ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް އަމާޒުވެގެން ދިޔަ މައިގަނޑު ސަބަބަކީ އެމަނިކުފާނާއި އެމްޑީޕީއަށް "ލާދީނީ" ޓެގް އަޅުވަމުން ދިއުން ކަމަށާއި އެ ކަން ކުރަމުންދާ ސިޔާސީ ބޭފުޅުންނާއި ދީނީ އިލްމުވެރިން އެ ކަން ހުއްޓާލަން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅު ދެވުނު ހަމަލާއާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް މިއަދުގެ ޖަލްސާގައި ކޮންމެ މެންބަރަކަށް ވެސް ވަނީ ފުރުސަތު ދެއްވައިފައެވެ. އެއީ އަދި އެ މައްސަލައަށް ވާހަކަ ދައްކަވަން ބޭނުންވާ ކޮންމެ މެންބަރަކަށް ވެސް ފުރުސަތު ދެވި ވާހަކަ ދެކެވެން ދެން ޖަލްސާ ގެންދަން ވެސް ވަނީ ފާސްކޮށްފައެވެ.

މެންބަރު ހަލީމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ ރައީސް ނަޝީދަކީ އެމަނިކުފާނުގެ މުޅި ހަޔާތްޕުޅު ދިވެހި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް މަސައްކަތް ކުރެއްވި ސިޔާސީ ލީޑަރެއް ކަމަށެވެ. އަދި އަބަދުވެސް ލީޑަރަކަށް ދައްކަވަން ދަތިފުޅު އެތައް ވާހަކައެއް ވެސް އެ އޮންނަ ސާފު ގޮތަށް އެމަނިކުފާނު ވިދާޅުވާ ކަމަށް ހަލީމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވުމަށް ފަހު ހަލީމް ވިދާޅުވީ މިފަދަ ކަންކަން މެދުވެރިވަނީ ވަކި ބަޔެއްގެ މައްޗަށް "ލާދީނީ" ނޫނީ "ކާފަރު" ޓެގް އަޅުވަމުން ދާތީ ކަމަށް ހަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އޭގެ ސަބަބުން ނަފްރަތަށް ޖާގަ ލިބި އެތައް ބަޔެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާ ކަމަށެވެ. އެކަމަށް ވާގިވެރިވާ ގޮތަށް އެއްވެސް ބަޔަކު ވާހަކަ ދައްކައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީއަށް ލާދީނީ ޓެގް އަޅުވަމުންދާ ދީނީ އިލްމުވެރިންނާއި ސިޔާސީ މީހުންގެ އެ ވާހަކަތައް އަޅުގަނޑު ކުށްވެރިކަން، އެ ގޮތަށް ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭ، ސިޔާސީ މަންފާއަށް ވެސް މި ކަން ނުކުރަން އެދެން،" ހަލީމް ވިދާޅުވިއެވެ.

ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް ނަޝީދުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވެސް ވަދެފައި ހުއްޓެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކުރިއެވެ. އަދި ހަފްތާއެއްހާ ދުވަސްވަން ދެން އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، އެމަނިކުފާނު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޖަރުމަން ވިލާތަށް ވަޑައިގެންފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލައާ ގުޅިގެން ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ. އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާންމުކުރި މައުލޫމާތުތަކުން އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ކޮރަލް

    ބޯ އެއްޗެހިބުއިން ހުއްޓާލާފަ ދީނައް ފުރައްސާރަ ކުރުން ހުއްޓާލީމަ މައްސަލަ ހައްލު ވާނެ އެވެ.

    18
  2. ޅޮލް

    ނުހުއްޓާނަން

    13
  3. ރަށުމީހާ

    ލާދީނީ ބޮޑު ބައިގަނޑެއް އިސްސަފުގަ އުޅޭ.

    މަރުދެނީ ޑިމޮކްރަސީ އަށް، އެއީ ހުޅަނގުން އިސްލާމް ދީނާ ދެކޮޅަށް ހަނގުރާމަ ކުރަން އުފައްދާފައިވާ އެއް ނިޒާމު.

    އިސްލާމް ދީނުގެ އުސޫލުތަކާ ޝަރުޢީ ޙުކުމް ތަކަށް ގޮން ޖަހާ މަލާމާތް ކުރޭ.

