ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުން މުހައްމަދު ހަބީބު ވަކިކޮށްފިއެވެ.

ހަބީބް އެ މަގާމަށް އައްޔަން ކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. މަގާމަށް އައްޔަން ކުރިތާ ތިން މަސްތެރޭގައި ހަބީބް ވަކިކޮށްފައި ވަނީ އެ އެޖެންސީގެ ހިންގާ ބޯޑުންނެވެ. އޭނާ މަގާމުން ދުރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ މަގާމުން ދުރުކޮށްފައި ވަނީ ޕްރޮބޭޝަންގެ މުއްދަތުގައި ހަބީބު ކުރެއްވި މަސައްކަތުގެ އިވެލުއޭޝަނުން ރަނގަޅު ނަތީޖާއެއް ނެރެދެވިފައި ނުވާތީއެވެ. އަދި ޕްރޮބޭޝަން މުއްދަތުގައި ކުރެވުނު މަސައްކަތްތަކާ މެދު އެންޑީއޭގެ ބޯޑުން ހިތްހަމަނުޖެހޭތީއެވެ.

މިކަމާ ގުޅިގެން ހަބީބް "ވަގުތު" އަށް ވިދާޅުވީ ބޯޑުގެ ނިންމުމަކަށްވާތީ "ކޮމެންޓް" އެއް ކުރަންވަން ބޭނުން ނުވާ ކަމަށެވެ.

ސީއީއޯއެއް ހަމަޖެހެންދެން އެ އެޖެންސީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެންޑީއޭގެ ޒިންމާދުވެރިޔާ އައިޝަތު ވަހީދާއަށެވެ.

ސީއީއޯގެ މަގާމުން ހަބީބު ވަކިކުރިއިރު، މި މަހުގެ ފަސް ވަނަ ދުވަހު ރައީސް އޮފީހުން ވަނީ އެންޑީއޭގެ ހިންގުން ޖެންޑާ މިނިސްޓްރީގެ ދަށުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

އެންޑީއޭގެ މައިގަނޑު މަސްއޫލިއްޔަތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމުގެ މަސައްކަތް ކުރުމެވެ. ނަމަވެސް އެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ނުކުރެވޭތީ ރައްޔިތުންގެ މަޖިލީހުން ވެސް އަންނަނީ އެންޑީއޭގެ މައްސަލަތަކެއް ބަލަމުންނެވެ.

ހަބީބް އައްޔަން ކުރެއްވުުގެ ކުރިން އެ މަގާމުގައި ހުންނެވީ ހަސަން ޝަހީލްއެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް، ބަޔަކު އަޑީގައި ތިބެގެން އޭނާގެ އަބުރު ކަތިލައި އިންޒާރު ދެމުންދާ ކަމުގެ ތުހުމަތެއް ކުރެއްވުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އިބްރާހީމް

  ހަބީބް އަކީ ޤާބިލް ތައުލީމީ ބޭފުޅެއް، ކަމެއް ރަގަޅު ކުރެވޭނީ ސަރުކާރުން ކަމެއް ރަގަޅުކުރަން އުޅެގެން ވަސީލަތްތަކާއި ފައިސާވެސް ދިގެން. މިހާރު އަމާޒް ހިފިފައި ތިހުރީ ކަމެއް ނުވާކަން ދައްކައިގެން ބައި އެޅޭގޮތަށް ތިކަންވެސް އިންޑިޔާއަށް ދޫކޮށްލަން. މިއޮތީވާ ޤަވްމެއް.

 2. ކިނބޫ

  ހަބީބު ސަރ އަކީތިޔަބޯޑުގެ މެމްބަރުން ތިޔަހީކުރާހާޗީޕް މީހެއްނޫން. ތިޔަވާނީ ބޯޑުގެ ކޮންމެވެސް މެމްބަރަކު ބޭނުންވާގޮތަށް ކަމެއް ނިންމައި ނުދިނީ.

