މަތީ ތައުލީމު އުނގަންނައިދޭ މަރުކަޒެއްގައި ތައުލީމު ހާސިލްކުރާ ދަރިވަރުން އަމިއްލައަށް ފުރިހަމަ ކުރަން ޖެހޭ އެސައިންމެންޓުތައް އެހެން މީހެއްލައްވާ ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގުދީގެން އެ މަސައްކަތް ކުރުވުމަކީ ކުށެއް ކަމަށް ކަނޑައަޅާ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ތަސްދީގުކުރައްވައިފިއެވެ.
އެ ބިލް މިއަދު ތަސްދީގުކުރެއްވުމާއެކު މިހާރުން ފެށިހެން އެ ބިލަށް އަމަލު ކުރަމުންދާނެއެވެ.
ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު އެވެ.
އެ ބިލްގައިވާގޮތުން ދަރިވަރުގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމާއި، ދަރިވަރުންނަށް މަސައްކަތްކޮށްދިނުމާއި މަސައްކަތްކޮށްދިނުމަށް ހުށަހެޅުމަކީ ކުށަކަށް ހަދައި، ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
އެގޮތުން، ކޮލެޖެއްގައި ނުވަތަ ޔުނިވާސިޓީއެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގުދީގެން ކުރުވުމަކީ މަނާ ކަމެކެވެ. އަދި އެ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް، އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށަހެޅުމަކީވެސް މަނާ ކަމެއް ކަމަށް ބަޔާންކޮށްފައި ވެއެވެ.
އެގޮތުން އެ ބިލުގައި ވަނީ ދަރިވަރު ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހަކު މެދުވެރިކޮށް އަގު ދީގެން ނުވަތަ އަގު ނުދީވިޔަސް ކުރުވުމަކީ ކުށެއް ކަމަށް ބުނެފައެވެ. އަދި އެ ކުށުގެ އަދަބަކީ 5000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ވެސް އެ ބިލުގައިވެއެވެ.
ހަމައެހެންމެ އަމިއްލައަަށް އަގެއް ހުށަހަޅައިގެން ވިޔަފާރިއެއް ގޮތުގައި އެސައިންމެންޓް ހަދާ ދިނުމަކީ ކުށެއް ކަމަށް ނިންމާ އެ ކުށުގެ އަދަބަކީ 10،000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ބިލުގައި ވަނީ ބުނެފައެވެ.
އަދި އެފަދަ އަމަލެއް ދަރިވަރަކު ހިންގައިފިނަމަ އެކަން ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ މަރުކަޒެއްގައި ޤާއިމުކޮށްފައި އޮންނަންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.
މީގެ އިތުުރުން އެފަދަ އަމަލެއް ދަރިވަރު ހިނގައިފި ނަމަ ބިލުގައި ބުނާ ފިޔަވަޅުގެ އިތުރުން މަތީ ތައުލީމު ދޭ މަރުކަޒުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅިދާނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.
ބިލުގައި އެ މާއްދާ ހިމަނާފައި ވަނީ މަތީ ތައުލީމު ހޯދާ ދަރިވަރުން އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ އެސައިންމެންޓް ފަދަ މަސައްކަތް އެހެން މީހުން ލައްވައި ކުރުން އާއްމުވުމުގެ ސަބަބުން ދަރިވަރަށް ލިބެންޖެހޭ ހަގީގީ މަންފާ ނުލިބި މަތީތައުލީމުގެ ފެންވަރު ދަށްވާތީ ކަމަށް ބިލުގައި ބުނެފައިވެއެވެ.
މީ ޖުރުމަނާ ސަރުކާރު ރައްޔިތުންފެލައިގެން ދައުލަތަށް އާމްދަނީހޯދާ ސަރުކާރެއް މިނޫނީ ނުދެކެން ހިސާބަށްވުރެ ނާޤާބިލްވެފަ ތަނެއް ދޮރެއް ނުދަންނަންޔާ ފެންނާނެ ހުރިހާކަމެއް ތިޔަ ފެންނަނީ
އެސައިންމަންޓް ހަދަން 10000ހަރަދު ކުރާއިރު ، ޖޫރިމަނާ އަށް 5000
ކޮން އިރަކުންތަ އެމް.ކިއު.އޭ ގެ ލެވެލް ތަކުގެ ހަމަހަމަ ކަމަށް ކަމެއް ކުރަނީ.. އެއްބަޔަކަށް 1+1 ހަދައިގެން ޑިގްރީ ނިންމޭ އަނެއް ބަޔަކު އުމުރު ދުވަހު ގަނޑަތެޅެން
ތިކަން ކުރަން މާ ލަސްވެއްޖެ!!
