ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރު މަގުގައި ސައިކަލް ޕާކް ނުކުރެވޭ ގޮތް ހަދަން އެދި މާލޭ ސިޓީ ކައުންސިލުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ފޮނުވި ސިޓީ ސީދާ އޭނާގެ އަތްޕުޅަށް ނުލިބޭ ކަމަށް ވިދާޅުވެ މިނިސްޓަރު އަސްލަމް ހެއްދެވީ ދޮގުކަން ހާމަވެއްޖެއެވެ.

ނީލޯފަރު މަގުގައި ސައިކަލް ޕާކް ކުރާތީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަން ދަތިވެގެން އެ މަގު ހުސްކުރަން ޑިފެންސް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްގައި އެދުނީ މާޗް މަހު އެވެ. މާޗް މަހުގެ 23 ވަނަ ދުވަހު ސިޓީ ކައުންސިލުން ވަނީ އެމަގު ހުސްކޮށް، އެމަގުގައި ޕާކް ކުރާ ވެހިކަލްތަކަށް ބިއްލޫރިޖެހިގޭ ގޯތިތެރޭގައި ޕާކިން ޒޯނެއް ހެދުމުގެ ހުއްދައަށް އެދި މިނިސްޓަރު އަސްލަމަށް ސިޓީއެއް ފޮނުވާފައެވެ.

ނަމަވެސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިންއިރުވެސް އެމަގުގައި ޕާކް ކުރުން މަނާކޮށްފައެއް ނުވެއެވެ.

މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީ ސީދާ މިނިސްޓަރުގެ އަތްޕުޅަށް ލިބިވަޑައިނުގަންނަވާ ކަމަށް އަސްލަމް ވިދާޅުވެފައި ވަނިކޮށް މިރޭ މާލޭ ސިޓީ މޭޔަރު ޝިފާ ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ސަރަހައްދުގައި އެންމެ ފަސޭހައިން ޕާކިން ޖާގައެއް ހެދުމަށް އެންމެ އެކަށޭނެ ޖާގައެއްގެ ގޮތުގައި ބެލެވެނީ ބިއްލޫރި ޖެހި ގެއިންކަމަށް ވާތީ އެ ސަރަހައްދުގައި ޕާކިން ޒޯނެއް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ ގޯތި ދިނުމަށް އެދި 23 މާރޗް 2021 ގައި ހައުސިން މިިނިސްޓްރީއަށް ސިޓީ ފޮނުވާ އަދި ހަމަ މިސިޓީ މާލެ ސިޓީގެ މޭޔަރުގެ ފޯނުން ވަޓްސްއަޕް މެދުވެރިކޮށް މިނިސްޓަރ އަސްލަމަށް ފޮނުވާފައިވާނެ ކަމަށެވެ.

ނީލޯ ފަރު ހިނގުމަކީ ޕާކުނުކުރެވޭ މަގެއްކަމުގައި ހެދުމަށްޓަކައި އެކަން އަވަސްކުރުމުގެ ގޮތުން، މާލެ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން، ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމަށް އެކި ފަހަރުމަތިން ގުޅައި، ބިއްލޫރި ޖެހިގެ ނުވަތަ ވެށި ފެހި މާލެ ޕްރޮގްރާމްގެ ދަށުން އެ ސަރައްހަދުން ސަރުކާރަށް ލިބިފައިވާ ބިމެއްކަމަށްވާ ފޭދޫކޮށި (ބްލޮކް 139) ހަމަޖައްސާދިނުމަށާއި އަދި ފޭދޫކޮށި (ބްލޮކް 139) ހުޅުވައިގެން ކުރެހުމަށްޓަކައި އެތަނުގެ ތަޅުދަނޑި ޙަވާލުކޮށްދެއްވުމަށްވެސް ދަންނަވާފައިވާނެ ކަމަށް ޝިފާގެ ބަޔާނުގައި ވިދާޅުވިއެވެ.

މިދެބިން މާލެ ސިޓީ ކައުންސިލްއާއި ޙަވާލުކުރުމަށް، މޭޔަރު އިންނެވި މަޖްލީހެއްގައި، ރައީސް ނަޝީދުވެސް މިނިސްޓަރ އަސްލަމްގެ އަރިހުގައި ދަންނަވާފައިވާކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ނީލޯފަރުމަގުގައި ޕާކް ނުކުރެވޭ ގޮތް ހަދަން ސިޓީ ކައުންސިލުން ނިންމީ މިއަހަރުގެ ޖަނަވަރީ މަހު ކަމަށެވެ. ނަމަވެސް މިނިސްޓްރީ އޮފް ޑިފެންސްގެ އެދިވަޑައިގަތުމާއިއެކު، ނީލޯފަރު ހިނގުމުގައި ހުރި ޕާކިން ޒޯން ނެގުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް އަވަސް ކުރަންފެށުނު ކަމަށް މިރޭގެ ބަޔާނުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. މަރުފަލި

  އަސްލަމަކީ ދޮގުބުނުމުގައި ވަރަށް ދޫ ފަރިތަ މީހެއް. މަޖްލިސްއަށް ގެނާދާކޮންމެދުވަހަކު އެތައް ދޮގުތަކެއް ހެދި އަޑު އަހަރެމެން އެހިން.

  31
  • ޚާރު

   މާޗް މަހުން ފެށިގެން ރޭވިގެން ދިން ހަމަލާ އެއް މީ....

 2. އަހުމަދު

  އޭނަ ހިތަކަށް ނާރަޔޭ އޭނަޔަށް މިނިސްޓަރުކަން ލިބުނީ ކީއްވެގެން ކަމެއް، މިހާރު އެހެރީ ބުރޯ ފަޅިޔަށް ޖެހިގެން.

