މާލެ ސިޓީ ކައުންސިލުގެ ދައުރުގެ ބޮޑުބަ އެއް ހޭދަކުރަން ޖެހުނީ "މަގުމަތިވި ހާލުގައި" ކަމަށް މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެެއެވެ.

މޭޔަރުކަމުގެ ދައުރު ހަމަވުމާ ގުޅިގެން އެންމެ ފަހުން ނެރުނު ބަޔާނުގައި ޝިފާ ވިދާޅުވެފައި ވަނީ ދައުރުގެ ބޮޑު ބައެއް ހޭދަކުރައްވަން ޖެހިވަޑައިގަތީ އޭރުގެ ސަރުކާރުގެ އެއްވެސް އެއްބާރުލުމެއް އަޅާލުމެއް ނުލިބި، މަގުމަތިވި ހާލުގައި، ކުޑަ ގޮޅިއެއްގެ ތެރޭގައި ކަމަށެވެ.

ސިޓީ ކައުންސިލުން ދެމުން އައި ޚިދްމަތްތައް އަތުލައި، މަރުކަޒީ ވިސްނުމަށް ހިންގުމުގެ ނިޒާމް ބަދަލުކުރުމާއެކު، ކައުންސިލް އިދާރާ ވެގެންދިޔައީ ދައުލަތުގެ އެންމެ ކުޑަ އިދާރާއަށް ކަމަށާއި، ޖާގައިގެ ދަތިކަމާއެކު، މާލެ އަށް އިންތިހާބުކޮށްފަ ތިބި 13 ކައުންސިލަރުން ތިބެންޖެހުނީ ކުޑަ ކޮޓަރިއެއްގަ އެންމެ މޭޒެއް ވަށައިގެން ކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ.

ދެހާސް ސާދަ ވަނަ އަހަރު އިންތިހާބު ކުރެވުނު ކައުންސިލަށް ރައްޔިތުން އިންތިހާބު ކުރި ދުވަހުން ފަށައިގެން، މިއަދާ ހަމައަށް، ދެ ދައުރު ނިންމާލުމަށްފަހު މި މަސައްކަތާ ވަކި ވެގެން ދަނީ، ވަރަށް ގިނަ ހަނދާންތަކާއެކު ކަމަށް ފާހަގަކުރައްްވައި ޝިފާ ވިދާޅުވީ ތަފާތު ގިނަ ގޮންޖެހުންތަކާއި، ހިތާމަވެރި ހާދިސާތަކާއި، އުފާވެރި އެތައް ވަގުތަކާއި، އެތައް ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއިއެކު، ގިނަ ކާމިޔާބީތަކެއްވެސް ހޯދިފައިވާކަމަށެވެެ.

މަސައްކަތުގެ މާހައުލުގައި ކުރިމަތިވި ކަންކަމާ ކުރިމަތިލުމަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެން ދިޔައީ، ތިޔަ ރައްޔިތުން ދިން ނަސޭހަތާއި، ލޯތްބާއި، އެކުގައި މަސައްކަތްކުރި ކައުންސިލަރުންނާއި، ޚިދްމަތްތެރި މަސައްކަތަށް ވަފާތެރި މުވައްޒަފުން ދެއްވި ހިތްވަރާއި ބެހެއްޓެވި ގާތްކަމުގެ ސަބަބުންބުން ކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ.

"ނަމަވެސް ބައެއްގެ ޒާތީ ހަސަދަވެރިކަމުގެ ތެރެއިން ރޭވިގެން ހިންގި، ބައެއް އަމަލުތަކުގެ ސަބަބުން ކައުންސިލްގެ މުހިއްމު ވަގުތުތަކެއް ގެއްލިގެން ދިޔަކަން ހިތާމައާ އެކު ފާހަގަކުރަމެވެ." ޝިފާގެ ބަޔާނުގައިވެއެވެ.

ދެހާސްސާދަ ވަނަ އަހަރުން ފެށިގެން ފިއްތުންތަކެއްް ކުރިމަތިވި ނަމަވެސް 2018 ވަނަ އަހަރު އައު ސަރުކާރެއް އިންތިހާބު ވުމާ ގުޅިގެން، އުއްމީދުތައް އާވެ ގިނަ ބާރުތަކެއް ކައުންސިލަށް ލިބި، ގިނަ މަސައްކަތްތައް ކުރެވުނު ކަމަށ ްބަޔާނުގައިވެއެވެ. މާލޭގެ މުނިސިޕަލް ގިނަ ޚިދްމަތްތަކާއި، ތަފާތު އެކި މަޝްރޫއުތަކާއި، މުވައްޒަފުންނަށްވެސް ކުރިއަށްވުރެ ރަނގަޅުގޮތްތައް ހޯދައިދެވުނުކަމަށްް ޝިފާ ވިދާޅުވިއެވެ.