    ދެން މިއަށް ކިޔަނީ ކީކޭ؟؟

    15
    1
  4. ްާދިރު

    ނުވާނެ ތިކަމެއް. ހަގީގަތް ވާނީ ހަމަ ހަގީގަތަށް

    13
  5. ާއަހްމަދު

    އިޒުރޭލް މީ ހުންވާނީ ކޮމެ ހެވެއް އެދިގެންއަޔަސް
    ހަމަޔަ ހޫދީންނަށް އެނޫން ބަޔަކަށްނުވާނެ

    11
  6. ސަރީފު

    ދޮބިލެތަށް ބުނެލަން އޮތީ

    އެކަން ކުރެވޭނީ އެކަން ކުރަން ތިބިބަޔަކު އެކަން ހުޓާލީމަ ނޫން ހެއްޔެވެ
    އެމް ޑީ އެން ގެ އެކަކަށްވެސް ފިޔަވަޅު އެޅުން ހެއްޔެވެ
    އިސްލާމްދީނުގެ އަސާސް ތަކަށް މަންދު އިބުރާ ، އީވާ އިންތި އަދިވެސް އެމްޑީޕީގެ މެމްބަރުން ފާޅުގައި ވާހަކަ ނުދަންކަން ހެއްޔެވެ

    އެހެންވީމާ ބުނެވޭނީ ހަަމަ ލާދީނީ ކަންކަމޭ އެއީ އެހެންވީމާ ލ

    ލާދީނީ ކިޔޭނެ
    ލާދީނީ ކިޔޭނެ
    ލާދީނީ ކިޔޭނެ

    ލާދީނީ ކިޔޭނެ

  7. ތެދު

    ދީނައްފުރައްސާރަކުރި އެއްމެންހެން ތިބީމިސަރުކާރުގެ ބޮޑުންނައް..ދެން ކީކޭކިޔަންވީ..
    ކޮންއަދަބެއްދިނީ ހެހެ މޮޔަނުގޮވާ

    16
  8. ރަސްދޫ

    ލާދީނީ ލާދީނީ ލާދީނީ

    14
  9. ރަސްދޫ

    ލާދީނީ ލާދީނީ ލާދީނީ ލާދީނީ

    12
  10. ބަޅ

    ލާދީނީ ވީމަ ހަމަ ލާދީނީއޭ ކިޔަނީ.

    15
  11. މަސްްއޫދު

    އެމްޑީޕީގެ ބޮލުގައި ލާދީނީ ޓެގުއަޅުވަނީ އެންޑީޕީގެ ބޮޑުން! ދަންނަވަންތޯ ؟ ސަރުކާރުގައި ތިބީ ލާދީނީ ވާހަކަ ދައްކާ މީހުން އެމްޑީޕީގެ ރައީސަކީ ލާދީނީ ވާހަކަ ދައްކަވާ ބޭފުޅެއް ވީމާ މި މީސްމީހުން ލާދީނީ ވާހަކަ ދެއްކުން ހުއްޓާލުމުން އެއްވެސް މީހަކު ޓެގެއް ނާލުވާނެ!

    13
  12. ކަޑަ

    ނަޝިދު އެކޮޅުގަ ހުރެގެންވެސް ކަލެއަށް މަޖިލީހުގަ ދައްކަންވީ ވާހަކައިގެ ސްޕީޗް ފޮނުވާތަ.

    12
  13. ދަރަނި ދަންތުރަ

    ތިޔަކަން ކޮންދެވޭކަންނެތް ތިޔައީ ހަމަސީދާ ލާދީނީ އައްޕަޔަކަށް ނިސްބަތްވާ ޕާޓީ އެއް ، އާބިދާގެ މުހައްމަދު " އޯލްޓަރނޭޓިވް ނެރެޓިވުސް " އިސްލާމެއްގެ ނަމުގައި ހުރެ " ފްރީޑަމް ފޯރަމްގައި " ބައިވެރި ހަމައެކަނި ދިވެއްސަކީ ގ ކެނެރީގޭ މުހައްމަދު ނަސީދު ދެން ލާދީނީ ޓެގު ނައްޓާނީ ކިހެނަކުންތޯ ، ދޮންބިލެއް ކަޅުވިޔަސް ....

