ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 100 އަށް އަރައިފިއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ޢަދަދު 100 އަށް އަރާފައި މިވަނީ ރޭ ފަތިހު، މި ބަލީގައި އިތުރު މީހަކު ނިޔާވުމާއި ގުޅިގެންނެވެ. މިއީ ރޭ 12 ގެ ފަހުން ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި ދެވަނަ މީހާއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން ރޭ ފަތިހު ނިޔާވެފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ.

އޭނާ ނިޔާވެފައިވަނީ ކޮވިޑް-19 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.

މިއީ ފާއިތުވެދިޔަ ހަތަރު ދުވަސްތެރޭ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 14 ވަނަ މީހާއެވެ.

އިއްޔެވެސް ރާއްޖެއިން ކޮވިޑް-19 ޖެހިގެން ހަތަރު މީހަކު ނިޔާވެފައި ވެއެވެ. މެއި މަހަކީ ކޮވިޑް-19 ފެތުރެން ފެށިފަހުންވެސް ރާއްޖެއިން މިބަލީގައި އެންމެ ގިނަ ބަޔަކު ނިޔާވި މެހެވެ. ރެކޯޑްތަކަށް ބަލާއިރު މިމަހުގެ މިހާތަނަށް ރާއްޖެއިން 26 މީހަކު ކޮވިޑް-19 ގައި ނިޔާވެއްޖެއެވެ.

ރާއްޖެ އިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 87 ދިވެހިންނާއި 13 ބިދޭސީންނެވެ. ކޮވިޑް ބަލީގައި އެންމެ ހަގު މީހަކަށް ރާއްޖެ އިން ނިޔާވެފައި ވަނީ އުމުރުން 30 އަހަރުގެ އަންހެނެކެވެ. އެމީހާ އަށް ފަރުވާ ދިނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ.

މި ފަހުން ނިޔާވާ ގިނަ މީހުންނަކީ ވެސް ކޮވިޑް-19 ވެކްސިން އެއްވެސް ގޮތަކަށް ނުޖަހާ މީހުންނެވެ. އަދި ބައެއް މީހުން ވެކްސިންގެ އެއް ޑޯޒް ވެސް ފުރިހަމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޖސސޖޖ

  ސަރުކާރު ނިދާފަ

 2. ޥައްހާޖް

  ޢެންެމެ ފަހު ޕެރެގްރާފް ގަ ބުނަން އުޅޭ އެއްޗެއް ސާފެއް ނުވޭ. ޢެއް ޑޯޒް ޖަހާފަ ތިބި ކިތައް މީހުން ތަ ނިޔާވީ

 3. ހަދަރު

  ކޮޅުނެތް ކޮޅުގެ މައްޗަށް ހިތާމަހުރި!!! ދިވެހި ދީބު ހަފުސްވެ ނެތި ދިއުމުގެ އަލާމާތެއްބާ މިއީ؟؟؟؟

 4. އެމް

  އެއްޑޯޒު ނުންތޯ ގިނަމީހުނަށް ފުރިހަމަ ކުރެވުނީ މިންގަޑެއް ނުބަލާ ވިސްނުމެއް ނެއްބައެް ވީމަ ދެވަނަޑޮޒު ޖަހާނެ އެއްޗެއް ނެތި ހުސްކޮށްލައިފި ވިެއްޔާ ! ވަރަށް ދެރަކަމެއް ވިސްނުމެއް ރޭވުންތެރިކަމެއް ނެއްބައެއް ސަރުކާރު ހިންގަން ތިބުމުގެ ނަތީޖާ މިފެންނަނީ އަޅުގަޑަކީވެސް ދެވަނަ ޑޯޒް ނުލިބިފައިވާ އެބަލި ޖެހިއްޖެނަމަ ރިސްކު ބޮޑުމީހެއް ކަމަށް ވުމުން ދެވަނަ ދޯޒް ލިބޭނެ ގޮތަކާއިމެދު ނިހާޔަތަށް ފިކުރުބޮޑު ވެފައި މިވަނީ!

  12
  1
 5. އަލީ

  ރާއްޖެއިން ކޮވިޑްބަލީގައި މިފަހުން މަރުވާ އެންމެންނަކީ ވެކްސިން ނުޖަހާ ތިބި މީހުންތޯ؟

 6. ޢަލީ

  ވެރިކަން ނަޖިސްވުމުގެ ނިކަމެތިކަން. މިފެންނަނީ މީ އަ ހަރެމެން އަމިއްލައަށް ހޯދައިގަތް ދެރައެއް. ދެންވެސް ވިސްނާ ފިކުރުކުރޭ

 7. ހައިހާ

  ވެކްސިން ނެތީމާ ކިހިނެއްތަ ވެކްސިން ޖަހަނީ.

 8. ނާސިރުލް

  ސަރުކާރު ފެއިލްވެއްޖެ. ދިވެހިން މަރައިފި. ހަޤީޤަތަކީ މިއީ. ރުހުނަސް ނުރުހުނަސް ހަވާލުވޭ..