ރާއްޖޭގައި މާބަނޑު އަންހެނުންނަށް ފައިޒާ ވެކްސިން ދޭން ފަށަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ތައްޔާރުވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ، މާބަނޑު އަންހެނުންނަށް މިހާރު ފައިޒާ ވެކްސިން ޖެހުމަށް ރެޖިސްޓަރ ކުރެވިދާނެ ކަމަށެވެ.

އަދި ވެކްސިން ދެމުންގެންދާނީ ރެޖިސްޓަރ ކުރަމުންދާ ތަރުތީބުން ކަމަށް އެޗްޕީއޭ އިން ވިދާޅުވެފައި ވެއެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ފައްސިވާ މާބަނޑު އަންހެނުންގެ އަދަދުތައް ވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި 50 އެއްހާ މާބަނޑު މީހުން އެބަތިއްބެވެ.

މިހާރު ރާއްޖޭގައި ފައިޒާ ވެކްސިން ދެމުން ދަނީ 16 އަހަރާއި 18 އަހަރާއި ދެމެދުގެ ހާއްސަ ބަލިތަކަށް ފަރުވާ ދޭ މީހުންނާއި، ހާއްސަ ބަލިތަކަަށް ފަރުވާދޭ މީހުންނަށެވެ.

ރާއްޖޭގައި މިހާރު ކޮވިޑްގެ ނުރައްކާ މި ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން މިދިޔަ ފަސް ވަރަކަށް ދުވަސް ތެރޭގައި ދުވާލަކަށް ފައްސިވާ އަދަދުތައް އުޅެނީ 1000 އިން މަތީގައެވެ.

އަދި މިހާރު ރާއްޖޭގައި 15000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި ކޮވިޑް ބަލީގައި ރާއްޖެއިން 97 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރީން

    ކކމީ ކިހިނެއް ވާ ކަމެއް.. ފައިޒާ ޖަހަން ބޭނުން އެންމެނަށް ހަމަ ޖެހެންޖެހޭނެ... މިހާރުވެސް ހެލްތު މިނިސްޓަރ އެދަނީ ކަޅު ބާޒާރުގަ 650 ޑޮލަރަށް މި ވިއް ކަމުން... ސަރު ކާރު ފެއިލް... ރަށްޔިތު މީހާ ހަނާ ވަނީ.....

    3
    1