    11
  14. ބޯޖަލީލު

    ރައީސްކަމުން އިސްތިއުފާދީފަ މުޅިގައުމުގައި ހުޅުޖެހީ ގައުމުދެކެވާލޯބިންތޯ ؟ ދިވެހިންނަށް ހެޔޮއެދޭލެއްބޮޑުކަމުންތޯ ؟ ދިވެހިންނަން ހައްގުވާ މިންވަރު ދޭންވެގެންތޯ ؟ ދޮންބިލެއް މޮޔަނުގޮވާ ....

  15. މުދައްރިސް

    ކެނެރީގޭ ނަސީދު އާ އެމް ޑީ ޕީ ނުލާ ދިވެހިން ކުރިއަރާދާން އަމާޒު ހިފަންވެއްޖެ ، ދިވެހިގައުމު ހަމަޖެހި ތަރައްގީވާނީ ފަނާކުރަނިވި ރީނދޫ ފިކުރާދުރުހެލިވެ ، އުފެއްދުންތެރި ފިޔާތޮށި ފިކުރާ ލާމެހިގެން މިއީ ފެންނަން އޮތް ބޮޑު ހަގީގަތެއް ރައީސް ޔާމީނުގެ ތަރައްގީގެ ހަބޭސް 5 އަހަރު ....

    10
  16. ދުންމާރި

    ތިޔަ ކަހަލަ ލާދީ ބޮޑެތިވަގުންނާ ޚިޔާނާތްތެރިންނާ މުޖުރިމުންނަށް ލާދީނީ ނުކިޔޭނެ އެއްވެސް ގޮތެއްނެތް ތިޔަ ބުނާ އެމްޑީޕީއަކީ ހަމަ ރަތްލާޖެހި ލާދީނީ ބައިގަނޑެއް މިނުވާނެ އެހެންގޮތެއް ތިޔަކަހަލަ މުޖުރިމުންތިބެގެން ހިނގާ ޖާމަޢަތެއް ރަނގަޅުވާނެތަ؟؟؟

    10
  17. ނަައީމް

    ލާދީނީ މިހުން އުފެއްދީ އައްނި މައުމޫނު ދުއްވާލަން އެމީހުން އުފައްގާފަ ރާވާފަ މިހާ އެކަށި ހަރުވީމާ ދެންކިޔާނީ ހަރުކަށި މިހަމެއް ކަލެޔަކައް ނޭގުނު ތިމާފޭހުނު އިލޮށިގަޑު ތިމާ ލޮލަށެ ކިޔާނީ މިހެންވީމަތަ ބަލަ ކަލޭވެސް ދެން ތިޔަ ފެއިލްވީ ދެވަނަދައުރަކައްލާނަންތަ ކުރިމަތި ލަދުގައްނަވާ ލާނެ އަވަުމީހުން ލިބުނުއެއްޗެއްހިފައިގެން ފިލާނީކަންނޭގެ މިކަލޭގެވެސް ރައްޔިތުންނޭ ވިސްނާތި ހުރިހާގެއްލުމަކާ ތުރާލަކާ އުދަގުލެއްނިކަމެތި ރައްޔިތުނަނައް ލައްވާލާނީ

  18. ޅަބިލެތް

    ކަލެޔާ ކަލޭގެ އެކުވެރިން އަނގައިން އެކިޔާ ނަގާ އެއްޗެހި ހުއްޓާލަން ގޮވީޔާ މާތާހިރުވާނެ

  19. ބޮލުރޮދި ރާޖާ

    ކިހިނެއްހުއްޓާލާނީ......ތިޕާޓީގެ ބޮޑުންގެ ފުށުން އަބަދު ފެންނަނީ ލާދީނީ ކަންތައްތައް ކޮންމެ ދުވަހަކު ލާދީނީ ވާހަކަތައް...އެބައެއްގެ ކިބައިގަ ހަރުލާފަ ހުރިސިފައެއް ކިހިނެއް ނެތްސިފައަކަށް ހަދާނީ......ކަލޭމެން އެންމެން އެއްބަސްވެގެން އެސިފަދޫކޮށްލާ ރަނގަޅޫވެވޭތޯ ބަލަންވީނުން...

