"ވަގުތު" ގެ ހުރިހާ މުވައްޒަފުންގެ ޗުއްޓީ ދަތުރުގެ ޓްރެވަލް ޕާޓްނަރަކަށް އޭސް އޭވިއޭޝަން ހަމަޖައްސައިފިއެވެ.

ޓްރެވަލް ޕާޓްނަރުގެ އެއްބަސްވުމުގައި އޭސް އޭވިއޭޝަނާއި "ވަގުތު" އާއި ދެމެދު މިހާރު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

"ވަގުތު" ގެ ޚަރަދުގައި ހޭދަކުރާ ޗުއްޓީ ދަތުރުގައި "ވަގުތު" ގެ ހުރިހާ މުވައްޒަފުން މިރޭ ސްރީލަންކާ އަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. 15 ދުވަސް ހޭދަކުރާނެ މިދަތުރުގައި "ވަގުތު" 25 މުވައްޒަފުން ބައިވެރިވެއެވެ.

"ވަގުތު" ގެ ޚަރަދުގައި ހުރިހާ މުވައްޒަފުންނަށް ޗުއްޓީ ދަތުރެއް ދިނުމަށް "ވަގުތު" މެނޭޖްމަންޓުން ނިންމީ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އިތުރުުކުރުމަށާއި މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަށެވެ.

"ވަގުތު" ގެ ހުރިހާ މުވައްޒަފުން ޗުއްޓީގައި ދެހަފްތާ ދުވަސް ހޭދަކުރާނެއެވެ. މިމުއްދަތުގައި ވެސް "ވަގުތު" ގައި އެއްވެސް މެދުކެނޑުމެއް ނެތި ޚަބަރުތައް ޝާއިއު ކުރެވޭނެ އިންތިޒާމްތައް ވަނީ މިހާރު ހަމަޖައްސާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ??

    ސަޅި

  2. އަން އިން އުން

    ސަޅި

  3. ފާތުން

    ހުރިހާކުދިން ނަށްބާއްޖަވެރި އުފާވެރި ދަތުރަކަށް އެދެން.. އަޅުގަނޑު އެންމެކިޔާޙިއްވާ ނޫސް (ވަގުތު)

  4. ޢަލީ

    މަރުޙަބާ! ނިޔާމަ ދަތުރަކަށް އެދެން.

  5. ބުންވަރު

    ހުރިހާކުދިން ނަށް ބާއްޖަވެރި އުފާވެރި ދަތުރަކަށް އެދެން