ލ. އަަތޮޅު މާމެންދޫގައި ޑޮކްޓަރަށް ދައްކަން ދިޔަ މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވުމުން، އޮޕަރޭޝަން ކުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމުން އެ ބައްޔަށް ފައްސިވެއްޖެ އެވެ.

މާމެންދޫ ހެލްތު ސެންޓަރުން "ވަގުތު"އަށް މައުލޫމާތު ދިން ގޮތުގައި، ކޮވިޑަށް ފައްސިވެފައި ވަނީ ރޭ ފަތިހު ބަނޑުގައި ރިއްސާތީ އެރަށު ހެލްތު ސެންޓަރަށް ދައްކަން ދިޔަ މާބަނޑު އަންހެނެކެވެ. އެ މީހާ ހެނދުނު އެ އަތޮޅު ގަމު ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާފައި ކަމަށް އެ ސެންޓަރުން ވަނީ މައުލޫމާތު ދީފައެވެ.

މާމެންދޫ އިން ފައްސިވެފައި ވަނީ ކަރަންޓީނުގައި ނެތް މީހެއް ކަމުން އޭނާ އާއި ގާތުން ބައްދަލުވި މީހުން މިހާރު އަންނަނީ ބަލަމުންނެވެ. މާމެންދޫ މުޖްތަމައުގެ ތެރެއިން މި ބައްޔަށް މީހަކު ފައްސިވުމާއި ގުޅިގެން އެރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

"ވަގުތު"އަށް މައުލޫމާތު ދެއްވަމުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ އެ އަންހެން މީހާއަކީ މިއަދު ފަތިިހުގެ ވަގުތެއްގައި ގެނައި މާބަނޑު އަންހެނެއް ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާގެ ބަނޑަށް ދަރިފުޅު ނިޔާވެފައިވާ ކަމަށެވެ.

އަދި އެ އަންހެން މީހާ ފައްސިވެފައިވާކަން އެނގުނީ ބަނޑުގައި އޮތް ދަރިފުޅު ނެގުމަށް އޮޕަރޭޝަން ކުރުމުގެ ކުރިން ކުރި ޓެސްޓުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މިކޮޅުން ޓެސްޓު ކުރަން އޮޕަރޭޝަން ކުރުމުގެ ކުރިން. އެގޮތަށްް ޕޭޝަންްޓު އޮޕަރޭޝަން ކުުރުމުުގެ ކުރިން ނެގި ސާމްޕަލުން އެނގުނީ ޕޮޒިޓިވްކަން" ނަޝީދު ވިދާޅުވިއެވެ.

މާބަނޑު މީހާގެ އާއިލާ މެންބަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އަންހެން މީހާގެ ހާލު ސީރިއަސް ވެގެން އިތުރު ފަރުވާއަށް ގަމަށް ގެންދެވުނީ، ހައެއްކަ ގަޑިއިރުގެ މަސައްކަތުން މިއަދު ހެނދުނު ކަމަށެވެ. ގަމަށް ގެންދެވުނުއިރު މާބަނޑު މީހާގެ ބަނޑަށް ދަރިފުޅު ވަނީ ނިޔާވެފައެވެ. މާބަނޑު މީހާ ކޮވިޑަށް ޓެސްޓް ކުރިއިރު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިހާރު އޮޕަރޭޝަންކޮށް ދަރިފުޅު ވަނީ ނަގާފައެވެ.

މާބަނޑު މީހާ ކޮވިޑަށް ފައްސިވުމުން ގަން ރީޖަނަލް ހޮސްޕިޓަލްގައި އޭނާ އެޑްމިޓް ކުރުމަށް ފަހު، އޭނާގެ އެހީތެރިން ކަރަންޓީން ވާނެތަނެއް ނުލިބި، ވަންނާނެތަނެއް ނެތިފައި ތިބިކަމަށް އާއިލާ އިން ބުނެއެވެ.

"އޭނާ ގޮވައިގެން ގަމަށް މިދިޔައީ އުމުރުން ދުވަސްވެފައި ހުރި ބައްޕަ އާއި އަންހެން ކުއްޖެއް. ކޮއްކޮ ޕޮޒިޓިވް ވުމުން ދެން އޭނާގެ ދެއެހީތެރިން މިވީ ޑައިރެކްޓް ކޮންޓެކްޓުންނަށް. އެހެންވެ ކަރަންޓީން ވާން އެންގީ. އެކަމަކު ގަމުން ނުލިބުނު ކަރަންޓީން ވާނެ ތަނެއް. ހޮސްޕިޓަލުން ހަމަޖައްސައެއް ނުދިން ކަރަންޓީން ވާނެތަކެއް. ދެން އެމީހުން މާމެންދުއަށް އަންނަން ކައްދޫ ބަނދަރަށް ދެވުނުއިރު މާމެންދޫ މިއޮތީ މޮނިޓަރިންއަށް ލާފައި. މާމެންދޫއަށް އެމީހުން އައުމުގެ ހުއްދައެއް ނުދިން އެޗްޕީއޭ އިންނެއް." އޭނާ ބުންޏެވެ.

