ކޮވިޑް-19 އަށްް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ސަރުުކާރުން ކްލިނިކްތަކުގެ އެހީއަށް އެދިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ސިއްހީ ހިދުމަތް ދެމުން އަންނަ ތަންތަނާ ބައްދަލުކޮށް އެފަދަ ތަންތަނުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުންނާ ނަރުހުން ދޫކޮށްދިނުމަށް އެދިފައެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި މި ބައްޔަށް ފައްސިވަމުން އަންނަ މިންވަރު އިތުރުވަމުން އަންނަ ވަރަކަށް ސިއްހީ ހިދުމަތްތެރިންނަށް ދަނީ ބާރު ބޮޑުވަމުންނެވެ.

މާލޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ހިދުމަތް ދެމުން އަންނަ ފެސިލިޓީތަކާއި ބައެއް އަތޮޅުތެރޭގެ ފެސިލިޓީތަކަށްވެސް މިހާރު އަންނަނީ ފައްސިވާ ރޭޓު މައްޗަށް ދިއުމާ ގުޅިގެެން ވަރަށް ބޮޑަށް ބާރު ބޮޑުވަމުންނެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި މިހާރު އެނދާ އެހެން ވަސީލަތްތައް ހުރި ނަމަވެސް ސިއްހީ ހިދުމަތްތެރިން މަދުވާ ނަމަ ކަންކަން މެނޭޖްކުރުމަަށް ވަރަށް ބޮޑަށް ދަތިވާނެއެވެ.

ރާއްޖެއިން މިހާރު ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު އަންނަނީ 1000 އާ ގާތް ކުރަމުންނެވެ. ބައެއް ދުވަސް ދުވަހު 1500 އަށްވުރެެ ވެސް ފައްސިވާ މީހުންގެ އަދަދު އިތުރުވެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ހަވީރު 16:00 އިން ފެށިގެން ފަތިހު 04:00 އާއި ހަމައަށް މިހާރު މާލޭގައި އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ. އަދި ކެފޭތަކާއި ރެސްޓޯރެންޓްތައް ވެސް ބަންދުކޮށް ޖަމާއަތުގައި ނަމާދު ކުރުން ވެސް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް މި ފިޔަވަޅުތަކުގެ ސަބަބުން އަދި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަކަމަކަށް ފާހަގައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    ތިޔަ ހުރިހާ ސަކަރާތެއް ނުޖަހާ ދެންވެސް ލޮކުޑައުން ކޮއްބަލަ ފައްސިވާވަރު ހިފެހެއްޓޭތަން ފެންނާނެ.