  22
 3. ޙުސްނާ

  އެއް ގެރި އަނެއް ގެރިއަށް ބަކެޓް ޕާސްކުރުން. ..ބޮޑެތި .. ބޮލުރޮދި ން.

  24
 4. Happy 123

  ބޮޑު އިހުމާލެއް ވަކިކުރަންޖެހޭ

  24
 5. އަހަންމަދު

  މަޖިލިހުގެރައީސްތޯކަންކުރަންވިގޮތުގެއިންސްޓްރަކްޝަންސްކެބިނެޓްމިނިސްޓަރުންނަށްދެއްވަނީ! ބެލެވެނީޝިފާއިތުރުފުޅުހައްދަވަނީކަމަށް!
  މަޖިލިހުގެރައީސްކެބިނެޓްމިނިސްޓަރުންނަށްނުފޫޒުފޯރުވާނެކަމަކަށްނުދެކެން!

  3
  4
 6. ރާއްޖެތެރެ

  މިހިރީ ފްލެޓްތަކައް ހަދާލިގޮތް

  17
  1
 7. މާސްޓަރ

  މިހާރު އެބަ އެތެރޭގެ ކަމެއ އްހެން ހީވޭ. ޢެހެން ނޫންނަމަ މިކަހަލަ ދޮގު ހަދާކަށް ނުކެރޭނެ. ދޮގުވެސް މާގިނަވެ އްޖެ.

  24
 8. ާހޯގުޅާ ފާތުމަ

  ތިއީ ސިކުޑީގެ މައްސަލައެއް! ނިޒާމް ރަނގަޅުކޮށްފައި، އާފެށުމަކުން ފެށިނަމަ ރަނގަޅުވީސް، އެންމެ ޢާއްމު ފަރުދަކަށްޓަކައި ނީލޯފަރު މަގުގައި ޕާރކު ކުރުން މަނާ ކުރުމުން، އެގެއްލެނީ ކިތައްމީހުންގެ ހައްގުތޯ؟ ތިކަމުން ނިކުންނާނެ ނަތީޖާ އާއި މެދު ދީނީ ނަޒަރަކުން ވިސްނުން މުހިއްމު! ނަޝީދުއަށް ސަލާމް، ޝިފާގެ ދައްކާވާހަކައިގައި މިކާރަކު ބާރެއްނެތް! އަސްލަމް ރަނގަޅީ އަމިއްލަޔަށް އިސްތިއުފާދީ ކޮންމެވެސް އެހެން ކަމަކާއި އުޅުނިއްޔާ!

  16
  1
  • ކޮވިޑް

   އިންސާފޭ ! ހައްޤޭ ! ތި ވިއްކައިގެން ކައިގެން ބޮއިގެން އުޅޭ ބައެއް މީ ، އިންސާފާ ހައްޤަކީ މިރާއްޖޭގަ ހަމައެކަނި މިމީހުންގެ އެއްޗެއް.

 9. ޝަމްހޫޒާ

  މަގާމްގެ މުއްދަތު ހަމަވާތީވެ އެއްޗެއް ބުނެލީ ދޯ.

  12
  2
 10. އަލީ

  އެހެންވީމާ ފުލެޓްތަކުގެ ކަންތަކުގައި ތެދު ހަދާނެކަމަކަށް ވަކި ގަބޫލެެއްނުކުރެވެ.

 11. ދިއްލާ

  ސުލޯ އަސްލަމް ކިޔަނީ ކަމެއްވެގެން ދޯ؟؟ މިހުންނަނީ މިމީހުންގެ ކަންކަމުގައި ވެސް މީނަގެ ސުލޯ ވަރު، ދެން ވިސްނާލަބަލަ މީހުންގެ ކަންކަމުގައި ސްލޯވާނެ ވަރު

  11
 12. ދޮންކެޔޮ

  ކަލޯގެޔާ ދޮގުހެދޭނީވެސް ވަކިވަރަކަށް! މިފަހަރު ތިއޮތީ ވަރަށް ތިރިއަށް ސޯޓު ބޭލިފަ! 7000 ފުލެޓާއި، 2500 ފްލެޓްވެސް ދިރުވާލައިގެން ހުރި ބޭފުޅެއް ތި!

  10
 13. ޓ

  ޢެކަކު އަނެކަކުގެ ބޮލަށް ކަނޑަލަނީ... ޢިލްޔާސް ލަބީބު މާރިޔާ ބޮލަށް...މުޅި ސަރުކާރު.. އޮޅުން ބޮޅުންވެ ބޮ އްސުން ލަ އިފި

  13
 14. ސޮއި

  ފޭދޫކޮށި .... އައްޑޫ ފޭދޫމީހުންގެ ބިންތަކެއްތަ؟

  1
  1
  • ސޯލިހުބޭ

   ނޫން. ށ އަތޮޅު ފޭދޫ ބިމެއް.

 15. ހުސެން

  އިހުމާލް

 16. ޙިއްތު

  ސަބްކޯ ސަސްޕެންޑް ކަރުދޯ. ސަރުކާރުސޭ ޒިންމާދާރު އާދުމީ ނެހީހޭ ދެޓްސް ވައި ނަޝީދު ކޭލިއޭ ހަމްލާ ހޯގަޔާ. ޙަމާރާ ދޭސްކޭލިއޭ އައްޗާ ބަހާދޫރު މިނިސްޓަރ ނީޑެޑްހޭ

 17. ބީތާ

  ބޮޑު ވަގެއް