ކޮވިޑް-19 ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެހި ފިރިހެނަކު ނިޔާވެއްޖެ އެވެ.
އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް ޖެހިގެން 83 އަހަރުގެ ފިރިހެނަކު ނިޔާވީ މިއަދު މެންދުރު ފަހު 03:10 ގައި ކަމަށެވެ. އޭނާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހެއް ކަމަށްވެސް ވިދާޅުވިއެވެ.
މިއީ ރޭ 00:00ގެ ފަހުން ކޮވިޑްގައި ނިޔާވި ތިން ވަނަ މީހާއެވެ. ރޭ މެންދަމު ވަނީ އުމުރުން 81 އަހަރުގެ ފިރިހެނަކު ކޮވިޑްގައި ނިޔާވެފައެވެ. އަދި އޭގެ ފަހުން ރޭ 4:30ގައި ވަނީ އުމުރުން 30 އަހަރުގެ އަންހެނަކު ކޮވިޑް ބަލީގައި ނިޔާވެފައެެވެ.
މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 97 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް މިހާރު ވަނީ ރެކޯޑް މިންވަރަަކަށް އިތުރުވެފައެވެ. ހާއްސަކޮށް މި މަސް ތެރޭގައި އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް މަތިވެ، އެ ބައްޔަށް ފައްސިވާ އަދަދުތައްްވެސް ވަރަށް ބޮޑަށް މަތިވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮބައިހޭ ހެލްތް މިނިސްޓަރ ކެރަފާ ނަސިމް
މަޖިލިހުން ސުވަލެއްވެސް ކޮށްނުލާ
ބަލި އެނދުގަ ހުންނަވައިގެން ޕަބްލިކު ހެލްތު ޕޮލިސީ ހައްދަވަނީކަމައް ވާނީ.
ކިހާ ދެރަ ކަމެއް ބަލަގަ އޭނާ މަރުވީ 83 އަހަރުގަޔޭ ކޮވިޑެއްނޫނޭ ހުން ހުރެދާނެ
ގައުމެއް އިނދަޖައްސާލަން ނޫޅޭށޭ ، ތިޔަބުނާ ކޮވިޑަ ކުން ސަލާމެއްވާނީ ﷲ އީރާދަ ކުރެއްވިޔާއޭ މިސް ކިއްތަ ކުގައި ޖަމާއަތުގެ ނަމާދު ފާށާށޭ ﷲއަށް ބަރާސާ ކުރާށޭ އަމިއްލަޔައް މާމޮޅުވެގަނެގެން ނޫޅޭށޭ ޔަހޫދީން ނާސޯރާއިން އެތިބަ އަހުރެމެންގެ ބޮލަށް އަރަނީޔޭ، އެވެރިންގެ ގުއިރޯނުގައި ނުޖެހޭށޭ ހެޔޮނުވާނޭ ބުއްދި އިސްކުރާށޭ އަހުރެމެންނީ ﷲ ގެ އަޅުންނޭ މާތްމީހުންނޭ.
މާލެ ތެރޭގައި ކޮވިޑް ހަލުވި ކޮށް ފެތުރޭއިރު މިކަމުގެ އިސްފަރާތްތަށް ހީވަނީ ތިބީ މާނިދި މަތުރައިގެން ހެން! ފެތުރެނީ ވަރަށް ފަސޭހައިން ޖެހޭ ވަޢްތަރެއްކަން އެގޭ އިރުވެސް މިކަމުގައި ކޮން އިތުރު ފިޔަވަޅެއްތޯ އެޅުއްވުނީ! ލިބިފައި ހުރި މަދު ވަސީލަތުގެ ބޭނުން ހިފެނީކީ އެއްމެރަގަޅަށް ކަން ޔަގީންތޯ؟ސުނާމީއެއްއެރީމަތޯ އެއްބައިވަންތަކަން ބޭނުން ވާންވީ! ޥެރިންގެ ހިތުތެރޭ ރޯވެފާ ހުރި ހަސަދަ ތަށް ފިލުވާލާ އެއްބައިވެ މަޝްވަރާކޮށް ލީޑަރޝިޕް ދައްކަންވީ މިވަގުތު!