މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އިރާކޮޅު ދިން ބޮމުގެ ހަމަލާއެއްގައި ވަރަށް ބޮޑަށް ޒަޚަމްވެ ޖަރުމަން ވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މެސެޖެއް ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވައިފިއެވެ.

މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ރައީސް ނަޝީދުގެ އެ މެސެޖް އިއްވަވައިފައެވެ.

އެ މެސެޖްގައި ފުރަތަމަ ވަނީ ފިތުރު އީދު ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށާއި މަޖިލީހުގެ މެންބަރުންނަށް ވިދާޅުވެފައެވެ.

އެއަށް ފަހު މަޖިލީހުގެ ދެވަނަ ދައުރު ފެށިގެން އައީ އެމަނިކުފާނުގެ ފުރާނަ ދުއްވާލުމުގެ ނިޔަތުގައި ހަމަލާއެއް ދީފައި ވަނިކޮށް ކަން ފާހަގަ ކުރައްވައި، ނަޝީދު ވިދާޅުވީ މިފަދަ ބިރުވެރި ހާލަތުގައި ވެސް މަޖިލީހުގެ މެންބަރުން ރައްޔިތުންނަށްޓަކައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނަށް އެބައޮތްކަމަށެވެ.

އަދި، ދިވެހި ރައްޔިތުންނާއި މަޖިލީހުގެ މެންބަރުންނާ ބައްދަލު ވާނެ ކަމުގެ އުއްމީދު އޮތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ގައުމުގެ މަސްލަހަތު އިސްކުރައްވައި ރައްޔިތުންގެ ރައްކާތެރިކަމާއި ލާބައާއި މަންފާއަށް މަސައްކަތް ކުރާނަން، ﷲގެ މިންވަރުފުޅާއެކު ދިވެހި ރައްޔިތުންނާ އަޅުގަނޑު ބައްދަލު ކުރާނަން، ބައްދަލުވާނެ، ދިވެހި ރައްޔިތުން އެދޭ ގޮތަށް އަޅުގަނޑުގެ މަސައްކަތް ކުރުމުގައި ހިތްވަރާއެކު ދެމިހުންނާނަން،" ނަޝީދުގެ މެސެޖްގައިވެއެވެ.

ނަޝީދު ނެތުމުން މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަަވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއެވެ.

ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް ނަޝީދުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވެސް ވަދެފައި ހުއްޓެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކުރިއެވެ. އަދި ހަފްތާއެއްހާ ދުވަސްވަން ދެން އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، ޖަރުމަން ވިލާތަށް ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮވިޑް

    " ނަޝީދު ވިދާޅުވީ މިފަދަ ބިރުވެރި ހާލަތުގައި " ކީކޭތޯ ؟ ބިރުވެރިއޭ ތޯ ؟ އަދި ބިރުވެރި އެއްނޫން ބިރުވެރިވާން ވީ މަރުވުމަށް ފަހު ވާނެގޮތަކާމެދު ތައްޔާރުވާން ވީ އެދުވަހަށް ، ތައުބާވެ ހެޔޮލަފާ މީހަށް ވުމުގެ ހެޔޮ ތައުފީޤް ނަޝީދަށް މިންވަރު ކޮށް ދެއްވާށި، އާމީން

    13
    1
  2. އެމަންޖެ

    ތިބުނީ ރަނގަޅައް ޖަރުމަނައް ބޭސް ފަރުވާޔަށޭ ކިޔާފަ ހޮލިޑޭ ހަދާލަނީ ދޯ...

    11
    2
  3. ކިޔުންތެރިޔާ

    ދެން ބައްދަލުވާއިރު މޫނުގެ އަނެއް ފަޅީގަ ހުރި ލަކުނުތައް ފެންނަވަރު ވާނެތޯ؟ މިހެން މި ދެންނެވީ މަނިކުފާނަށް ދެވުން ހަމަލާއަށް ފަހު މަނިކުފާނު މޫނު އަރާ ފޮޓޯއެއް ސޯޝަލް މީޑިއާ އަށް އަޕްލޯޑް ކޮށްފި ނަމައެއް އެއްވެސް ޒަހަމެއް ފޮޓޯތަކަކުން ފާހަގައެއް ނުކުރެވޭ. ޒަހަމްތައް އަރާ ފޮޓޮއެއް އަޕްލޯޑްކޮށްފިއާ މޫނެއް ނަރުވާ..

    10
    3
  4. އަނީ

    ބައްދަލުވާނީ ﷲ އިރާދަކުރެއްވިއްޔާއެވެ.

    11
    1
  5. ބުރުގާ

    ތި ރައްޔިތުންގެ މަޖިލިހޭ ކިޔާ ތިތަނަކީ ގ.ކެނެރީގޭ ފެންޑާތަ؟ ނޫނީ އެމްޑީޕީގެ މައުލޫދު ހަރުގެތަ؟!

  6. ކަޑަ

    ދިވެހި ރައްޔަތުންންށް ހަމަ ނިދި ނިދާލިޔަ ނުދޭތި