ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު ޖަރުމަނަށް ފުރާވަޑައިގަތުމަށް ނިންމަވައިފިއެވެ.
"ވަގުތު" އާއި ވާހަކަދައްކަވަމުން ޖާބިރު ވަނީ ނަޝީދަށް ދިން ނިރުބަވެރި ހަމަލާ ކުށްވެރި ކުރައްވައިފައެވެ. އަދި ނަޝީދަށް ޒިޔާރާތްކޮށްލުމަށް ޖަރުމަނަށްް ފުރާވަޑައިގަތުމުގެ މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ވިސާ ހަމަޖެއްސުމުގެ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ. އަދި ނަޝީދުގެ ދެކިލަން ކެތްމަދުވެފައި ހުރި ކަމަށް ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ނަޝީދު ކައިރިއަށް ވަޑައިގަންނަވާނީ ވެސް އެމަނިކުފާނަށް ހަދިިޔާއެއް ހިފައިގެން ކަމަށެވެ.
"ނަޝީދަށް ދިން ހަމަލާ އަޅުގަނޑު ވަރަށް ބޮޑަސް ކުށްވެރިކުރަން. އެކަމުގެ އަޑީގައި ތިބި ބަޔަކު އިންސާފްގެ ދަރުބާރަށް ގެނެވެން ޖެހޭނެ. އަޅުގަނޑުވެސް މިހާރު މި މަސައްކަތް ކުރައްވަނީ ރައީސް ނަޝީދަށް އިހްތިރާމްގެ ޒިޔާރާތެއް ކޮށްލަން. އެމަނިކުފާނުގެ ހާލުކޮޅު ބެއްލުވުމަށް. އެ ޒަހަމްތައް ފެނިފަ އަޅުގަނޑު ވަރަށް ހިތާމަކުރިން. ވިސާ ހަމަޖެހޭ އިރަށް ޖަރުމަނަސް ނައްޓާލާނަން، ހަދިޔާ ހިފައިގެން" ޖާބިރު ވިދާޅުވިއެވެ.
ނަޝީދަށް ހަމަލާދީފައިވަނީ މި މަހުގެ 6 ވަނަ ދުވަހު އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ބޮމެއް ގޮއްވާލައިގެންނެވެ.
ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވެސް ވަދެފައި ހުއްޓެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކުރި އެވެ. މިހާރު އެމަނިކުފާނު ގެންދަވަނީ ޖަރުމަނުގައި އިތުރު ފަރުވާ ހޯއްދަވަމުންނެވެ.
ނަޝީދަށް ދިން ހަމަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެއެވެ.
ޖޫސް ފުޅިއެއްތަ ގެންދަނީ؟
ދިޔާ އެއްޗެ ލާނެ ދަބަހެއް ހޯދާތި
ލޮލީ ޖާބިރު ތަ އެއްކަލަ ކޮހު
ޖާބިރޫ ޖާބިރޫ ބާ އަކަށް ދިމާއަށް ބަލާވެސް ނުލާތި
ޖާބިރު ކީތްކުރަންދަނީ ގަހަކައް އެރޭނީޔަކީނޫން ބަލިވެ އުޅުއްވަނީ ޖާބެ ދިޔާމަ އިތުރު ބޮލުރިހުމަކައްވާނީ ޖާބެ ރަނގަޅުވާނެ އަމިއްލަފުޅައް މިހާރު ބޮލުގަ ކެނޑިފަ ހުރިރޮދި ތަކައްބޭސްކޮއްލަން އުޅުއްވީއްޔާ
ތިޔަ ޖާބިރުމެންގެ ޚަބަރުތަށް ނުގެނެސް އެ ހެން ކަމެއް ކޮށްބަލަ
އިންސާފުގެ ދަރުބާރޭ..؟..ބޮންބޭ ދަރުބާރޭ ކިޔާބަލަ . ކަލޭމެންނަށް ، ނާއްޓެއްވަރުގެ ތަންކޮޅެއްގެ ތެރޭގައި އުޅޭ ރައްޔަތަކަށް އިންސާފު ގާއިމު ނުކުރެވިގެން މިއުޅޭ ސަބަބަކީ ތިކަހަލަ ތާކުންތާކު ނުޖެ ހޭ އި ހުލާސްތެރި ކަމެއްނެތް ސިޔާސީ ފައިސާޔާ ހެދީ ބޫތުކައިފަ ތިބިބައެއްގެ ސަބަބުން... އައްނި ކީއްކުރަން އެއްވެސްވެސް ރައްޔަތަކަށް ލާއިންސާނީ ހަމަލާ ދީގެންނުވާނެ...މިއޮތީވާ ގައުމެއް...!
