އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުއްވެރިކޮށް، ދިވެހިން ތިބީ ފަލަސްތީނާއި އެކުގައި ކަން ދެއްކުމަށް، އެގައުމުގެ ދިދަ ބަންޑާރަ ކޮށީގައި ހުރި ބޮޑު ސްކްރީނުން އެޅުވުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ މާލެ މަލަމައްޗަށް ވާގޮތަށް ހުންނަ މި ސްކީންއިން ފަލަސްތީނުގެ ދިދަ އަޅުވާލެވިދާނެތޯ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އަރިހުން އެދިފައެވެ.

މުއިއްޒު ވިދާޅުވީ ފަަލަސްތީނުގެ އެތައް ބަޔަކު މަރަމުންދާއިރު، ދިވެހިން ތިބީ ފަލަސްތީނާއި އެކުގައިކަން ދެއްކުމަށް މިވަރުގެ ކަމެއް ކޮށްލުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"އަޅުގަނޑު ހިތައްއަރާ ފަލަސްތީނު ރައްޔިތުންނާއިއެކު ދިވެހިން ތިބިކަން ދައްކުވައި ދިނުމުގެ ގޮތުން އެމްއެންޑީއެފްގެ އިމާރާތުގެ ބޭރުގައި މާލޭގެ މަލަމައްޗަށް ވާގޮތަށް ހުންނަ ބޮޑު ސްކްރީންގައި ފަލަސްތީންގެ ދިދަ ޑިސްޕްލޭ ކޮށްލެވިދާނެބާއޭ" މިނިސްޓަރު މާރިޔާއާއި އެމްއެންޑީއެފް ޓެގް ކުރައްވާ މުއިއްޒު ކުރެއްވި ޓްވީޓްގައި ވެއެވެ.

މުއިއްޒުގެ އިތުރުން ވަރަށް ގިނަ ބަޔަކު ދަނީ އެމްއެންއެންޑީއެފްގެ ސްކްރީނުން ފަލަސްތީންގެ ދިދަ އެރުވުމަށް ގޮވާލާ ޓްވީޓް ކުރަމުންނެވެ. ނަމަވެސް އެކަމާއި ގުޅިގެން އަދި މިހާތަނަށް އެމްއެންޑީއެފް އިން އެއްވެސް އެއްޗެއް ނުބުނެއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ގެންދަނީ އިސްރާއީލްގެ އަމަލުތައް ކުށްވެރި ކުރަމުންނެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ދިވެހި ސަރުކާރުންވެސް ވަނީ ގޮވާލާފައެވެ. ދިވެހި ސަރުކާރުންގެ ފަރާތުން މިކަމަށް ގޮވާލާފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ވަރޗުއަލް ބައްދަލުވުމުގައި ބައިވެރިވަޑައިގެން ދެއްކެވި ވާހަކުފުޅުގައިއެވެ. އޭނާ ވަނީ އިސްރާއީލް ސިފައިން ހިފާފައިވާ އިރުމަތީ ޤުދުސް އަދި ޣައްޒާގައި ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ދެމުންދާ ނުރައްކާތެރި ޙަމަލާތައް ކުށްވެރިކޮށްފައެވެ.

ފަލަސްތީނާއިއެކު ދިވެހިން ތިބިކަން ހާމަކުރުމަށް މާދަމާ ހާއްސަ އިވެންޓެއް މާލޭގެ ހުރިހާ ގެއްގެ ބެލްކަނިތަކެއްގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ސސ

  މާލޭގައި ދިރިއުޅޭ މީހުން ނަމާދު ކޮށްލަން އެހުރި ސަލްމާނު މިސްކިތް ހުޅާ ދިނުމަކީ މާލޭގައި ދިރިއުޅޭ މީހުންގެ ވަރަށް ބޮޑު އެދުމެއް !

  57
  1
 2. ރަދީފް

  އެކަން ކުރަން މިހާރު އޮތް ސަރުކާރަށް ނުކެރޭނެ.ނަމަވެސް އިންޑިޔާގެ ދިދަ އަޅުވަން އެމީހުން ތިބޭނީ ކެތްމަދުވެފަ.

