ސްޓޭޓް ޓްރޭޑިންް އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މިދިޔަ އަހަރުގެ އަހަރީ އާންމުު ޖަލްސާ މިމަހު 31 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެެވެ.

އެސްޓީއޯ އިން ނެރުނު އިއުލާނެއްގައި ވަނީ، މި ޖަލްސާ ކުރިއަށްދާނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ކަމަށެވެ. މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށެވެ.

މި ޖަލްސާގައި ރަޖިސްްރީވާން ބޭނުންވާ ހިއްސާދާރުންނަށް agm.sto.mv މެދުވެރިކޮށް މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ރަޖިސްޓްރީ ކުރެވޭނެއެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 60ރ. ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 127 މިލިއަން ރުފިޔާއެވެ.

 

ކިޔުންތެރިންގެ ހިޔާލު