ރާއްޖެ އިން ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައި ވަނީ ފިރިހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 64 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިއާ އެކު، ކޮވިޑް ބަލީގައި ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު 99 އަށް ވަނީ އަރައިފައެވެ.

މިއަދު ކޮވިޑް ބަލީގައި ރާއްޖެ އިން ފަސް މީހަކު ވަނީ ނިޔާވެފައެވެ. މެއި މަހަކީ ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން ނިޔާވި މަހެވެ. މިހާހިސާބަށް 25 މީހަކު މެއި މަހު ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވެފައިވެއެވެ.

ރާއްޖެ އިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 86 ދިވެހިންނާއި 13 ބިދޭސީންނެވެ. ކޮވިޑް ބަލީގައި އެންމެ ހަގު މީހަކަށް ރާއްޖެ އިން ނިޔާވެފައި ވަނީ އުމުރުން 30 އަހަރުގެ އަންހެނެކެވެ. އެމީހާ އަށް ފަރުވާ ދިނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ.

ފަހަކަށް އައިސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަ ގިނަ ބަޔަކު ދަނީ ކޮވިޑް ބަލީގައި ނިޔާވަމުންނެވެ. މި ފަހުން ނިޔާވާ ގިނަ މީހުންނަކީ ވެސް ކޮވިޑް-19 ވެކްސިން އެއްވެސް ގޮތަކަށް ނުޖަހާ މީހުންނެވެ. އަދި ބައެއް މީހުން ވެކްސިންގެ އެއް ޑޯޒް ވެސް ފުރިހަމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޟަރީިނާ

    99 ވަނަ މީހާ އެއީ

  2. ދިރާސާވެރިޔާ..

    ތާކުންތާކު ނުޖެހޭ ވެކްސިން އެއ އް ގެނެސް މަޖުބޫރުން ދިވެހިންގެ ގަޔަށް ޖެހުމުގެ ނަތީޖާ.. އެތަށްބަޔަކު ސުވާލު އުފަ އްދަމުން ދަނިކޮށް، ކޮވިޝީލްޑު ގެނެސް ދިވެހިން ގަޔަށް ޖެހީ.. އެ އްވެސް ވެކްސިން އެއ އް ނުޖަހާ އިރު މާތްﷲ އިރާދަފުޅުން މާރަގަނޅު.. ވެކްސިން ޖެހި އެންމެން ވަ އިރަހަށް އެކްޕޯސް ވާނެ. ކޮންމެ މީހަކު ވެކްސިން ޖެހާތާ 3 މަސްތެރޭގަ އި ކޮވިޑު ޖެހޭނެ ކަމަށް ލަފާކުރެވޭ. ބޮޑުވަރު / ކުޑަވަރު ޑިޕެންޑު ވަނީ އިމި އުން ސިސްޓަމް އަށް..

    5
    1
  3. ޖަނާޒާ

    ފަރުވާ ދިނުމުގައި ސިްހީ ދާއިރާ ގެ ޚިގުމަތް ހަރުދަނާ ކުރުން

  4. ޖަނާޒާ

    ފަރުވާ ދިނުމުގައި ސިއްހީދާއިރާގެ ޚިދުމަތް ހަރުދަނާ ކުރުން މުހިންމު! ބޮއްސުން ލިޔަނުދެއްވާ! ރައްޔިތުންވެސް ސަމާލުވެ، ރައްކާތެރިބެލައްވާ! މިކަމުގައި ސީރިއަސްވޭ!