  20. ރަޝީދު

    ތިކަމެއް ނުވާނެ ، އެމް.ޑީ. ޕީ އަކީ ލާދީނީ ފިކުރެއް

  21. ފެކްޓް

    މާ މައުސޫމު ބަޔެއް ކަމުގައި ދައްކަން އުޅުނަސް ލަނޑަޔާ ވާނީ ލަނޑޔާ އަށް. ލާދީނީއޭ ގޮވަނީ ހަގީގަތުގައިވެސް އެފަދަ ދީނާ ފުށުއަރާ ކަންކަން ފެންނާނީ. އެފަދަ ކަންކަމަށް ހިތްވަރު ދޭތީ!
    އެމްޑީޕީ އަކީ ޚުދު ހަރުކަށި، ހައްދުފަހަނައަޅާފައިވާ ބައިގަނޑެއް.
    ޕާތީތައް މިޤައުމުން ފޮހެލަން ޖެހޭ

  22. އަހްމަދު

    ހަލީމްއެގޮތައްރައްޔިތުންއަދި ސިޔާސީ ދީނީމީހުން ވާހަކަދައްކަނީ ސަބަބުތަކެއްހުރީމަ ތިބޭފުޅުންވެސް ތަންކޮޅެއްޒިންމާދާރުވެ އެފަދަ ޢަމަލުތަކުންނާ ވާހަކަތަކުންދުރުހެލިވެ ރިވެތިއަޚްލާގުގެވެރިންނައްވެއްޖެނަމަ ތިޔަވިދާޅުވާ އަޑުތައްނީވޭނެކަންޔަގީން އެފަދަވާހަކަ ރައީސް ނަޝީދުއަށްރައްދުކޮށް ރައްޔިތުންދައްކަނީ ނަޝީދުގެވެރިކަމުގައި ނަޝީދުގެ ޢަމަލްތަކާވާހަކަތައް ހުރިގޮތުން އެދައްކަނީރައްޔިތުންއަޑުއަހަން ބޭނުންނުވާ ވާހަކަތަކަކަށްވާތީ

  23. ކަހުރަބު

    އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުނަށް މަތީ މަޤާމް ތައްދީފަ އެހުންނަނީ އެމް ޑީ ޕީ ދެންވެސް ތި ކިޔަނީ ލާދީނީ ނުކިޔާށޭ ކަލޭމެންގެ ރޫޙާނީ ލީޑަރު ޖެޒުއިޓުންނަށް ދަޢުވަތުދިނީ ދެންވެސް ލާދީނީ އޭ ނުކިޔަން ވީތަ ، ކިޔާނަންް ﷲ ގަންދީ ހުވަކޮށްފަ ބުނަން ކިޔާނަން

  24. ކައުންސެލަރު 🙌

    ހަހަހާ ދެރަވޭދޯ . ނަރަކައަށް ކިޔާނީ ނަރަކަ. އެނގިއްޖެ

  25. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ލާދީނީ ނުކިޔަނީ ރަނގަޅުކަމުން.. އެމްޑީޕީއަކީ ގައުމަށް ޖެހިފައޮތް ބަލާވެރިކަމެއް

  26. އެލެކްސް

    ސަރުކާރަށް ތާއީދުނުކުރާ ކޮންމެމީހަކީ ވަގެއްނޫން މާލެ އުޅެނީ މާލެ މިހުންނެއްނޫން ދޮންބިލެތް އަހިފަތަކަށް ނުވާނެ ސަލާމް

  27. ގެރި

    ފީބިލަތެކޭ ކަވާބެކޭ ގުޅައެކޭ ނުކިޔާ ރައްޔިތުންނަށް ކަމެއް ކޮށްދީބަލަ ފުރަތަމަ

  28. ބަކަރި

    ވައުދު ނުފުއްދާ ގުންޑާ ޕާޓީ

  29. މުޙައްމަދު

    އެމްޑީޕީގެ އިސް ފަރާތްތަކުން އިސްލާމްދީނުގެ ހަމަތަކާ ޚިލާފަށް ވާހަކަދެއްކުން ހުއްޓާލުމުން ތިޔަ ބުނާ ކަންތައް އޮޓޮމެޓިކުން ހުއްޓިގެން ދާނެ ކަނުގައި ދެކެން. ލާދީނީއޭ ބުނުމަކީ ކާފަރުކުރުމެއް ނޫން.

