ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނީއްސުރެން އަޑުގަދަ ކުރައްވަމުން ގެންދެވި ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވައި ތަޅުމުން ނެެރެފިއެވެ.
މަޖިލީހުގެ ޖަލްސާ ފެށުނީއްސުރެން ޖާބިރު ގެންދެވީ އެކިއެކި ވަގުތުތަކުގައި އަޑުގަދަކުރައްވަމުންނެވެ. އޭގެ ސަބަބުން ބަހުސްގައި ވާހަކަ ދައްކަވަމުން ގެންދެވި މެންބަރުންނަށް ވާހަކަ ކުރިއަށް ގެންދިއުމަށް ވެސް އުނދަގޫވެގެން އުޅުއްވިއެވެ.
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ ވާހަކަ ވަކި ހިސާބަކުން ނިންމާލެއްވީ ވެސް "މަޖިލީހުގެ ރިޔާސަތުން ޖަލްސާ ގެންދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް" އެދިވަޑައިގެންފައެވެ.
ޖާބިރު އެކި އިރު މަތިން ފަހުން ނިޒާމީ ނުކުތާ ވެސް ނަންގަވައިފައެވެ. މި ގޮތުން އޭނާ ވާހަކަ ފައްޓަވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާ ކުށްވެރި ކުރައްވަމުންނެވެ. އޭގެ ފަހުގައި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތުހުމަތު އޮތް މީހުންގެ ނަންތަކުގެ ލިސްޓުގައި ތިބި މަޖިލީހުގެ މެންބަރުން ވެސް އެ ޖަލްސާގައި ތިއްބެވުމުން އެ މެންބަރުން ނެތި ޖަލްސާ ކުރިއަށް ގެންދެވުމަށް އޭނާ ގޮވާލައްވައެވެ.
މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް އުނދަގޫވާތީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެކި ފަހަރު މަތިން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޖާބިރަށް އަންގަވަމުން ގެންދެވިއެވެ.
އެކަމަކު ޖާބިރު އަޑުގަދަ ކުރުން ކުރިއަށް ގެންދަވާތީ އީވާ ވަނީ ޖާބިރުގެ ނަން އިއްވަވައިފައެވެ.
ޖާބިރަކީ އާންމު ގޮތެއްގައި ވަރަށް ގިނަ ޖަލްސާތަކުގައި ވަރަށް ބޮޑަށް އަޑު ގަދަ ކުރައްވާ ބޭފުޅެކެވެ.
ކުރީގަ ޖަލްސާތަށް ކުރިޔަށް ނުދަނީ އިނދިކޮޅުން ޖެއްސުން ކުރުމުން. މިހާރު މެޖޯރިޓީގެ ތެރެއިން.
ޢެހެންތާވާނީ ޖާބެގެ ނަން ޅިސްތުގަ ނެތީމަ ރުޅިގަދަވާނެ
ސަޅި އަވަހަށް ގެއަށްދާން ރަނގަޅުގޮތެއް ކޮންމެގޮތަކަށް އުޅުނަސް އަނެއްކާވެސް އިންތިހާބު ބާއްވާއިރަށް ދާއިރާގެ ބޮލަކަށް 500 ރުފިޔާ އޯކޭ ވޯޓުލިބޭނޭ
މިއަދު ހުރީ ރަނގަޅަށް ވިއްޔާ ހަމަބުއްދިން ނެއްޓިފައި.
ޖާބިރު ބުންޏަސް ރަގަޅު ވާހަކައެއް ވިއްޔާ ބަލައިގަންނަން ޖެހެއެވެ. ޚިޔާނާތުގެ ލިސްޓްގައި ތިބި މީހުން މަޖްލިސްގައި ތިބުން ބަލައެއް ނުގަނެވެއެވެ.
ޖާބިރުގެ ކުޑަކުދާ ތަކެތި ޓެސްޓް ކުރުމަށް ފުލު ހަށް ގޮވާލަން.އަބަދު ހަމައިންނެޓޭ ސަބަބު ބަލަން އެބަޖެ ހޭ.
ޔައުމީޔާ އައްޓަކައިވެސް.
މި ކޮންބައެއް ވޯޓުދީގެން މަޖިލީޖަށް ވެދި މީ ހެއްތަ އެ މަޖިލީހުގެ ނަންމީނަ ވެދުކަމުން މުޅިން މުޑުދާރު ތަނަކަށް ހަދާލައިފި ކުޑަޅަދަރިންނާ މައިންބަފައިން މި ހާރު މަޖިލިސް އަންނަގަޑީ ޓީވީ ހުޅުވާލައިގެން ބަލަން ތިބެވޭވަރެއްނޫން މިކަހަލަ ދެއިރު ދެދަޅައަށް ހަމައިން ނެއްޓޭމީ ހުންނަށް ވޯޓުދީ މަޖިލީ ހަށް ނު ހޮވުމަކީ އަޅުގަނޑުގެ އިލްތިމާސްއެއް އަދި ބުނެލަށް ލާރިއަށް އަޅުގަނޑުމެންޑެ އަގު ހުރި ވޯޓު ވިއްކައި ނުލާ ކަމަށް ގާބިލް މީ ހުންނަށް ވޯޓުދީގެން ހޮވުމަށް ރައްޔިތުން ވިސްނަމާ
އިންޝާﷲ
މިއަދު ޖާބިރު ކޮރަޕްޝަންގެ ލިސްޓާއި ގުޅިގެން ފާޅުކުރި ކަންބޮޑުވުމަކީ ވަރަށް ރަނގަޅު ކަމެއް.
ޖަލްސާގައި ވަގުންގެ ލިސްޓެއް ހެދިފައި އޮތް އިރު އެކަމަށް ޝައްކު ކުރާމީހުން ތިބެގެން ނުވާނެ.
ރައީސް ގަވައިދައް ނުހުތާތަނެސްގާ މެމްބަރުން ނުހިތާނެ ތަފާތަކީ ރައީސް ނެރެވޭގޮތެއްނޯވޭ މެމްބަރުން ނެރެވެނީ
ޖާބެގެ ވާހަކައަށް ތާޢީދުކުރަމެވެ. ސަބަބަކީ ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ޚިޔާނާތްތެރި ވެފައިވާކަން ސބިތުވެފައިވާ ބަޔަކު މިހާރުން މިހާރަށް ވަޤުތުން ވަޤުތަށް ތިބެންވާނީ އިސްތިޢުފާދީފައި ގޭގައި.
މަޖްލީހަށް ވަންނައިރު ވަނުމުގެ ކުރީން ދިޔާއެއްޗަކަށް ޕޮސިޓިވް ވެފަ ހުރި ތޯ ބަލަން ޓެސްޓްކުރަން ވީ އެވެ.
ޖާބިރު ނޫނީ ރައްޔަތުން ތަމްސީލު ކުރާ މެންބަރެއް ތި މަޖުލީހުގަ ނެއް. މމޕރސ ފައިސާ ނެގި އެއްވެސް މެންބަރަކު ތަހުގީގު ނުނިމެނީސް ރައްޔަތުން ތަމްސީލު ކުރާ ރައްޔަތުންގެ މަޖުލީސް ޗެންބަރައް ވަދެވިގެން ނުވާނެ،
އަދިވެސް ތަންތަނުން މަކުނު ހޯދާފަ ތިތަނައް ލާންވީ