  52
  4
 3. Anonymous

  ތިކަންކުރަން މާލަސްވެއްޖެ

  46
  1
 4. އަހަންމަދު

  މުއިއްޒުގެޓުވީޓްގައޮތްއެއްޗަކާތިލިޔުމުގެސުރުޚީއަކާދިމަލެއްނުވޭ! މީހަހަކުއަތުންތަނެއްގައެއްޗެއްއަޅުވަފާނެއެވެ!
  ނޫނީދަޑިއެއްކަހަލައެއްޗަކުންވެސްތަނެއްގައެއްޗެއްއަޅުވަފާނެއެވެ! ސްކްރީނުންފަލަސްތީނުގެދިދައަޅުވަންމުޢިއްޒުއެދިވަޑައިގަތީއެތާކައިރީހުރިގަހެއްގަބާއޭހިތަށްއެރިއެވެ! ސްކްރީނުގަފިލްމުއަޅުވައެވެ!
  އެކަމަކުސްކްރީނުންއެއްވެސްއެއްޗެއްނާޅުވާނެއެވެ! ސްކްރީނުންމަންޒަރުދައްކާނެއެވެ!
  އާދެ( ޑިސްޕްލޭ)ކުރާނެއެވެ!

  3
  25
 5. ރީތި މޫސަ

  ތީވަރައް ރަނގަޅުކަމެއް ތިކަމުން މުޅިޤައުމުއޮތީ ފަލަސްތީނާއި،އެކުކަން ރަމްޒުކޮށްދެވިދާނެ

  50
  2
 6. މުޙައްމަދު

  ކުރަންޖެހޭ ކަމެއް. އިޒްރޭލް ހަލާކުކުރައްވާނދޭ. އާމީން.

  66
  • ކަހުރަބު

   އާމީން

   41
 7. މުޙައްމަދު

  އެއީ ބުނެކިޔައިގެން ކުރާ ކަމެއް ނޫން. ފަލަސްތީނަކީ ޔޫރަޕުގެ މުއްސަނދި ގައުމަކަށް ވާނަމަ މިހާރު އެކަން އޮތީހީ ވެ ނިމިފައި. އާދޭސްކުރާކަށް ނުޖެހޭނެ

  38
 8. ކަހުރަބު

  މި ޔަހޫދީ ލާދީނީ ސަރުކަރަކުން ނުކުރާނެ

  40
 9. ކޮރޯނާ

  ރައްޔިތުން އާދޭސް ކޮއްގެންވެސް އެމީހުނަށް އެއުޅެނީ އެވަރު ކަމެއްވެސް ނުވެގެން.
  މިވަރު ބަޔަކު އިސްލާމްދީން ދިފާއު ކުރާނެތަ؟. ތިމީހުަނަށް އަމިއްލައަށް ފެނިގެންވެސް ކުރެވެން ޖެހޭނެ ކަމެެއް މީ.

  33
 10. ނުރަބޯ

  ފަލަސްތީން ދިދަ މުއިއްޒު ނިއްކުރީގަ ކުރަހަ ހަބަލަ

  1
  61
  • ކޮރޯނާ

   މީ އެއްކަލަ އެމްޑީޕީ ލާދީނީ ގޮލާ ދޯ

   16
   1
 11. ޅަބޭ

  ތި ބަންޑާރަކޮށީގެ ބޮޑު ސްކްރީނަކީ ދިވެހިންގެ ގިބުލައެއްތަ؟ ނޫނީ ތި ބޮޑު ސްކްރީނުގަ ފަލަސްތީނައް ސަޕޯޓުކޮއްފަ، އިޒުރޭލައް ބަވާފަ ވީޑިޔޯދެއްކީމަ އިޒުރޭލުން ބިރުން ހަމަލާތައް ހުއްޓާލާނެތަ؟؟! ދިވެހިން ކޮން އިރަކުންތަ މޮޔަވުން ހުއްޓާލާނީ. މައިތިރިވެ މަޑުންތިބެބަލަ އަމިއްލަ ހާލައިގެން..

  2
  24
 12. ޖާބެ

  ކުރަންކެރޭނެބާ ކޮބާ ސިފައިންްގެ އަޙްވަންތަކަން މޯރަލް ގްރައުންޑްގެ ވަހަކަ ދައްކަންޏާ މިހާރު ތިޔަކަންކުރަން ލަސްވެސް ވެއްޖެ

  11
 13. ލީޝާ

  މުއިއްޒު ބުނީތީ ވެސް ތިކަން ނުކުރާނެ ދެނެއް ބަލައްޗޭ.. މި ސަރުކާރުން ބިރު ގަންނާނެ މޯދީ އާއި ދެކޮޅުވާން..

  14
 14. ހގ

  ޔާ ﷲ. ފަލަސްތީނުގައި އަނިޔާލިބެމުންދާ އެންމެހާ މުސްލިމު އަހުންނާއި އުހުތުންނަށް ކެތްތެރިކަން ދެއްވާންދޭވެ. އާމީން