒާ

    ހެޔޮ ރަޙްމަތް ލައްވައި ފާފަފުއްސަވާށެވެ.
    ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި އެވެ.

    41
  8. ދިރާސާ

    ހަ ކުރަށް ބޭސް ކާން ޖެހެނީ ހަ ކުރު ދަށްނުވެ ގިނައިރުވާނަމައެވެ.. ހަ ކުރުމަތިވާ ކޮންމެފަހަރަ ކު ބޭސް ކާންދިނުމަ ކީ ނުރައް ކާތެރި ކަމެއް. ހައިޑޯޒް ދެވިއްޖެނަމަ ހަ ކުރުދަށްވެގެންގޮސް ފުރާނައަށް ނުރައް ކާ ވުމުގެ ފުރުސަތު އޮންނާނެ..

    12
    1
  9. އަހުމަދު

    މަރަކީ މީހާގެ އުމުރަކަށް ބަލާ އެއްޗެއްނޫން. ﷲ ކޮންމެ މީހެއްގެ ވަގުތު ވަނީ މާކުރިން ލިޔުއްވާ ނިންމަވާފައި. އަހަރުމެން ޖެހޭނީ ކެތްތެރިވާން. ﷲ މައްޔިތާގެ އެންމެ ފާފަތައް ފުއްސަވާށި. އަދި މި ފުރުސަތުގައި އެންމެހާ ބޭފުޅުންނަށް ބުނެލަން ﷲ ގެ މި ދީން އަމާނާތްތެރިކަމާއެކު ހިފެހެއްޓުމަށް. ތައުހީދަށް އުނިކަން އަތުވެދާނެ އެންމެހާ ކަންކަމުން ދުރުވެތިއްބަވާ. ކާފަރުން ހަންގަތުރާފައިވާ ޑިމޮކްރަސީއާއި ފަލްސަފާ ތައް ދިރާސާކޮއް އެއާއި ދުރުވެލައްވާ...

    41
    1
  10. ޙހހހ

    މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާ އާއިލާއަށް ކެތްތެރިކަން ދެންވާަށި ،
    މިހާދިސާއިން އިބްރަތް ހާސިލްކުރައްވާ ، މިބަލީގެ ނުރައްކާ މިހާބޮޑު ، ގޭގައި ތިއްބާ ރައްކާތެރިވެލައްވާ ، ގެއަށްގެންނަތަކެތި ސާފްކޮށް ބޭނުންކުރައްވާ

  11. ޫމސބ

    މިޒުނާ ވެކްސިން ޖެހިކަން ނުވަތަ ނޫންކަން އެއްވެސް ނޫހެއްގައި ނެތް.
    މަރުހޫމާ އަށް ސުވަރުގެ މިންވަރުކުރައްވާށި.އާއިލާ އަށް ކެތްތެރިކަން ދެއްވާށި

  12. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    (1) ހަކުރު ބަލިޖެހުނީމާ މިވާގޮތަކީ ހަށިގަނޑު ގެ ދިފާޢު ގެ ބާރު ވަރަށް ބޮޑަށް ދަށްކޮށްލަނީ. (2) ބައެއް ހަކުުރު ބަލީގެ މީހުން ކޮރޯނާ ޖެހިގެން އަންނަ އިރު ތިބެނީ ހަކުރުގެ ބޭސް ނުކައި، ހަކުރު ކޮންޓްރޯލް ނުކުރެވި. (3) ދެން، އެންމެ ފަހު-ވަޤުތު ހަކުރާއި ކޮރޯނާ އާއި ދޭތި އެއް ފަހަރާ މައިތިރި ކުރަން އުދަގޫ ވަނީ. (4) ވީމާ މީގެ އެންމެ ބުއްދިވެރި ގޮތަކީ ހުރިހާ ބޭފުޅުން ވެސް ހަކުރު ހުރިތޯ ބައްލަވާލައްވާ، ހަކުރު ހުރި ނަމަ، ފަހު ވަޤުތާއި ޖެހެންދެން މަޑު ނުކުރައްވާ ހަކުރު ކޮންޓްރޯލް ކުރެއްވުން. (5) ހަކުރު ކޮންޓްރޯލް ކުރެއްވުމޭ މިދެންނެވީ ހަކުރުގެ ބޭސް ޤަވާޢިދުން ފަރިއްކުޅުވުން !