ޖާބިރުދޭ ހަދިޔާ އަންނިއަށް ވަރަށް ރަގަޅުވާނެ . އަދި ހަދިޔާ ބޭނުން ކުރާނީވެސް ދެބޭފުޅުން އރކުގަ ކަމަށް ލަފާ ކުރެވޭ
ހަދިޔާ އަކީ ދިޔާތަކެތި އެޅި ދަބަހެއްތަ
މަޖުލީހު މެންބަރުންނަށް ވިސާ ބޭނުންތަ
އަނެއްކާ ތިދެއްވާ ހަދިޔާ އަނބުރާ ހޯދަން ނޫޅެ ހުރެވޭނެތަ..! ކޮންމެ ގޮތެއްވިއަސް ތިހަދިޔާގެ އަގުވަޒަން ކުރެވެންވާނެ. އޭރުން ދިރިތިބީންނަށް ނުވަތަ ހެޔޮއެދޭ ފަރާތްތަކުން ނަމަވެސް އ.ޖާބިރު ތިއަނބުރާ ހޯދަން އުޅޭއިރު ތިއެއް ދެވޭނީވެސް ވަކްތުން ވަކްތަށް.
ޖާއްކޮ ޔޫ އަރ ދަ ކޫލަސްޓް ހިއުމަން އޮފް ދިސް ޖެނެރޭސަން... ކީޕް ގޮއިންގް. 2023 އިސް ޔުއަރ އިޔަރ.މޭން
ތި ހަދިޔާ ޖަރުމަނުންވެސް ހިލޭ ލިބޭނެ. ކީއްކުރަން މާލެއިން ގެންދަނީ. ޢެތަނަށް ގޮސް ތިއިހ ހްތިރާމްގެ ޒިޔާރަތް ކޮށްފަދީ
އެކޮޅުގަ ބޯކޮށް ތި ހަދިޔާތައް އޮއްނާނެ
ދިޔާ އެއްޗެހި ދަބަހެއް ހިފައިގެން ދާތި...
މީހަމަ ކޮހެއް
ޖަރުމަނަށް ދިއުމުގެ ކުރިން ދަންވަރު މުވައްޒަފުން ފޮނުވައިގެން ވެރިފަރާތުގެ ހުއްދަނެތި ގެންދެވި އަލުގަނޑުގެ މުދާ ތައް ރައްދު ކޮއްދެއްވުން އެދެން.
ހޮނޑާފުށި އެޕިސޯޑް ނުކުޅޭތި. ހާމިދު އަބުދުލް ޣަފޫރު ނުގެންދާތި.
ތީ ނަޝީދަށް މާ ހެޔޮއެދޭމީހެއްތަ؟އަނެއްކާ ކޯއްޗެއް ތި ގެންދަވަނީ؟ކަފަ ލޮލީތަ؟
މުހައްމަދު އަމީން ލިޔުއްވާފައިވާ ގޮތުގައި މާލޭގައި ބައްދަލުވުން ބާއްވަން ދަތިވީމާ ބޭއްވީ ފަތުހުއްސަލާމް ކިޔާ މާލޭ ފަޅުގައި އޮތް އޮޑީގައި. އެއީ ނަށާފުޅި ބޮއިގެން ޖަލްސާ ކުރެވެން އޮތީ އެތަނުގައި ކަމަށްވާތީ.
ގެއިން ބަދިގެއަށް ދާހެން ޖަރުމަނަށާއި ލަންޑަނަށްވެސް ދެވޭކަން މީސްތަކުންނަށް އަންގައި ބޮޑާކަން ފާޅުކުރުން! ހެހެހެހެ!
މަހީކުރިގޮތެއްނޫންތިވީއަކީ. މަހީކުރީ ވަތަންޔާހޫ ޔަހޫދީ އަށް ހަދިޔާ ފުޅުތަކެއް ހިއްޕަވައިގެން
ވަޑައިގަންނަވަނީކަމަށް.
ފަލަސްތީނަށް މިފަދަ ހިތާމަވެރި ދަނޑިވަޅެއްގަ އެޤައުމަށް ރަނގަޅު ހަދިޔާއެއް ދިންނަމަ ތަންކޮޅެއް ސަވާބު ބޮޑުވީސް ތޯއްޗެއް
ޖައްސަމުން ގޮސް ޖައްސަމުން ބަލިބައްޔަށް ކުރާ ފަރުވާއެކޭ
ކަރުގަނޑުން ބަނބުކޭލު ދުޅަބަލި ނެތްތަފާތެއް ބޭސްކުރުން
ޅެންވެރިޔާ ބުނަނީ ގެއްލުން ހުރި އެއްޗަކުން ބައްޔަކަށް ބޭސްކުރުމުގެ ނަމުގާ އެތިކޮޅުކޮޅު ދެމުން ފަރުވާ ކުރުމުންގޮސް ޝިފާކުރާކަމުގެ ނިޒާމަކީ ޖާ ހިލުކަމޭ. އެގޮތަކީ ބަނބުކޭލު ކަރުގަނޑުން ދުޅަބައްޔަށް ދިވެ ހިން އި ހުޒަމާނު ބޭސްކުރުން ފަދަ ކަމެކޭ. ޓީބީ ޖެ ހިފާ ހުރި މީ ހަކަށް އަރިދަފުސް ރޯގާ ބޭސްދީގެން ނުކަތާނެޔޭ..
ބޯހަމަޖެހޭ ސޮރެއްތަ އެއީ؟
ރިހާކުރާ ތެލުލިފަތާ ލޮނުމިރުސް ގެންދާތި ކޮންމެސް
މިދެން ކޮން ބައެއްތަ ؟ބޮޑާކަން ދައްކަން