އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރުމަށް ފަހު، ދެ ވަނަ ޑޯޒް ޖަހަން ޖެހޭ އެކަމަކު ރާއްޖޭގައި ވެކްސިން ނެތިގެން ވެކްސިން ނުޖެހިފައިވާ 92،000 މީހުން އެބަތިބި ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.
އިންޑިއާ އިން ހަދިޔާ ކުރި ކޮވިޝީލްޑްގެ ވެކްސިން އާއި އަދި އިންޑިއާ އިން ގަތް އެއްލައްކަ ޑޯޒްގެ ވެކްސިންގެ ސްޓޮކް މަދުވުމުން މިދިޔަ މެއި 4 އިން ފެށިގެން ވަނީ ވެކްސިން ޖެހުން މެދުކަނޑާލައިފަ އެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޝީލްޑްގެ ވެކްސިންގެ މިހާރު ބާކީ ހުރީ 1،200 ޑޯޒް ކަމަށެވެ. ފުރަތަމަ ޑޯޒަށް ފަހު، ދެ ވަނަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ ޖުމުލަ 92،000 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވެ ވެކްސިން ނުލިބިގެން ވެކްސިން ނުޖެހިފައި މާލޭގައި 55،000 މީހުން އަދި ރަށްރަށުން 37،000 މީހުން އެބަތިއްބެވެ.
ރާއްޖޭން ވެކްސިން ހުސްވީ، އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސްވެ، އެ ގައުމުން، އެހެން ގައުމުތަކަށް ވެކްސިން އެތެރެކުރުން ހުއްޓާލުމާ އެކު އެވެ. ނަމަވެސް މިފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ބަލައި ފުރަތަމަ ޑޯޒް ޖަހާ މީހުންނަށް ދެވަނަ ޑޯޒް ޖެހޭ ވަރަށް ވެކްސިން ނުބަހައްޓާ ހުރިހާ ވެކްސިނަކުން ފުރަތަމަ ޑޯޒް ދިނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
މަބްރޫކް ރޭ ވެސް ވިދާޅުވީ ކޮވިޝީލްޑް ވެކްސިން ރާއްޖެ އަށް ލިބޭނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ކޮވިޝީލްޑްގެ އިތުރުން އެސްޓްރާޒެނެކާގެ ވެކްސިން ވެސް ލިބޭތޯ މަސައްކަތް ކުރަމުން ގެންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް އަވަހަކަށް ވެކްސިން ހޯދޭތޯ. ކޮވިޝީލްޑް ނުވެއްޖެއްޔާ އެސްޓްރަޒެނެކާ ވެސް ހޯދޭތޯ،" މަބްރޫކް ވިދާޅުވި އެވެ.
ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެސްޓްރާޒެނެކާގެ ދެވަނަ ޑޯޒް ޖެހުމުގެ ހުއްދަ ވަނީ ދީފައެވެ.
އަދިވެސް އިންޑިޔާގެ ދެފައިގަ ދޫލަންދޭ، އަމިއްލަ ހަލައިގެން ސަލާމަތް ނުވެވޭ ވަރުގެ ބަޔަކައް ބަރީސާމިވަނީ ވެރިކަމުގެ ފައިސާގެ ދަހިވެތިކަމުގަ، ނާގާބިލް ވެރިކަމެއް ، ރައްޔިތުން ފެލުމުގަ ،
ގައުމު ހިންގަން ނޭގޭ ބަޔަކު ތި ހުރިހާ ކޮހެއް ހަދާނެ
ބަރޯސާ ވީމަ އެންމެ ގާތް އެކުވެރިޔާ އިންޑިޔާ ލަނޑުވދިނީ އެވެ.
އަހަރެންނަކީ ބ ދަރަވަންދޫ އެއާޕޯރޓުގަ މަސައްކަތްކުރާ މީހެއް، ފުރަތަ މަ ޑޯޒް ޖެހީ 06 މާރޗް 2021، މިހާރު އޭގެ ފަހުން 10 ހަފްތާ ފާއިތުވީ، (72 ދުވަސް) ދެވަނަ ޑޯޒް. ޖެހޭނެ ދުވަހެއް ނޭގެ، ހައި ރިސްކު ގަ، އެޗްޕީއޭ އައް މަގޭ ސަލާން
ބަލަގަ ފުރަތަމަ ކޮވިސީލްޑް ވެކްސިން ޖެހިމީހުންނަށް ދެވަނަ ޑޯޒް ޖަހަން ނުބަހައްޓާ ހުސްކޮށްލުމަކީ ކަންކަން މެނޭޖްކުރަން ނޭންގޭ ކަމުގެ ހެއްކެއް. ތިކަންކަމަށް ތަންކޮޅެއް ގާބިލް މީހުންލައިގެން ތިކަންކުރަން އުޅެންވީނުން. ހުރިހާތަނެއްގާވެސް ބަސްކިޔަންތިބީ ފަސްދޮޅަސް ފަސްއަހަރުންމަތީގެ ގުންޑާއިން. މިވެރިންގެ އަތަށް ގައުމުގޮވާއިރުވެސް މިވެރިންތިބެނީ ރައްޔިތުންގެ ހަޒާނާޔަށް އަތްބާނައިގެން ވައްކަމުގަ... ދެންވެސް މިގައުމު ހަމަމަގަށް އެޅުވުމަށް ޒުވާންޖީލަކާ ގައުމުޙަވާލުކުރޭ. މިގައުމު ކޮޅަށްޖެހޭވަރުގެ ކުޅަދާނަ ގާބިލް މޭސްތިރިން މިގައުމުގަ އެބަތިބި.
އެންމެފަހުން ހުރިހާ ދެރައެއް މި ލިބުނީ ނިކަމެތި ދިވެހި ރައްޔިތުންނަށް، ދެވަނަ ޑޯޒް ނުޖެހި ތިބެންޖެހޭނީ ކިހާދުވަހަކުކަން ނުވެސް އެނގޭ، ގިނަ ދުވަސް ވުމުގެ ސަބަބުން ވެކްސިންގެ އަސަރުވެސް ނުކުރުމަކީވެސް އެކަށީގެންވާ ކަމެއް، އެއްވެސް މި ސަރުކާރަށް ރާވާ ހިންގަން ނޭނގުމުން ހުރިހާ ގެއްލުމެއް މި ލިބެނީ ރައްޔިތުންނަށް،
ރައްޔިތުން ނުކުމެ މި ބަލާވެރިކަން ނިންމާލަންވީތާ ކިތަންމެ ދުވަހެއް، މަޑުން ތިބީމަ ، ރައްޔިތުންނާ ، ޤައުމު ނެތި ހަލާކުވެދަނީ،
މިގައުމު ދުވަހަކުވެސް މިހާ ދޯހަޅި ސަރުކާރެއް ނުދެކޭ. ފުރަތަމަ ދޯޒް ފެއްޓި އިރު ވެސް އެގެން ވާނެ ދެވަނަ ޑޯޒް ޖެހޭ ވަރަކަށް ވެކްސިން ނެތް ކަން، ހެލްތު ވަޒީރުގެ ނާގާބިލް ކަން އެބަ ހާމަ ވޭ.