ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ޕާކްކޮށްފައި ހުރި ދުއްވާ އުޅަނދުތައް އެތަނުން ނަގައި، ފާކް ނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

މި މަހުގެ ހަވަނަ ދުވަހު މަޖިދީމަގާއި ނީލޯފަރުހިނގުން ގުޅޭ ސަރަހައްދުގައި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލާފައިވާއިރު، އެ ގޯޅިގައި ސައިކަލު ޕާކު ނުކުރެވޭ ގޮތް ހަދައިދިނުމަށް މީގެ ދެ މަހެއްހާ ދުވަސް ކުރިން އެމްއެންޑީއެފުން އެދިވަޑައިގެންނެވިކަން މާލެ ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީން ވަނީ ހާމަވެގެން ގޮސްފައެވެ.

ސިޓީ ކައުންސިލަށް ހުއްދަ ލިބުމާއި އެކު އެތަނުގައި ހުރި ސައިކަލްތައް މިހާރު، ބިއްލޫރިޖެހިގެ ފުރަގަހުުގައި އޮތް ހުސް ޖާގައިގައި ޕާކް ކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

އެ ސަރަހައްދުގައި 500 އެއްހާ ސައިކަލް ޕާކް ކުރެވޭނެ ޖާގަ އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ނަޝީދު އަވަހަރާކޮށްލަންވެގެން ހަމަލާދިނީ މަޖިދީ މަގުން ނީލޯފަރުހިނގުމަށް ވަންނަ ދިމާލު، ކުރިމައްޗަށް ހުރި އަތަމާޕެލަސް ތެރޭގައި ހުރެ ރިމޯޓެއް ބޭނުންކޮށްގެން އައިއީޑީ ގޮއްވާލައިގެންނެވެ. ހަމާލައިން ސަލާމަތްވެވަޑައިގަތުމަށް ފަހު ހާލު ރަނގަޅުވަމުން އަންނައިރު، ނަޝީދު ގެންދަވަނީ ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލެއްގައި އިތުރު ފަރުވާވެސް ހޯއްދަވަމުންނެވެ. ބޮމުގެ ހަމަލާގައި ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާގެ ފޮޓޯތައް އާއިލާއިން ވަނީ ފުރަތަމަ ފަހަރަށް ހިއްސާކުރައްވާފައެވެ.

ހަމަލާއާ ގުޅުންހުރި ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިތުރު މީހަކު ހޯދަމުންދާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ދެން ތިއިއްޒަތެރި ގެ ހުރިމަގުން މީހަކު ހިގުނަދީގެން ވެސް.ނުވާނެ ތިއޮތީވާ އިއްޒްތެރިޔަކުލިބިފަ

  2. ޢބދ

    ކިތައް ގޯޅި ބަނދު ކުރަން ޖެހިދާނެބާ؟

  3. ގެރި

    ޖޫރިމަނާކޮށްގެން ނުވާނެ ޕާކު ކުރެވޭ ތަންތަން ނުދައްކާ.. ސްޓިކާ ސަރުކާރު

  4. ބީރުމީހާ

    ދެރަކަމެއް ތިޔަ މަނިކު އެހެން ގެޔަކަށް ބަދަލުކޮއްބަލަ ނޫނީ ޖަރުމަނުގައި ކޮސްގޮވަން ބަހައްޓަބަލަ

    5
    1
  5. ޙުމާ

    .ކުރިންވެސް ތިގޮތް އޮތެއްނު.އަތައްގޮވީމަ.

    2
    1
  6. ޟިސް

    ..ތި ކަމުން އިގެނީ ތީ ކީނުވާވަރުގެ ކަމެއްނޫން ކަން. .ކުރިންތި ކަންނުވީ ކީއްވެގެންބާ ސުވާލް އުފެދޭ..ސިޓީކ ކައުންސިލް ފޭލްވެފަ

  7. ސަންފާ

    ކިހާ ބޮޑު ދުއްޕާނެއް މިޖެހުނީ.

  8. ގާ ބުރޯ

    ވެމްކޯ ކުނި ކޮތަޅު ބޭއްވިގެން ވެސް ނުވާނެ