ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ނުރައްކާތެރި ހަމަލާއެއް ދެވުނުއިރު އެމަނިކުފާނުގެ ސެކިއުރިޓީ ބަލިކަށިވި ގޮތުގެ އިންކުއަރީއެއް ރައްޔިތުންގެ މަޖިލީހުން ހިންގުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާއާއެކު، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއިން ވަނީ އެ މައްސަލަ ދިރާސާކޮށްފައެވެ. އެ މައްސަލަ ދިރާސާކުރުމަށް ފަހު އެ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި މައިގަނޑު ދެ ކަމެއްގެ މައްޗަށް ހުށަހެޅުމެއް އޮތެވެ. އެ ދެ ކަމަކީ ހަރުކަށި ފިކުރާ ގުޅުން ހުރި މައްސަލަތަކުގެ ތަހުގީގު އަވަސް ކުރަން އިދާރާތަކަށް އެންގުމާއި ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވި ގޮތުގެ މައްޗަށް މަޖިލީހުން އިންކުއަރީއެއް ހިންގުމަށެވެ.
241 ކޮމިޓީގެ އެ ރިޕޯޓް ވަނީ 42 މެންބަރުންގެ ވޯޓުން ފާސްކޮށްފައެވެ. އެ ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މި ކަންކަމާ ގުޅޭ ގޮތުން މަޖިލީހުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ވެސް ހިމެނޭ ކަމަށާއި މި ގޮތުން މަޖިލީހުގެ ތަޅުމުން ވެސް ބައެއް ކަންކަން ކުރިއަށް ގެންދަން ޖެހޭތީ މިރޭ 8:30 ގައި މަޖިލީހުގެ ޖަލްސާއެއް ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާ ވެސް މިއަދު ވަނީ ދިގުކޮށްފައެވެ. އެއީ ރައީސް ނަޝީދަށް ދެވުނު ހަމަލާއާ ގުޅޭ ގޮތުން ޚިޔާލުފާޅު ކުރުމަށް މަޖިލީހުގެ ރިޔާސަތުން ހުށަހެޅި މައްސަލައަކަށް ވާހަކަ ދެއްކެވުމަށެވެ. މަޖިލީހުގެ ޖަލްސާ ވަނީ އެ ފުރުސަތު ބޭނުންވާ ކޮންމެ މެންބަރަކު ވާހަކަ ދެކެވެން ދެން ދިގުކޮށްފައެވެ. ގިނަ އަދަދެއްގެ މެންބަރުން މިހާތަނަށް ވެސް ވަނީ ވާހަކަ ދައްކަވައިފައެވެ. މައިގަނޑު ގޮތެއްގައި މެންބަރުން ގެންދަވަނީ ސަލާމަތީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ނިރުބަވެރި ހަމަލާތަކުގެ ތަހުގީގުތައް އަވަސް ކުރުމަށް ގޮވާލައްވައިފައެވެ.
މީކުރާނެކަމެއް ނެތިފަ ތިބޭބައެއް . ތިއަށްވުރެ ތާހިރުވާނެ މަޖްލިހުގަތިބި ވަގުންގެ ކަންކަން ބެލިއްޔާ. އިއްޒަތްތެރި ވަގުންގެ މަޖްލިސް. ދަބަހުގަ ދިޔާތަކެތި އުފުލުން ޢާންމުވެދާނެ އަވަހަާް ފިޔަވަޅު އަޅާބަލަ.
އެހެން އެއްވެސް ދާއިރާއަކުން އެއްވެސް ތަހުގީގެއް ނުކުރެވޭގޮތަށްހަދާ ކެނެރީމަޖިލިސް އިން ހުރިހާ ތަހުގީގެއް ހިންގާގޮތަށް ފާސްކުރަންވީނުން ދެއްތޯ؟ ކ....
ކަލޭމެން ކީއްތަވާނީ ފަލަސްތީނުގައި އެހިނގާ ހަނގުރާމައާއި ދެކޮޅަށް ވާހަކަ ދައްކައި، ފަލަސްތީނުގެ މުސްލިމުންނަށް ދިވެހި ސަރުކާރުން ކޮށދެވެން އޮތީ ކޮންކަމެއްތޯ ބެލިއްޔާ
ރޯނު އެދުރުންގެ ޓީމުން
ތިތަން ތަހުގީގީ އިދާރާއަކަށް ބަދަލުވީ؟
މަޖިލިސް މިހާ ފީކަޅާވެގެން ނުވާނެ.
ތިވަރު މައްސަލައެއް ބަލާނީ ޕޮލިސް ނުވަތަ ތަހްގީގް ކުރަން ހަދާ ކޮމިޝަނަކުން.
ތިމަޖިލިހުގައި ތިވަރުކަމަކަށް ކުފޫ ހަމަވާ 6 އެއްކަ މީހުން ތިއްބަސް އެމީހުން ކިޔާ އެއްޗެއް އިނގޭ ވަރުގެ ބަޔަކު ނެތް.
ޕާޕަޕާ ހެން ހިތައް އަރާ ކޮއްމެ އެއްޗަކަށް މަޖިލިސް ބަދަލު ވަންޏާ ތިއީ ރައްޔިތުން ބަލަން ޖެހޭ މައްސަލައެއް.
ތަހުގީގު ކުރަން އެތައް އަހަރަކު ކިޔަވާ.. އެތައް އަހަރަކު އެ ދާއިރާގައި އުޅޭ ބަޔަކު ތިބޭ މުއައްސަސާއެއް އެބައޮތް..
މަޖްލިސްގަ އެމަރޖަންސީކޮށް މިވަގުތު ނިންމަންޖެހޭ ބަލަންޖެހޭ މާރަނގަޅުކަންތައް އެބަހުރި.. މި ބަލިމަޑުކަމުން އަރައިގަންނަން އެޅޭނެ ފިޔަވަޅު ތަކާ.. ކުރަންހުރި ކަންކަމާ.. ކުރެވޭނެ ކަންކަމާ.. އިތުރަށް މި އިގްތިސާދީ ރަނގަޅު ކުރަން ކުރެވޭނެ ކަންކަން މީ މި ވަގުތަށް ގައުމަށް އެންމެ މުހިންމު ކަންތައް..
މީ ތަހުގީގީ އިދާރާއެއްތަ؟
ކޮވިޑް ތެރޭގައި ކާފިއު ކަޑިތަކުގައި މުވައްޒަފުން ބެރެގެން ކޮންކަމެއްތޯ މިކުރަނީ ކޮވިޑް ކޮންޓރޯލް ކުރަން އަޅާ ފިޔަވަޅަށް ތަބާ ނުވެ ކިހިނެއްތޯ ބަލި ކޮންޓުރޯލް ކުރަނީ !
އިސްރާއީލުން ޢައްޒާގެ ކުޑަކުދިން މަރަމުންދާ މައްސަލަ ތހުޤީގު ކުރަންވީ ނުންތޯ ތިތަނުން !