ރާއްޖެ އިން ކޮވިޑް-19 ޖެހިގެން އަނެއްކާވެސް އިތުރު މީހަކު ނިޔާވެ ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު 98 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ 80 އަހަރުގެ ދިވެހި އަންހެނަކު މިރޭ 22:44 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއަދު ރާއްޖެ އިން ވަނީ ކޮވިޑް ޖެހިގެން ހަތަރު މީހުން ނިޔާވެފައެވެ. މެއި މަހަކީ ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން ނިޔާވި މަހެވެ. މިހާހިސާބަށް 24 މީހަކު މެއި މަހު ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަސަސް

    ކޮބައި ރައީސް މީހާ ހަބަރެއްނުވޭ ؟؟ ހާދަދެރެޔޭ ބާކީ އޮތީ ދޮޅުއަހަރު ރައްޔަތުންގެ ވޯޓް؟؟ގައުމުނާމާވެއްޖެބަލިގެބިރުވެެރިކަން އިންތިހާ ގޮތްހުސްވެއްޖެ؟؟

  2. ޑެޑު

    ގަސްދުގައި އިންޑިޔާ ގެ ގަލްފުގަ މަސައްކަތްކުރާ ލޭބަރާރސް ރާއްޖެ ކޮރަންޓީން ފެސިލިޓީއެއްގޮތައް ނަމަވެސް ޓުއަރިސްޓުންގެ އިޚްތިސާސްތަކާއި ރާއްޖޭގެ އެޗް ޕީ އޭ ގެ ގަވައިދުތައް އެމީގުންނައްވުމުން އިސްތިސްނާކޮށް މާސްކުނާޅާ މިސްކިތަކުގެ ރޯދަވީއްލަން ހުންނަ ކާއެތިކޮޅު ކޮޅައިލައިގެން ގޮސް ކެއުމުގެ ބައި ފަރުޖައްސާ އަދި ގަސްތުގައި ރާއްޖެ އަދި އިންޑިޔާ ސަރުކާރުން އެދުނުގޮތައް ޒުވާނުން ފުޓުބޮޅަ ކުޅޭ ދަނޑުތަކަށް މުންޑު އަރުވާޖަހާފަ ކުޅެންއެރުމާ މެހެން ގޮސް ހޮޓާތަކަށް މާސްކު ނާޅާ މަގުތަކުގައި ހޭލި މޭޔަށް އެވެރިންނަަށް އުޅެން ފުރުސަތު ދިނުމީ އަޅެހަމަ ނިރުބަވެރި ކަންނޫން ދެން ކޮންކަމެއްހޭ. ކިތައް މީހުންތޯ އިންޑިޔާ ވޭރިއެންޓުގައި މަރުވެ އެދަނީ. މި ނިރުބަވެރި ކަމުގެ މުގުލުގައި ތިބީ އިބޫ ސޯލިހު، މައިމޫނާ، ބޭބީ ބުރޭންޑު މައުސޫމް، ނަޝީދު އެވެ. އެތައް ދިވެހިންނެތް މި މީހުން ގަސްދުގައި އަޅާފަވާ ނުރައްކާތެރި ފިޔަވަޅުތަކުން އެތައް މީހުންނެތް ދަނީ މިދުނިޔެއާ ވަކިވަމުންނެވެ.

  3. ބީރުމީހާ

    ކީއްވެތަ ހުޅުމާލެ ފެސިލިޓީގައި މީހުން މަރުވާ އަދަދު މައްޗައްދަނީ އެތަނުން ދޭ ޚިދުމަތް މަިމޫނާ ބަލަންވެްްޖެނު ހެލްތު މިނިސްޓަރު ކޮބާތަ ވާގޮތް ބަލަންވެއްޖެ ނިކަމެތި މީހާ ފެސިލިޓީގަ ބޮޑުން ދަރުމަވަންތާގަ ހަމަ ދިވެހިންގެ ފައިސާ