އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މޭޖާ އާޒިމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކޮވިޑަށް ފައްސިވިކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ކޮވިޑަށް ފައްސިވީ ކޮވިޝީލްޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރައްވާފައި ވަނިކޮށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ ހަފްތާގައި ދިން ހަމަލާ އާއި ގުޅިގެން ސިފައިން ވެސް އެލާޓަށް ގެނެސް، ސިފައިންގެ މަރުކަޒުތަކުގައި ސިފައިން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާއިރު ގިނަ އަދަދެއްގެ ސިފައިން ކޮވިޑަށް ފައްސިވަމުން އަންނަ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާރު ވެސް 16000 އާއި ގާތްކުރާ އަދަދެއްގެ ކޮވިޑް ބަލި މީހުން ރާއްޖޭގައި އެބަތިއްބެވެ. ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ. އެއީ ކައުންސިލް އިންތިހާބަށް ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އުވާލިތާ ހަފްތާއެއް ފަހުންނެވެ.

ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު ރޭ ވަނީ 100 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަައީމް

    އައްނިގެ ހަލާކު ބޮމުގެ އަޑީގަ ވާބަޔަކު ނޭގުނު ފީނާނެ އެތެރެވައިއެއްވެސް ނޭގުނު މާސްއެޅިގޮތައް ނުފޭބިފަ ހުއްދަ ނުލިބިގެން މިހާރު މަސައްކަތްކުރަނީ ހިމާޔަތް ކުރި ސަރަހައްދަކައްފާބާފަ ކޮންމެވެސް ބަޔާނެއް ތައްޔާރުކުރަން އަސްކަރީ މީހުން އަންނާ ވާއިރަށް ބަލަ ރައީސް ޔާމީން އިންނެވިލޯންޗް ކޮޅަކީ 24ގަޑިއިރުގާ ސިފައިންނާި ޕްލިހުން ފޯރިމަރާ އެއްޗެއް އޭގަ އެތެރޭގެ ގޮޑިއެއްގާ އެއްޗެއްހަރުކުރިކަން ނޭގެނު ބަޔަކައް ތިޔަކަން އެގޭތަ ހަމަރޭވުނެއް ރައްޔިތުންވޭ ވިސްނާ ވެރިކަމައްމިވާ ގޮތް

  2. ތިންކު

    ރާއްޖޭގައި ބޭނުން ކުރި ކޮވިޝީލްޑް ވެކްސިން އިފެކްޓިވް ނޫނީބާ؟ ނެޝަނަލް ޔުނިވަރސިޓީ އިން ސްޓަޑީ އެއް ނުހަދަނީ ކީއްވެބާ؟ ސައިނޯފޯރމް ވެކްސިން ޖެހި މީހުންނާ ކޮވިޝީލްޑް ވެކްސިން ޖެހި މީހުން ސާފުވާނެ. އަދި ޕޮޒިޓިވް ކޭސަސްގެ ރެކޯޑް އެބަހުރި އެހެން ކަމުން ސްޓަޑީއެއް ހަދާ ފައިންޑިންގްސް އިއުލާން ކުރަން މާބޮޑު ބުރަ މަސައްކަތެއް ކުރާކަށް ނުޖެހޭނެ. މޭޖަރ އަށް އަވަސް ޝިފާއެއް ދެވުން އެދި ދުޢާ ކުރަން.