އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ދިވެހި ރައްޔިތުން ފަލަސްތީނާއެކު ތިބިކަން މުޅި ދުނިޔެއަށް އަންގައިދިނުމުގެ ގޮތުން ރާއްޖެއިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މިހާރު އިސްރާއީލުންް ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ރައްޔިތުންނެއް އަންނަނީ ޝަހީދުވަމުންނެވެ.

މި ހަމަލާތައް ކުށްވެރިކޮށް ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ވަނީ އަންނަ އަންގާރަ ދުވަހު ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައެވެ.

މި ހަރަކާތުގެ ބޭނުމަކީ ދިވެހިން ތިބީ ފަލަސްތީނާއެކު ކަން އަންގައި ދިނުމަށްޓަކައި ކޮންމެ ގެއަކުން ވެސް އެ ގައުމުގެ ދިދަ އާއި ދިވެހި ހިފައިގެން ބެލެކަންޏަށް ނުވަތަ ގޭގެ ދޮރުމައްޗަށް ނުކުތުމެވެ.

"އަޅުގަނޑުމެން ދިވެހި ރައްޔިތުން ތިއްބެވީ ފަލަސްތީނާއެކުކަން ދައްކަވާ"/

"ދިވެހި ރާއްޖެ ފަލަސްތީނާއެކު" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައެވެ.

"ހުރިހާ ބޭފުޅުންވެސް ފަލަސްތީންގެ ދިދައެއް ހިއްޕަވައިގެން ގޭގެ ބެލްކަންޏަށް ނުކުމެ މި އިވެންޓްގައި ބައިވެރިވެލައްވާ". މި އިވެންޓް އިންތިޒާމް ކުރާ ފަރާތްތަކުން މީސް މީޑިއާއަށް ދޫކޮށްލި ޕޯސްޓްގައި ވެއެވެ.

މި ހަރަކާތްތައް ކުރިއަށް ގެންްދިއުމުގެ މައިގަނޑު ބޭނުމަކީ ދިވެހިން ފަލަސްތީނާ އެކު ތިބިކަން ދައްކުވައިދިނުމަށް ކަމަށް މި ހަރަކާތް އިންތިޒާމްކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިސްރާއީލުން ފަލަސްތީންގެ ޣައްޒާ އަށް ދިން ހަމަލާތަކުގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އިސްރާއީލުން ތަކުރާރުކޮށް ބުނަމުން ދަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ގިނަ ގިނަ އިން ދުއާ ކުރަން ވީ އެވެ.

    24
    1
  2. ޢިޔާބު

    ބެލްކަންޏަކަށް ނޫން. މަގުތަކަށް ނުކުންނާނީ

    16
    1
  3. ޣހހ

    ބެލްކަނި ތަ ނޫނީ މަގު މައްޗަށް ތަ. އަނެއްކަ އަނެއް ކްލަސްޓަރ