ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ، އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް ހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު އިންތިހާބު ކޮށްފިއެވެ.

ޑެޕިއުޓީ މޭޔަރު ހޮވާފައިވަނީ އައު ދައުރަށް އިންތިހާބުވި ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައެވެ. ޑެޕިއުޓީ މޭޔަރުކަމަށް ޝުއާއުގެ އިތުރުން ދެ ކައުންސިލަރަކު ވާދަކުރެއްވިއެވެ. އެއީ އާމިނަތު އަދާލާ ރަޝީދުގެ އިތުރުން މުހައްމަދު ފައިސަލްއެވެ. ޝުއާއު ހޮވުނީ އަށް ވޯޓުންނެވެ.

ފުވައްމުލަކުގެ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީއަށްވެސް ޑެޕިއުޓީ މޭޔަރު ވަނީ އިންތިހާބުކޮށްފައެވެ. ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރުކަމަށް އަލީ އަހުމަދު އިންތިހާބު ކޮށްފައިވާއިރު ފުވައްމުލަކު ޑެޕިއުޓީ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވީ މުހައްމަދު ފިކުރީއެވެ.

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ އިންތިހާބުގައި ސަރުކާރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކައުންސިލްތަކުގެ 400 ގޮނޑިއެއް ވަނީ ކާމިޔާބުކޮށްފައެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީއިން ވަނީ 325 ގޮނޑި ކާމިޔާބުކޮށްފައެވެ. އަމިއްލަ ކެންޑިޑޭޓުން 173 ގޮނޑި ކާމިޔާބު ކޮށްފައިވެއެވެ. ޖުމްހޫރީ ޕާޓީއިން 26 ގޮނޑި، އަދާލަތު ޕާޓީއިން 13 ގޮނޑި، އަދި އެމްޑީއޭއިން 16 ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. އެމްއާރުއެމްއިން ގޮނޑިއަކާއި ލޭބާ ޕާޓީއިން ގޮނޑިއެއް ކާމިޔާބުކޮށްފައިވެއެވެ. އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ލިބުނު ކަމުގައިވިޔަސް ބޮޑެތި ސިޓީތަކުގެ މެޖޯރިޓީ ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަައީމް

    އިދިކޮޅުން 553 ގޮޑި ކާމިޔާބުކުރުމަކީ އައްނި ފެއިލްވުން އިސްތިއުފާ ވަގުތުން ދޭންޖެހޭ އަލުން އިންތިހާބަކައްދާންވެސްޖެހޭ ސަރުކާރައް ރައްޔިތުނ ނޫނެކޭ ބުނަންލިބުނު ފުރުސަތުގަ އެބުނީ މިސަރުކާރު ފއެިލްވެއްޖޭ ކަމަކުނުދެޔޭ އަލުން އިންތިހާބެއްބާއްވަދޭށޭ

    1
    1