"މި ހުރިހާ ކަމެއްވެސް ކާމިޔާބުކަމާއެކު ކުރެވުނީ، ސިޓީ ކައުންސިލްގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތުންނެވެ. ހަމަގައިމުވެސް، ފެންބޮޑުވާ މައްސަލަ ހައްލުވެގެންދިޔަ، ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓާއި، މާލޭ ސިޓީގައި ގާއިމްކުރެވުނު ގިނަ ޕާކިންގް ލޮޓް ތަކާއި، ބަސް ސްޓޮޕްތަކާއި، އެކި ވަރުގެ ޕާކްތައް ވެގެންދާނީ މާލޭ ގައި ދިރިއުޅޭ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ކަންކަމަށެވެ." ޝިފާގެ ބަޔާނުގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ހުސޭނުބޭ

  ތި ކައުންސިލެއް އުފަންވީވެސް އަމިއްލައަށް މަގުމަތިވީ ޙާލުގައި. ހަދާންވޭތަ މައުމޫނުއަތުން ކިނބިގަސްދޮށުގެ ނަގަން މަގުމަތީ ސަޓާއަޅައިގެން އުޅުނު ގޮތް!

  27
  1
 2. މަގުމަތީގައި

  މަގުމަތީގައި ނެތްއިރެއް ދިޔަތަ؟ ކައުންސިލަރުކަން ލިބުނީވެސް މަގުމަތީގައި ހަޅޭއްލަވަން ހުއްޓާ. މަގުމަތީގައި އުޅޭ މީހުން މަގުމަތީގައި ނޫޅޭއިރެއް ނުދާނެ. ކުރެވުނުހާވެސް ކަމަކީ ހެންވޭރުކޮޅުގައި ރައްޔިތުންގެ ފައިސާއިން ކޮންމެދުވަހަކު އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކޮށްގެން ފެންޖަހާނެ ރައްޔިތުންނަށް ފައިދާނުވާނެ ޕާކެއް ހެދުން. އެ ޕާކު އެ ނޫންގޮތަކަށް ބަދަލުކޮށް ޚަރަދުކުޑަ ގޮތަކަށް އެވަރަށް ފެންނުޖަހައި ވާނެ ގޮތަކަށް ބަދަލުކުރުމަކީ މިހާރުން މިހާރަށް ކުރަންވެފައި އޮތް ކަމެއް.

 3. ނަައީމް

  ސިފާއައް ޑިފެންސް މިނިސްޓަރުކަން މާރިޔާ އިސްތިއުފާ އެރިކަން ބަދަލްވީމާ ދެމީހުން މޭޔަރުކަމަށް މިއަދު ތިޔަ ދެކަބަލުން ޔާމީންރައީސާ ބައްދަލުކޮށް މާފައްއެދެއްޖެހޭ އެއީ ތިޔަ ދެކަބަލުން ގެ ވެރިކަމުގާ ތިޔަދެކަބަލުންގެ ވެރިކަމުގަ އެކަކު އިސްތިއުފާދިނުނުމަށް ތިޔަބޭފުޅޫންގެ ސަރުކާރުން ގޮވުމާ ސިފާ ފެއިލް ވުމަކީ ކަންކުރަން ނުވަތަ ތިޔަ ދެކަބަލުން މިހާރު ބަލައިނުގަންނަކަމުގެ ހެއްކެއް މާރިޔާވެސް ގޮތްދޫނުކުރަން އިސްތިއުފާ ނުދީ އެހުރީ ލަދުން ނުވަތަ ލިބޭ ބައިވަރުގަޑު ގެއްލިދާތީ

 4. ޑައެލޯގް

  އެއްވެސް އާކަމެއް ނުކުރެއެވެ. ޕާކިންގ އަކީ ޔާމީނު އިރުގަވެސް ދެމުންއައިކަމެއް ޔާމީނު އިރު އެހެންގޮތަކަށްދިނީ

  25
 5. ކާފަބޭ2020

  ޝިފާވިދާޅުވެދެއްވަފާނަންތޯ ލޮނުޕާކަށް(ލޮނުޒިޔާރަތްކޮޅުޕާކަށް) ދުވާލަކަށްކިތައްޓަނުގެފެންޚަރަދުކުރާކަން އެފެނަށްޚަރަދުވާވަރެއް އަދި އެފެނަށްފައިސާދައްކާކަން ދައްކަނީކޮންތާކުންކަން!!!!!!

 6. ދަރަނި ދަންތުރަ

  މަގުމަތީ ބެހެއްތީވެސް ސުކުރު ކޮށްބަލަ ، އަސްލު ބަހައްޓަންޖެހެނީ ޖަލުގައި އެއަރ ޕޯޓުގައި މުޒާހަރާކޮށް ލޮނުޒިޔާރަތް ޕާކު މަސްރޫއުން ވަށްކަންކުރީތީ...

