ސްޕެއިންގެ އެފްސީ ބާސެލޯނާއަށް ސަޕޯޓުކުރާ ރާއްޖޭގެ ސަޕޯޓަރުންގެ ބަޔަކު އިސްނަގައިގެން ފަލަސްތީނަށް އެހީވުމުގެ ގޮތުން ހާއްސަ ހަރަކާތެއް ހިންގަން ނިންމާ އެކަން އިއުލާނުކޮށްފި އެވެ.

ދިވެހި ބާސެލޯނާ ސަޕޯޓަރުންނަށް ހާއްސަކޮށް ހިންގަމުންދާ ފޭސްބުކް ޕޭޖް ކަމަށްވާ "ޕެންޔާ ޑެލް ބާސާ - މޯލްޑިވްސް" ގައި އެކަން ވަނީ އިއުލާން ކޮށްފައެވެ.

މިއީ ރާއްޖޭގައި ތިބި ބާސާ ސަޕޯޓަރުން އިސްނަގައިގެން ފަލަސްތީނަށް އެހީތެެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރާ ފުރަތަމަ މަސަައްކަތެވެ. މިއީ ފެށުމެއް ކަމަށާއި ކުރިޔަށް އޮތްތަނުގައި މިފަދަ އިތުރު ކަންކަން ކުރިޔަށްގެންދަން ނިންމާފައިވާ ކަމަށް އެ ސަޕޯޓަރުންގެ ގްރޫޕުން މައުލޫމާތުދެއެވެ.

ހައްދުފަނަ އަޅައިފައިވާ އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން ގެންދާ ލާއިންސާނީ އަމަލުތައް އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަމަށް ފޭން ޕޭޖުން ބުނެއެވެ. އަދި ދިވެހި ބާސާ ހުރިހާ ސަޕޯޓަރުންނާއި ހުރިހާ ދިވެހިންވެސް ތިބީ ފަލަސްތީނާ އެކުގައި ކަމަށް ވަނީ ބުނެފައެވެ.

ކޮވިޑުގެ ނުރައްކާ ރާއްޖެއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ކޮންމެ ދިވެއްސަކުވެސް ވީ ވަރަކުން އެހީތެރިވުދިނުމަށް ވަނީ ގޮވާލާފައެވެ. އަދި ހުރިހާ ދިވެހިންނަށް ސަލާމަތާއި ރައްމާތެރިކަން ލިބުމަކީ ދުޢާ އެވެ.

ދިވެހިންގެ ގިނަބަޔަކު ގެންދަނީ އިޒްރޭލުގެ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް މީސްމީޑިއާގައިވެސް ޝުޢޫރު ފާޅުކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެހީވާން ބޭނުންވާ ފަރާތްތަކުން:
އެކަންޓުގެ ނަން: ހުސައިން ސަމޫހް ޔޫސުފް

‎ބީއެމްއެލް އެކައުންޓް ނަމްބަރ (ރުފިޔާ) :7730000030967

ބީއެމްއެލް އެކައުންޓް ނަމްބަރ (ޑޮލަރު) :7730000127063

މިކަމާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުވުމަށް ހަަސަން މުއާން (ޕުރެޒިޑެންޓް) 7666984، އަލީ މަމްދޫހް (ވައިސް ޕުރެޒިޑެންޓް): 7777427، ސަމޫހް ޔޫސުޕް (ޓްރެޝަރާ): 9165666، ރަޝްވާން ރަޝީދު (ސެކްރެޓަރީ):9915944 އަށް ގުޅައިގެން ކުރިއަށްގެންދެެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. UH

    good job

  2. މަޒް

    ތިކަމާ މެސީ ހިތްހަމައެއް ނުޖެހޭނެ. އޭނާއަކީ ރަތްލާޖެހި ބޮޑު ޔަހޫދީއެއް..

    8
    2
  3. ކަށި

    ކަށި ހަރުތޯ މަޑުކަށި ހުރިތޯ ބަލަންވާނެ ނޫނީ ކޮމެޓީ އައްހާޒިރުވާން ޖެހިދާނެ

    3
    1
  4. ޔަޤީން..

    ދިވެހި ރާއްޖޭގައި ތިބި ބާސެލޯނާގެ (ބޮޑާހާކަ މެސީ ، ޓީމު މޮޅުނުވީމަ އިސްތިއުފާދޭ ކަޑަ މެސީ، އިސްލާމުންނާދެކޮޅު ފަނޑުކުރާ ބޮޑު ޔަހޫދީ މެސީ).. ކުނި މެސީ އަށް ސަޕޯޓުކުރާ ކުދިންކޮޅަށް ނޭންގޭބާ ތި ޓީމަކީ ޔަހޫދީ އިޒްރޭލުން ފަންޑުކުރާ ޓީމެއްކަން.. ބޭސެލޯނާ ނަމުގަ ތެދުވެގެން ދިވެހި ކުދިން ކޮޅު ފަހުން ދެރަވާންނުޖެހޭނެބާ؟ ޢެމީހުން ހެ ހުއްދަ ހޯދައިގެންތަ ތިވަރުކަމެއް ތިކިރަނީ؟؟