ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވި 286 މީހަކު ޖޫރިމަނާކޮށްްފިއެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލެ އާއި ބައެއް ރަށްރަށުގައި ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލޭގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް އަންނަނީ ކާފިއު ހިންގަމުންނެވެ.

އަދ ކޮވިޑް-19 ގަދައަށް ފެތުރެމުން އަންނ އަތޮޅުތެރޭ ރަށްރަށުގައިވެސް އަންނަނީ ކާފިއު ހިންގަމުންނެވެ.

ހުއްދަ ނޫން ވަގުތުތަކުގައި ބޭރުގައި އުޅޭ މީހުންނާއި މާސްކު ނާޅާ ބޭރުގައި އުޅޭ މީހުން ވެސް އަންނަނީ ޖޫރިމަނާ ކުރަމުންނެވެ.

ފިޔަވަޅުތަކާ ހިލާފުވެގެން ޖޫރިމަނާކުރަމުން އަންނަނީ ނަސޭހަތް ދިނުމަށް ފަހުވެސް ކުށްް ތަކުރާރުކުރާ މީހުންނެވެ.

ހެލްތު އިމަޖެންްސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އުސޫލުތަކާ ހިލާފުވެގެން 286 މީހަކު ވަަނީ ޖޫރިމަނާކޮށްފައި ކަމަށެވެ. މީގެ ތެރެއިން 103 މީހަކު ޖޫރިމަނާކޮށްްފައި ވަނީ މާސްކު ނާޅާ ބޭރުގައި އުޅެގެންނެވެ. ކާފިއު ވަގުތުގައި ބޭރުގައި އުޅެގެން 106 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.

ކާފިއު ވަގުތުގައި ވެހިކަލް ދުއްވައިގެން 23 މީހަކު ޖޫރިމަނާކޮށްފައިވެއެވެ.

ކާފިއު ވަގުތުތަކުގައި ބޭރަށް ނިކުމެވޭނީ ފުލުހުންގެ ހުއްދަ ލިބިގެން ޒަރޫރީ ހާލަތްތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޖާބެ

  ގޮހޮރުވެސް ނަގާތި

 2. ޖާބެ

  ނާގާބިލް އބޫ ކެއުމުގަ އަދިވެސް ބަނޑެއް ނުފުރޭ

 3. ހާދަހާ

  ކޮބާ ބާ މިހާލަތަށް ޤައުމު ދިޔަ އިރު ރައީސް އާއި ހެލްތް މިނިސްޓަރު އެމީހުން ކުށްވެރިއެއް ނުވޭބާ

 4. ހުމައިރާ

  ކީއްވެތޯ ސިޔާސީ މަގާމުތަކުގަ ތިބޭ މީހުންނާ އެމީހުންގެ އާއިލާތަކަށް ނިކުމެ އުޅެވެންވީ. އެމީހުންނަށް ވަކި ހާއްސަ ހުއްދައެއް ދީފަ އޮވޭތޯ. އޮންނަންޏާ އެއީ ކޮން ކެޓަގަރީ އެއްގެ ހުއްދައެއްތޯ.