އޭނާ ބުނީ ބަލި މީހާގެ ދެއެހީތެރިން މިއަދު 15:00 އިން ފެށިގެން ތިބީ އަދިވެސް ކައްދޫ ބަނދަރުމަތީގައި ކަމަށެވެ. އެމީހުން މާމެންދުއަށް އައުމުގެ ހުއްދަ ދޭނީ ކައުންސިލުން ކަމަށް މިހާރު އެޗްޕީއޭ އިން ބުނާ ކަމަށާއި، ނަމަވެސް ކައުންސިލުން ބުނާ ގޮތުގައި ހުއްދަ ދޭނީ އެޗްޕީއޭ އިން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮތް ބަލި މީހާ ވެސް ކާނެއެއްޗެއް ވެސް ހެނދުނު އާއިލާ އިން ހޮސްޕިޓަލާއި ހަވާލު ކުރުމުން ބަލިމީހާ އާއި ހަމައަށް ކާއެއްޗެހި ލިބޭވަރުވީ މެންދުރު 12:30 ހާއިރު ކަމަށެވެ. އޭރު ކާއެއްޗެއްސަށް ހިނި އަރާފައި ހުރުމުން އަނެއްކާ އާއިލާ އިން ފޮނުވި ކާތަކެތި ބަލިމީހާ އަށް ލިބުނީ މެންދުރު ފަހު 14:30 ހާއިރު ކަމަށް އާއިލާ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފާތުމަ.

    ޢާދޭސް ކޮއްފަބުނަން.ފުލް ލޮކްޑައުން އަކަށް ދޭބަލަ.

    55
    7
    • މާމިގިލީ މީހާ

      ނުދާނެން، ޑޮލަރެއް ނުލިބޭނެ. ސަރުކާރުން، ބޭނުންވަނީ ޑޮލަރު. ރައްޔިތުންނެއް ބޭނުމެއް ނޫން. ރައްޔިތުން ބޭނުންވާނީ، އިންތިހާބު ކައިރި ވީމާ.

      27
  2. ޢެޗްޕީ އެންމެން އިސްތިއުފާ

    މިޙާރު ރާޢްޖޭގެ ހހހޙަލާކަކީ ތިކިޔާ އެޗްޕީ.... ސަރުކާރުން ވަކަންވެސް ކުރަންވީ އެތަން މެދުވެރިވެގެން ހހހހހޙެލްތު މިނސްޓްރީ އާއި އެކުވެގެން... ވެންޓިލޭޓަރަވެސް ވީ އެހެހެޙެން ލިބުނުޙާ ބޮޑެތި މާލީ އެހޙީތަކައްވެސް ވީއެއްނުވީ އެއްނޭގޭ ... ސަރުކާރުގެ ލޯލާރިއެއް ލިބުނަސް ވަންނަވީ މީރާއައް އެކަމަކު އޭގެ އެއްވެސް ކަމެއް މީރާގެ ފަރާތުންވެސް އެމްއެމް އޭގެ ފަރާތުންވެސް ރައްޔަތުންނާޙަމައައް ކުޑަމިނުން ހަބަރެއްވިޔަސް ރިޕޯޓެއްވިޔަސް އައިސްފާ ނުވޭ....
    ..
    ކިހޙާ ހެއްވާ ތާކުން ތާކު ނުޖެޙޭ ދުތުރާޢާއި އުދަގޫ ރައްޔަތުންނައް ތިޖައްސަނީ...
    ޢަމިއްލަ ރަސުން ޕޮޒްޓިވްގެން އެނެރަސަދާން ދާންޖެހުނީތީ ހޙަމަ އެމީހޙުންގެ އަމިއްލަ ރަސައް ނާރުވާން ހހޙުއްދަނުދީ އަދި އެދެމީޙުން ޕޮޒްޓިވް ވީކަންވެސް ނޭގޭ... މީކުޅޭ ކުޅޭ ކުޅިވަރެއްތައް....

    4
    2
  3. އައިޝާ

    މީ އަމިއްލަ ޤައުމުގައި ދިރިއުޅޭ ރައްޔިތުންގެ ސިފަ.އެދެމީ ހުން ވަންނާނެ ތަނެއް ނުލިބިގެން އެތިބޭންޖެ ހުނީ ރަށެއްގެ ބަނދަރުމަތީގައި. ހަމަ ތިރަށުން ވަންނާނެ ތަނެއް ދައްކާލާނެ މީ ހެއްވެސް ނުވިދޯ.އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތީތަ.ދެން ކި ހިނެއް އެ ހެން ޤައުމެއްގެ ބަޔަކަށް އެ ހީވާނީ.އަދިވެސް އެބަކިޔައި ފަލަސްތީނު މީ ހުންނަށް ހަމަލާ ނުދޭށޭ.

    19
    4
  4. ޭއޭނަ

    ކަން ކަމުގެ ހަގީގަތް ނޭންގި ތި ލިޔަނީ މީހުންގެ ސަމާލުކަން ހޯދަންނަމަަ، މަރުޙަބާ .. 👏👏✌️ ވަރަށް ފުރިހަމަ..

    3
    2
  5. މަރީ

    ލޮކްޑައުން ކުރޭ އިންޝާ ﷲ ފަހުން ލިބޭ ޑޮލަރު އަދި ގިނަވާނެ.. ޑޮލަރަށް ނުވިސްނަވާ މިކަންކޮށްދެއްވާ
    -ރައްޔިތުންގެ އާދޭސް-

    4
    1
  6. އަމަތުﷲ

    ހެޔޮނުވާނެ !!! ކަލޭނޭ ތިހެން އިންސާނުންނާ ދޭތެރޭ ކަންތައް ނުކުރޭ! ގަދަކީރިތިވަންތަ ﷲ ގެ ކޯފާޔާ ޢަޛާބަށް ބިރުވެތިވޭ!! ތިމާއަށް ނުވަތަ ތިމާގެ އާިލާ މީހަކަށް އެފަދަގޮތެއް ވާން ނޭދެވޭނެއިރު އެހެނ އިނސާނުނަސްވެސް ރަހުމކޮށްބަލަ!!!! މާދަމާ ތިމާާއަށް ވެދާނެގޮތެއް އެނގޭނީ ކިހިނެއްބާ؟؟؟!!!!!
    سبحان الله