 7. ހަވާސާ އިބޫ

  ޝިފާއަކީ ރީދޫ މީހުންނޫން މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ވައްޓަފާޅި ހުރިމީހެއްނޫން ތިމާވަރުގެ މީހަކު ނެތިގެނ ްއުޅުނު މީހެން އެންމެފަހުން ރީދޫ މީހުންނާވެސް މޫނުކެންޑުނީ ކެރަފާ އާއިލާއަށް ނިސްބަތްވާ މީހުންނަކީ ހިޔަޅު ގެ ވިސްނުން ގެންގުޅޭބަޔެއް!

 8. އަބްދޫ

  ކައުންސިލް ތަކަށް ހޮވާ ކައުންސިލަރުންނަކީ ބޭނުންބައެއްނޫން. މިފަދަ މަގާމަކަށް އެކަށީގެންވާ ތައުލީމު ލިބިފައެއް ނުހުރޭ. މިހާރު އަލުން ކަތީބު ސިސްޓަމަށް މިހާރު ބަދަލު ވެއްޖެ.ތަފާތަކީ ވޯޓުންހޮވުން.ކުރިން އޮތް އަތޮޅުކޮމިޓީ މިހާރު މި ގާއިމްވީ ކުރިންއަތޮޅުކޮމިޓީގަ ހިމެނެނީ ކޮންމެރަށެއްގެ އޮފީސް ހިންގާކަތީބު. މިހާރު މިއޮތީ ކޮންމެ ރަށެއްގެ ކައުންސިލްގެ ރައީސް. ކައުންސިލް ތަކަށް މީހުން އިންތިހާބު ކުރަން މިކުރާ ހަރަދަކީ ބޭނުމެއްނެތް ހަރަދު ތަކެއް.މެމްބަރުގެ ވޯޓިން ގެ ހަރަދަށް ވެސް ގާތްގަނޑަކަށް 90 މިލިއްން ރުފިޔާ ވަރު އެބަހަރަދުވޭ.އެއިން އެބުރި ގައުމަށް ވަންނަ އެއްވެސް މަންފާއެއް ނެތް.ދިވެހި ގައުމުގެ ތަރައްގީއަށް ފުރަތަމަ ކުރަންޖެނީ ކައުންސޮިލަރުން އިންތިހާބު ކުރުމެއްނޫން. ފުރަތަމަ ބޭނުންވަނީ ކޮންމެ ކައުންސިލެއްވެސް ނުވަތަ ކޮންމެ ރަށެއްގާ ވެސް އެރަށަކުން އެރަށުގެ އެޑްމިން އާއި ސިއްހީ ތައުލީމީ އައި ތަރައްގީ ގެ ހުރިހާ ހަރަދުތަކެއް ހަމަޖެއްސޭވަރުގެ އާމްދަނި އެއް އެރަށަކުން ހޯދޭ ވަރަުގެ ވަސީލަތް ސަރުކާރުންގާއިމްކޮށްދިނުން. މިކަންކަން ސަރުކާރުން ކޮށްދޭތަނެއްނުފެނޭ. ދަވްލަތަށް ލިބޭ އާމްދަނީ ދަވްލަތަށް އެންމެ ފައިދާ ބޮޑުގޮތްގޮތަށް ނޫންގޮތްގޮތަށް ހަރަދުވަމުނަދާތަން މިފެންނަނީ.މިކަންކަން އިސްލާހު ވެގެން ދާން އެބަޖެހޭ.

 9. ރަދީފް

  މަގުމަތީގަ އުޅުނުއިރުވެސް ބަރާބަރަށް މުސާރަ ލިބުނު ދޯ.ލަދު ކޮބާ؟؟

 10. ހައްގު

  ކަމެއްނުކުރެވުނީމަ ބާރުތައް އަތުލީ ރައްޔިތުންގެ ހައްގުގަ. 13 ކައުންސިލަރުން ވަށައިގެން އިށީންނާނެ މޭޒުގަނޑެއް ލިބުނުތާ. ބޯހިޔާކޮށްލާނެ ކޮތަރުކޮށްޓެއްފަދަ ނެތް މާލޭގެ ރައްޔިތުންގެ ހާލު ކަމަނާއަށް ބެއްލެވުނުތޯ. ފެއިލްވީމާ ޕްރައިމަރީންވެސް ފެއިލްވީ. އެޑިޔުކޭޝަން މިނިސްޓަރުކަމާ އުޅެބަލަ ކަމަނާ ނިކަން/. މިހާރުހުރި މީހާއަށް ރަނގަޅުވާނެކަމަށްފެނޭ.

 11. ށިފާ

  ފާހަގަ ކުރެވުނު ކަމަކީ 2018 ގެ ފަހުން ކައުންސިލްދަށަށް ހިދުމަތްތައް ބަދަލުވުމުން މިނިސްޓްރީއިން ހިދުމަތްދިން ސްޕީޑުގައި ހިދުމަތް ނުދެވި ހިދުމަތް އެތަށް މަހަކަށް ލަސްވެގެން ދިޔަކަން

 12. ބޯޖަލީލު

  ފެންނުވަރާ އޮފީހައްދަނީ ދެންކިހެނެއް ކަމެއް ރަނގަޅުވާނީ...