ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އެއްވެސް ހަމަހަމަ ކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޕީޕީއެމްގެ ރައީސް އާއި މުސްތަޝާރާ ޖެހުނު މައްސަލާގައި އެއްމަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ޝަރުއީ ދާއިރާގެ ހުރިހާ މަރުހަލާތަކުން އެމައްސަަލައިގައި ވަކި ގޮތެއް ނިންމާ ހުކުމް އިއްވި ކަމަށެވެ.

" އެފަދަ މައްސަލައެއް ޖުމްހޫރީ ޕާޓީގެ ފަރާތުން ކޯޓަށް ހުށައެޅުމުން ސިވިލް ކޯޓުގައި "ތާށިވެފައި" އޮންނަން ޖެހޭ ސަބަބެއް ނުވިސްނޭ. އަދި އެއީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އެއްވެސް ހަމަހަމަ ކަމެއް ނެތްކަން އަންގައިދޭ ކަމެއް" ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ޖޭޕީގެ ލޯގޯ އާއި ދިދައިގެ މައްސަލަ ސިވިލް ކޯޓުގައި މަޑުޖެހިފައި އޮންނަތާ އަހަރަކަށް ވުރެ، ގިނަ ދުވަހު އޮތުމުން އެ މައްސަލަ އަވަހަށް ނިންމާ ދިނުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ތިން ފަހަރެއްގެ މަތިން ސިޓީ ފޮނުވި ނަމަވެސް އެއްވެސް ސިޓީއަކަށް ސުޕްރީމް ކޯޓުން ޖަވާބެއް ދީފައިނުވާ ކަމަށެވެ.

" ބެލެނިވެރިކަމުގެ އިހުތިސާސުގެ ދަށުން އެމައްސަލަ ބައްލަވައި ދެއްވުމަށް އެދި ސުޕްރީމް ކޯޓުގައި ޖެޕީން އެދިފައިވާނެ. އެއިން އެއްކަމެއްގައި ވެސް ވަކި ގޮތެއް ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ނިންމަވާ ނުދެއްވުމަކީ އިންސާފު ނުލިބުން" ސަމީރު ވިދާޅުވިއެވެ.

ނޫސްވެރިނާއި ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު، ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި 400 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާނެ ކަމަށެވެ.

"ކޮންގްރެސްގެ ބައިވެރިން ޕެރަޑައިސް ރިސޯޓަށް ދިއުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު. އަދި ބުރާސްފަތި ދުވަހުގެ މެންދުރު ފަހުން ފެށިގެން ކޮންގްރެސްގެ މަސައްކަތް ފެށި، ބުރާސްފަތި ދުވަހުގެ ރޭ ހާއްސަ ބައްދަލުވުމެއް ބޭއްވޭނެ "ސަމީރު ވިދާޅުވިއެވެ,

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމިގިލީ މީހާ

    ޖޭޕީ ޕާޓީގައި ހަމަހަމަ ކަން އެބަހުރިތަ.. ފުރަތަމަ ތިމާ މެންގެ ޕާޓީގައި ހަމަހަމަ ކަން ގާއިމު ކޮއްފައި. ދެން އެހެން ވާހަކަ ދައްކާ ބަލަ. ގާސިމް މީ އޭނާގެ ހުރިހާ ރިސޯޓް ތަކެކު ހުރި ރީދޫ ހަންތަކުގައި ކަޅު ދަވާދު ލީ މީހާ.. ރީދޫކުލަ ކަނޑާން.

  2. ހާލިދު ބުން ވަލީދު

    ބަލަގަ ކަލޭމެން ނުޖެހޭދޯ ހަމަހަމަ ކަމަށް ބަލާކަށްދޯ ޙާކިމާ ބުނާގޮތަޢްދޯ

  3. ހުސޭނުބޭ

    އެހެންވިއްޔާ ކަލޭމެންނަށް ރަގަޅެއްނު! އެ ހަމަހަމަކަން ނެތިއްޔާ މިލިއަނުން ފައިސާ ދީފައި ފަނޑިޔާރުން ގަނެލެވޭނެ!

  4. ފާގަ

    ސަމީރު، ކަލޭ ދޯ ބުނީ މި ރޯދަމަސް ނިމޭއިރު މިސަރުކާރުވެސް ނިމޭނެޔޭ. ވެރިކަމަކީ ޖޭޕީ ނުވަތަ ގާސިމު ދޭ އެއްޗެއް ނޫންކަން މިހާރު ވިސްނެއްޖެކަމަށް ހީކުރަން

  5. ރިޔާޒު

    މޮޅުމީހާއަށް މޮޅުގޮތް ނެތި ސޭޓް ވިޔަސް މައްސަލަ ބަލާތީދޯ؟