 3. ޚާރު

  ދެން ލާންވީ ޝިހހާބު

  1
  1
 4. ބަޅ

  ރައީސުލް ޖުމް ހޫރިއްޔާއިން ފެށިގެން ހުސް މީގެ މީ ހުން މިސަރުކާރުގެ މަތިފަޑީގައި ތިބީ. މުޅި ސަރުކާރު އިސްތިއުފާދޭން ޖެ ހޭ. ނާގާބިލް ސަރުކާރު. ކޮވިޑް މެނޭޖްކުރަން ނޭގުނު ސަރުކާރު.

 5. ނަައީމް

  ތިޔަމަގާމު ހެދީ ކައުންސިލް އިންތިހާބުގެ މެޖޯރެޓީ ހޯދަން ނުލިބުނީމާ ވަކިކުރީ

 6. Anonymous

  ނަތީޖާަ ނުނެރިވެގެނެއްނޫން ވާގޮތަކީ މިހާރުހުރި ތަލަސީއީއޯއާއި ޒަމާނުންސުރެ މިގައުމުގައި ހަކުރު ބައްލަވައިގެން އެރޮގުންގައުމުފަސާދަކޮށް އަދިމިހާރުވެސް ފަސާދަކުރަމުންދާ އަދި މިހާރު ވެސް ހަކުރި ބައްލަވައިގެން ކަޅުއައިނު އަޅުއްވައިގެން ތިއްބަވާޖަނަބާރުތައް ބޭނުން ވަނީ އެންޑީ.އޭގެ ލާރިގަނޑު ދިރުވާލަން

 7. އިބްސީ

  ތިޔަ ބޯޑު ހިނގަނީ ވަރަށް ޚުދުމުޚުތާރުކޮށް. ޖަލްސާއެއް ނުބާއްވާވެސް ކަންތައްތައް ނިންމާލަނީ ބޯޑުގެ ޗެއަރމަން އަބްދުލް ޙަމީދު ބޭނުންވާ ގޮތަށް. ބޯޑުގެ މެމްބަރުންނަށް ވާއެއް ނުވާއެއް ނޭނގެ. ޕޮލިހުންގެ ފަރާތުން ހުންނަ މެމްބަރުވެސް ނަގަނީ އެޑްވާންޓޭޖް. އަބަދު އުޅެނީ އެންޑީއޭއަށް ކަންކަން ނުވާކަން ދައްކަންވެގެން. އެކަމަކު ފުލުހުންގެ ފަރާތުން އެންޑީއޭއަށް އެއްވެސް އެއްބާރުލުމެއް ނުލިބޭ. މިރަށު ފަރުވާދޭ މަރުކަޒުން ނުކުމެގެންދާ އެއްވެސް ކުއްޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ނުގެންދޭ ހަމަ މަގުމައްޗަށް އެމީހުން ދޫކޮށްލާ. މަސްތުވާތަކެތި ބޭނުންކުރާ މީހުންވެސް ބޭނުންވަނީ ބޯލަބޯލާ ތިބެން. ރަނގަޅު ވާން ބޭނުންވާ މީހާ 25 ފަހަރު ފަރުވާދޭ އިރުވެސް އަބަދު ޝަކުވާކުރަނީ އެމެރިކާ ފެންވަރުގެ ފަރުވާއަށް. މި މީހުންނަކީ އާއިލާއަކުން ބަލައިގަންނަ ބައެއް ނޫން. މަށަށް އިނގޭ އެންޑީއޭގެ ފަރާތުން މި މީހުންނަށް ފޯންކުރާ ވަރު ފަރުވާއަށް އެއްބާރުލުން ނުދީގެން. އެންމެންގެ ބޭނުމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ލައްވާ އެންޑީއޭގެ މުވައްޒަފުންނަށް ބިރު ދެއްކުން. އެތަނުގެ އިތުބާރު ގެއްލުވާލުން. އެތަން ހިސާރުކޮށްގެން ފަރުވާ ހުއްޓުވުން. ސިއްހީ ކަމެކޭ ކިޔައިގެން ފަރުވާއަށް ނުގޮސް ނާޖާއިޒް ފައިދާ ނަގަން.