ލަސްވިޔަސް އަވަސްވިޔަސް ތިޔަކަމުން ކުރެވޭނެ އެއްވެސް ކަމެއް ނެތް. ހަދައިދޭ މީހުން ހަދައިދޭނެ. ގަންނަ މީހުން ގަންނާނެ. މިހާރު ތިޔަކަން ގިނަ މީހުން ކުރުވަނީ އަވަށްޓެރި ގައުމުތަކުގައި ތިބޭ މީހުން ލައްވައި. މެއިލްކޮށްލީމާ އެސައިންމަންޓް ލިޔެފައި މެއިލްކޮށްދޭނެ. މިކަން ބަލާނީ ކިހިނެތް ކޮން ގޮތަކަށް. ލިޔެދޭ މީހުންނަކީ ކޮބައިކަން މިހާރު އެންމެން ދަނޭ. ވަޓްސްއަޕް ހުރޭ. ގުޅޭނެ ކިތަންމެ ގޮތެއް ހުރޭ. މިޒަމާނުގައި ތިއީ ފޫނެތް ފަޔަށް ފެންފުރުން. ކުރަންވީ ކަމަކީ ތިޔަ ތަންތަނުގައި ކިޔަވައިދޭ ފެންވަރު މަތިކޮށްފައި ކްލާހުގައި ދޭ ޓެސްޓްތަކަށް ގިނަ މާކްސް ދީގެން ފާސްކޮށްދޭންވީ. އެހެންނޫނީ ތިއީ ފައިދާނެތް ބެލޭނެ ގޮތެއް ނެތް ބޭކާރު ގާނޫނެއް. މަގުމައްޗަށް ކުޅުޖެހުމުގެ ގާނޫނާއި ސިގިރޭޓް ބުއިމުގެ ގާނޫނުފަދަ ދެލޯ ނެތް އަތެއް ނެތް ގާނޫނެއް.
ކާކުބާ އަންގާނީ؟ ކާކުބާ ޖޫރިމަނާކުރާނީ؟ ކާކުބާ ފައިސާ ބަލައިގަންނާނީ؟ ފައިސާއަށް އެސައިންމެންޓް ނަހަދާއުޅެވޭވަރަށް ތައުލީމީ ނިޒާމް ތަރައްޤީކޮށްބަލަ
މިހާރު އެސައިންމެންޓް ހުށަހެޅީމަ ކަން ކުރާ ބީދައިން ކުރައްޔާ އަދިވެސް ތިއޮތީ މަ ކަރު ހެދޭނެ ފުރުސަތު ކުރިއެ ކޭވެސް އެއްގޮތަށް...ތިވަރުގެ މަތީ ތައުލީމު ހާސިލު ކޮށްގެން ތިބި ބަޔަ ކަށް ތި އުޅެނީ ވަގު އެސައިންމެއްޓެއްތޯ ނުވަތަ އަސްލު ކުއްޖާ ހެދި އެއްޗެއްތޯ ޔަގީނުވެގެން..ތިތިބީ ފެއިލްވެފަ..އިސްތިއުފާ ދީފަ ގެއައްދޭ..
އިނގޭނެ އެއްވެސް ގޮތެއް ނޯންނާނެ.
ހިލޭ ލިޔެދޭނަމަ ދެން ވާނީ ކިހިނެތް؟ މިއަދުން ފެށިގެން އަގަށް ލިޔެދިނުން ހުއްޓާލާނެ. ދެން ލިޔެދޭނީ ހިލޭ.
މިހާރު މިކަން ކުރަނީ އުޖޫރަ ކަޑައަޅައިގެން އަގަށް ކޮށްދޭ ކަމެއްގެ ގޮތުގައި އެއްވެސް ސިއްރުކަމެއްނެތި. އެކަން އެހެންވަނީ އެއްވެސް އަބުއި ކަމެއްވެސް ނެތުމާއެކު. މިހާރު މިއީ ދެފަރާތް ކުށްވެރިވާ ކުށަކަށް ވީމާ މިކަން ކުރާނީ ވަރަށް ސިއްރުން ކުރިޔަށްވުރެ ބޮޑު އަގުގައި. ފަޅާއަރާނީ ހާހަކުން 1 2 މީހަކު.
މިކަހަލަ ކިތަންމެ ކަމެއް މިހާރުވެސް ރޯމާ ދުވާލު ހިގާ. ވިޔަފާރި ކުރާ ތަންތަނުގައި ފައިސާ ބަލައިގަތުމަށް ބިދޭސީން ތިބުމަކީވެސް ކުށެކޯ ... މަނާ ކަމެކޯ. ނަމަވެސް ބިދޭސީން ހިންގާ ފިހާރަތައް ބައިވަރު. ދިވެއްސެއް ގެ ނަމުގައި ވިޔަފާރި ހުއްދަ ހޯދާގެން އެތަންތަނުގައި ތިބެނީ ހުސް ބިދޭސީން. މުދަލަކީވެސް އެމީހުން ގެ އެއްޗެއް. ޤާނޫނާ ޤަވާޢިދު ތަންފީޒު ނުވާނަމަ ނުބީހެންޏާ ކަނޑާ ހަމަ.