މުޅި ނ. ހޮޅުދޫގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަޝްރޫއެއް އެ ރަށު ކައުންސިލުން ފަށައިފިއެވެ.

އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ނަސީރު "ވަގުތު" އަށް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ހޮޅުދޫގެ އެކި ހިސާބުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރެވިގެން ދާނެ ކަމަށެވެ. އެއީ ޖުމްލަ 80 ކެމެރާއެވެ.

ނަސީރު ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ އެރަށު ފުލުހުންނާއި، ކައުންސިލާއި ގުޅުގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ސީސީޓީވީ ކެމެރާތައް ގަތުމަށް ދެ ލައްކަ ރުފިޔާ ހޭދަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ފައިސާއަކީ ކައުންސިލްގެ ބަޖެޓުންނާއި، ހެޔޮ އެދޭ އެކި ފަރާތްތަކުން ދީފައިވާ ފައިސާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަސީރު ވިދާޅުވީ މި މަޝްރޫއާއި އެކު އެރަށުގެ ސަލާމަތީ ކަންކަން ވަރަށް ގާތުން ބެލިގެން ދާނެ ކަމަށެވެ. އަދި ރަށަކީ ނިސްބަތުން ކުށް މަދު ރަށެއް ކަމުގައިވާއިރު، މި މަޝްރޫއާއި އެކު އެރަށުން ކުށް ކުރުން އެއްކޮށް ހުއްޓުވިދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަޝްރޫއަކީ ހެޔޮ އެދޭ އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއި އެކު ކުރިއަށް ގެންދެވޭ މަޝްރޫއެއް. ޖުމްލަ 80 ކެމެރާއަށް ދެ ލައްކަ ރުފިޔާ އެރި. ފުލުހުންނާއި ގުޅިިގެން ކުރިއަށް ގެންދެވޭ މި މަޝްރޫއު މިއަދު އިފްތިތާހް ކުރެވިގެން މިދިޔައީ، ދައުރުގެ ފަހުދުވަހު." އޭނާ ވިދާޅުވިއެވެ.

ހޮޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީރު ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ--

ނަސީރު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ޖުމްލަ ދޮޅު އަހަރު ހޭދަކުރެވުނެވެ. އަދި މަސައްކަތް ލަސްވެގެން ގޮސްފައި ވަނީ ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމާއި ގުޅިގެން ކަމަށް ވިދާޅުވިއެވެ.

މިއަދު ރަސްމީކޮށް މި މަޝްރޫއު އިފްތިތާހް ކުރި ކަމުގައި ވީނަމަވެސް ފާއިތުވި ދެމަހުގެ ތެރޭގައި އަމަލީ މަސައްކަތް ކޮންމެވެސް މިންވަރަކަށް ކުރިއަށް ގޮސްފައިވާކަމަށް ނަސީރު ވިދާޅުވެފައިވެއެވެ. އަދި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މި މަޝްރޫއު ނިންމާލެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ނަސީރު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ސީސީޓީ ކެމެރާތައް ހަރުކުރުމަށް ހަދާ ހޮޅިގަނޑުުތަކުގެ ބުޑުތައް ހެދުމުގެ މަސައްކަތް ކަމަށެވެ. އެއަށްފަހު ހޮޅިދަނޑިތައް ޖަހާ، ކެމެރާތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮޅުދޫ ކައުްންސިލުންނާއި ފުލުހުން ގުޅިގެން މަޝްރޫއު އިފްތިތާހްކޮށް ދެއްވަނީ ---

މުޅި ހޮޅުދޫގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަޝްރޫއު އިފްތިތާހް ކުރެވިގެން މިދިޔައީ މިހާރު އޮތް ކައުންސިލްގެ އެންމެ ފަހު ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޝާނީ

    ސީސީ ޓީވީ ހަރުކޮއްގެން އާމްދަނީ އިތުރުވޭތަ ރައްޔިތުންގެ.؟ ތިޔަ ސީސީ ޓީވީ އަކީ ފައިސާ ވައްދާ އެއްޗެއްތަ.؟ ތިޔައް ކުރަން ޖެހޭނީ ޚަރަދެއްނުން އަދިވެސް. ކޮންމެވެސް ފައިސާއެއް އާމްދަނީއެއް ވަންނާނެކަމެކޭ ރައްޔިތުން ބޭނުންވަނީ. މަރުމޯލުން ހޮވީމްވާނީމިހެން. އެތިބެނީ ކެމެރާ އިފްތިތާހުކުރަން ބިންގާ އަޅަން ނިކުމެ. ޕިސް..ޕިސް..

    3
    11
  2. ހޮޅިދޫ މީހާ

    ދެވަނަ ދައުރަކަށް ނަސީރު ނުނުކުތީތީ ހިތާމަ ކުރަން. ނަސީރު ނުކުއިން ނަމަ އެއީ ކަސަވަރު ގޮނޑިއެއް.

  3. ކާފަ

    ބިސް ފެންނާނީ އެނޫން އެއްޗެއް ނުފެންނާނެ..

    1
    1
  4. ބަފާބޭ

    ތިރަށު އެންމެން ޓެގްއަޅުވާފަ ބައިތިއްބަންވީ.. އޭރުން އެނގޭނެ ވަގުބިޓުން ގެންގުޅޭމީހުންވެސް..

    2
    1
  5. ބިސް

    ތިރަށުގެ ކޮންމެ ގެއެއްގެ ޖޯލިފަތީގަ ވެސް ކެމެރާ ހުރެއެއް ނޫންތަ؟ ވޭސްޓް އޮފް މަނީ 😂😂

  6. ޥަގު ބިޓުގެންގުޅޭމީހާ

    ކަލެއައް ކިހިނެއް އިނގޭނީ؟ތިކަހަލަ ބޮޓުންނަކަށް ނޭންގޭނެ. ތީ ބޮޑު ބޮޓެއް "ބަފާބޭ" 👎👎

  7. Anonymous

    ތިޔަކުރީ ވަރައްދެރަކަމެއް ދެންމަށައް އެގެެަކައްދަންވަރު ނުވަދެވޭނެ ދެވަނަވިސްނުމަކައް ދިޔުމައް ގޮވާލަން