އައު ދައުރަކަށް އިންތިހާބުވި ކައުންސިލަރުންގެ ތެރެއިން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ނާއިބު ރައީސަކު ކަނޑައެޅުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލެއް މިއަދު ނެރެފިއެވެ.

މިދިޔަ މަހު ބޭއްވި ކައުންސިލް އިންތިހާބުގައި ގިނަ ރަށްތަކެއްގެ މެޖެރީޓީ ނެގި ޕީޕީއެމުން ނެރުނު އުސޫލުގައި ބުނާ ގޮތުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް އިންތިހާބުވެފައިވާ ޕާޓީގެ މެންބަރުންގެ ތެރެއިން ނާއިބުންގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެންމެ ބޭފުޅެއްނަމަ އެބޭފުޅަކަށް ޕާޓީގެ ހުރިހާ މެންބަރުން ތާއީދުކޮށް ވޯޓު ދެއްވަން ޖެހޭނެއެވެ. ނުވަތަ ނާއިބުންގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭފުޅުންގެ އަދަދު އެއްބޭފުޅަކަށްވުރެ ގިނަ ނަމަ، ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކޮންމެވެސް އެއްބޭފުޅަކަށް އިއްތިފާގު ވެވޭނަމަ އެބޭފުޅަކަށް ތާއީދުކޮށް ވޯޓު ދެއްވުމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އެ އުސޫލުގައިވާ ގޮތުން މަޝްވަރާކުރުމަށްފަހު ކޮންމެވެސް އެއްބޭފުޅަކަށް އިއްތިފާގު ނުވެވޭނަމަ އިންތިހާބުވެފައިވާ ގެ ކައުންސިލަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގާ އެންމެ ގިނަ ވޯޓު ލިބޭ ފަރާތަކަށް ހުރިހާ ބޭފުޅުން ތާއީދުކޮށް ވޯޓު ދެއްވަން ޖެހެއެވެ.

ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި އަތޮޅު ކައުންސިލްގެ ރައީސުންނާއި ނައިބް ރައީސް ކަނޑައެޅުމުގައި އުސޫލުގައިވާ ގޮތުގެ މަތިން އަމަލުކޮށް އެއް ކެންޑިޑޭޓަކު ނެރި އެ ކެންޑިޑޭޓަކަށް ތާއިދުކޮށް ވޯޓު ދިނުމަށް ނިންމާ އެގޮތުގެ މަތިން ތްރީލައިން ވިޕެއް އެޅުމަށް ޕާޓީގެ ފަރާތުން އިލްތިމާސް ކުރެއެވެ.

މި އިންތިހާބުގައި އެމްޑީޕީން ވަނީ 400 އެއްހާ ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު ޕީޕީއެމްއިން ވަނީ 330 އެއްހާ ގޮނޑި ކާމިޔާބުކޮށްފައެވެ. ވެރިރަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ މެޖޯރިޓީ ފުރަތަމަ ފަހަރަށް ޕީޕީއެމުން ވަނީ ހޯދައިފައެވެ. އައްޑޫ ސިޓީ ކައުންސިލްގައި އޮތީ އެންމެ ގޮނޑިއެއް އިތުރަށް އެމްޑީޕީއަށް ލިބިގެން ހަނި މެޖޯރިޓީއެކެވެ. ކުޅުދުއްފުށި ސިޓީއާއި ފުވައްމުލައް ސިޓީގައި އޮންނާނީ އެމްޑީޕީގެ މެޖޯރިޓީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ސީނިޔަރު ވަގުން ތަކަށް ޖޫނިޔަރު ވަގުންތައް އިސް ކަންދޭތި އޭރުން ހުރިހާ ވަގުން ގުޅިގެން ކާން ފަސޭހަ ވާނީ

    2
    16
    • Anonymous

      އޯމައިގޯޑް. ގެޓް އަ ލައިފް ރީނދޫ ގުންޑާ.