ނިރުބަވެރި ހަމަލާތައް ދެމުން އަންނަ ހަރުކަށި ފިކުރާ ގުޅުންހުރި މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241) ކޮމެޓީން ފާސްކޮށްފިއެވެ.

މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ވަނީ ހަމަލާއެއް ދީފައެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވައި ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ބޮމެއް ގޮއްވާލައިގެންނެވެ.

މި ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވަދެގެން ދިޔައެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކުރިއެވެ. އަދި އިތުރު ފަރުވާ ހޯދުމަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.

މި ނިރުބަވެރި ހަމަލާއާ ގުޅޭ ހާއްސަ މައްސަލަ ބެލުމަށް ފަހު 241 ކޮމިޓީން ވަނީ ރިޕޯޓެއް އެކުލަވާލާފައެވެ. އެ ރިޕޯޓްގައި ކޮމިޓީން ކުރާނެ މައިގަނޑު ހަތަރު ކަމެއް ކަނޑައަޅާފައިވެއެވެ.

އޭގެން އެއްކަމަކީ ހަރުކަށި ފިކުރާ ގުޅޭ އެންމެހާ ތަހުގީގެއް، އަވަސް ނަތީޖާ ނެރެވޭނެ ގޮތަކަށް ކުރިއަށް ގެންދަން ފުލުހުންނަށް ލަފާ ދިނުމަށެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭ އެންމެހާ ކަންތައްތައް ކޮމެޓީއާއި ހިއްސާ ކުރުމަށް ފުލުހުންނަށް އެންގުމަށް ވެސް އެ ކޮމެޓީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ފުލުހުން އެކަމުގައި ކުރަމުންދާ ތަހުގީގު ކޮމިޓީން ގާތުން ބަލަން ވެސް 241 ކޮމެޓީން ނިންމާފައިވެއެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ހަރުކަށިފިކުރުގެ އެމްޑީއެން މައްސަލަ އަވަސް ކޮށް ދިނުން އެދެމެވެ...

  2. ޣަނީމާމުދާ

    ޙަރުކަށިފިކުރުގަވެސް ހައްދުފަހަނަ އަޅާފަ ތހިބީމަތާ މީހުންދަރިންގެ ބުރެއިން ވޮޝްކޮއްލަިގެން މައިންބަފައިންނާ ދަރިން ގެ ގުޅހުން އެއްކޮށް ކަނޑުވާލައިގެން ގޮސް ކައިވެނީ ނުކޮށް އެ ގެންގުޅެނީ ދިވެހިރާއްޖޭގެ ގާނޫނުގަ އެބައޮތެއްނުން މިނިވަންކަން ހެވެއްނުން އޮރިޔާމުން މަގުމަތީގަ އުޅުނަސް ޒިޏޭކުރުމައް މަގުފަހިވާ ގޮތައް މިނިވަންކަން ދީފައޮތީ ގާނޫނުގަ ފުލުހުންނައްވެސް ކުރެވޭކަމެއް އޮތްކަމަކަށް ނުވޭ ކަމެއްދިމާވެގެން އެފްސީޕީ އައްދިޔާމަ ބުނާނެ އެބަޔަކު އުޅެން ބޭނުންވާ ގޮތަކައް އުޅުމުގެ މިނިވަންކަން އެބައޮތޯ ގާނޫނުގަ ތިމަންނަމެންނަށް ކުރެވޭނެ ކަމެއްނެތޭ ...ހެވެއްނުން މަގުމަތީގަޔާ ގޭތެރޭގަވެސް ކީެްކުރަން ކުރާ ކަިވެންޏެއް ހުރިހާޖަމެއް ަމިއްލަ އިޚްތިޔާރަށް ދޫކޮއްފަވިޔާ މިއޮތީ

  3. ރީތި މޫސަ

    އިސްލާމްދީނާއި،ޚިލާފް ކޮންމެނޭއްގާނީ ފިކުރަކީ ހަރުކަށި ފިކުރެއް ދީނަކުނޯވޭ މީހުން މަރާ އަނިޔާކޮށްހަދާކަށް އަދި މިދީން އަހަރުމެނާ ހަމައަށް ގެނެސްދެއްވި މާތް ރަސޫލާއަށް ހަޖޫޖަހާ މަލާމަތްކޮށްއުޅުމަކީ އެންމެބޮޑު ހަރުކަށި ފިކުރު އެމީހުންވެސް ތީގެތެރޭ ހިމަނާ މިޤައުމުން އިސްލާމުދީނާއި،ޚިލާފުހުރިކާމެއް ފޮހެލަންޖެހޭ އިންޝާﷲ މިފަހަރު މިހުރިހާކެއް ސަރުކާރުން ބަލާ ފިޔަވަޅުއަޅާނެ ކަމަށް އުންމީދުކުރަން