  30. ވިސްނާބަލަ

    އެހެން ބަޔަކު އެއްޗެއް ކިޔާލީމަ ހާދަ އަސަރެއް ކުރީ، ތިހުރިހާ ނުބައި އާދައެއް މިޤައުމުގަ ބިރެއް ނެތި ފެތުރީ އެމްޑީޕީ އިން ޑިމޮކްރަސީ ނަމުގަ، މިއަދު މިޤައުމުގެ އިޖްތިމާޢީ ފޭރާން ވީދި ކުދިކުދިވެފައި ވެސް މިއޮތީ ހަމަ ތިމީހުންގެ ސަބަބުން

  31. ޢަލިބެ

    ނުހުއްޓާނަން، އެމްޑީޕީއަކީހަމަ ލާދީނީ ބައިގަނޑެއް

  32. Anonymous

    ފިރުއައުނާ އޭނާގެ އައުވާނުންނޭދޯ ކިޔަންވީ!!!

  33. ބޭޗާރާ

    ލާދީނީ ޓެގް އަޅުވައިދިނީ އެމެރިކާގައި އުޅޭ ގާތްތިމާގެ ކަމުގެ ގުޅުން ގާއިމުކޮށްގެން އުޅޭ ނަސާރާ ޖަމާޢަތަކުން. އެޖަމާއަތުން ނެރެފައިވާ ރިޕޯޓްތަކާއި ފޮތްތަކުގައި އެވާހަކަ ހުރީ. ފުރަތަމަ އެމީހުންނަށް ދަންނަވާ އެފޮތްތަކާއި ލީފްލެޓްތަކާއި ރިޕޯޓްތައް ބަދަލުކުރަން. އޭރުން އެހެން މީހުން ތިވާހަކަ ނުދައްކާނެ. ދައްކާ މީހުން އެވާހަކަ އެދައްކަނީ އެއީ ފެކްޓް ކަމަށް ބަލައިގެން. އިންޓަރނެޓުން އެލިޔުންތައް އެހުރީ އާންމުކޮށް ފެންނަން އަދި ލިބެން.

  34. ކޮވިޑް

    ކަލޭ މެމްބަރުކަމުން އިސްތިއުފާ ދީފަ ބިލަތްދޫ ގަ ފުޓްބޯލް ތީމެއް އިފައްދަން ދާން ފެނޭ ކެރޭނެތަ؟

  35. އޮޅުވާލި ވޯޓު

    ލާދީނީ މީހުނައްލާދީނީ ކިއޭނެ ނުހުއްޓުވޭނެ ކިއޭނެ ކިޔާނަން ލާދީނީ އެމްޑީޕީ

  36. ބޮޑު ދެލޯ

    އާނ! "ލަަާދީނީ" ކާ ޑާލާފަ *ކޮއްމެބިލެތެއްވެސްހެޔޮ" ކިޔަން ފަށަންވީ އުތަ؟ 👇ޗީ ޗީ! 😇😟

  37. Kamaal

    އަވަހައް ދޮންނުވާ ބިލެތް ލާންވީނޫންުތޯ ލާދީނީކިޔުންހުތްޓުވަން

  38. ޕެޓް

    ހަގީގަތުގައި އަންނިއަށް ވެރިކަން 2008 ގައި ދިނީ އޭރު ދިވެހިން ޑިމޮކްރަސީއަށް އާ ވީމަ، ފަހުން އެންޑީޕީއަށް ނޫން ވެރިކަން ދިނީ ކޯލިޝަނަށް..އެކަމަކު ވެރިކަން ހޯދައިދިން މީހުން އެކަހެރި ކުރާ މަންޒަރު މިފެންނަނީ..ހުރިހާ ކަމެއް ކުރިއިރު ބުއްޅަބޭ އޮތީ އާއިލާ ގޮވައިގެން އިގަރޭސިވިލާތުގައި..ދެން އައިސް ޤާނޫނު ހަދާ މަޖިލީހަށް ވަދެ އިސްލާމްދީނާއި އިދިކޮޅު ޤާނޫނު ހެދުންކަމަކީ.. އެންމެ މަތީ ކޯޓަށް އަންހެން ފަނޑިޔާރުންލާފައި..ބިރަކާއި ނުލައި މަޖާކޮށްފައި.. ދީނާއި ދުރައް ގެންދަނީ ރައްޔިތުން..

  39. އިންޑިއާ އައުޓް

    ރާބޯ ޓެގްވެސް އަޅުވަންވީ ދެއްތޯ

  40. ނޭމް

    އެހެން ވެއްޖެޔާ ޖެހޭނީ ދެވަނަ ފަހަރައް ހިތާނުކުރަން