ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ތިބި އެންމެންގެ ހަގީގަތް އެނގެން ދެން އެމްޑީޕީގެ މެންބަރުން އިހްތިޖާޖަށް ނުކުންނަން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ގޮވާލައްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން، މެންބަރުން ޚިޔާލު ފާޅު ކުރެއްވުމަށް ފުރުސަތު ދެއްވިއެވެ. މި ގޮތުން ފުރުސަތަށް އެދިވަޑައިގަންނަވާ ހުރިހާ މެންބަރުން ވާހަކަ ދައްކަވާ ނިމެންދެން މަޖިލީހުގެ ޖަލްސާ ދިގު ކުރަން، މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ.

މެންބަރަށް ވައްޑެއަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވެގެން ދިއުމުން އެ ކަމަށް ގައުމީ ދިފާއީ ބާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ސަރުކާރުގެ ވުޒާރާތަކާއި ތަހުގީގީ އިދާރާތަކުގެ އިތުރުން، ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ސެކްރެޓޭރިއަޓްއަށް ވެސް މާ ބޮޑު މަސައްކަތެއް ނުކުރެވުނު ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި ވައްޑެ ވިދާޅުވީ ބޮމުގެ ހަމަލާގެ ފަހަތުގައި ތިބި އެންމެންގެ ހަގީގަތް ވެސް ހާމަވަން ދެން އެމްޑީޕީގެ ސަޕޯޓަރުން އިހްތިޖާޖަށް ނުކުންނަން ގޮވާލައްވާ ކަމަށެވެ.

"ރައީސް ނަޝީދު، މިހާރު އަޅުގަނޑުމެން މި ދެކޭ ގާނޫނު އަސާސީ ލިބިގެން އައި ދުވަހު، އެމަނިކުފާނު ވިދާޅުވި، މިއީ އިހްތިޖާޖްގެ ގާނޫނު އަސާސީއޭ، އަޅުގަނޑު ގޮވާލަން އެމްޑީޕީގެ ސަޕޯޓަރުންނަށް، މި ކަމުގެ އަޑި އެނގެން ދެން އިހްތިޖާޖަށް ނުކުންނަން،" މެންބަރު ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ، މިއީ މި ގޮތަށް ރާއްޖޭގައި ދެވުނު ފުރަތަމަ ހަމަލާއެއް ނޫނެވެ. އޭނާ ވެސް ތަމްސީލް ކުރައްވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ ހަގީގަތް އަދިވެސް އެނގެން ޖެހޭ މިންވަރަށް ސާފު ވެފައި ނުވާ ކަމަށެވެ.

"ވަރަށް ބޮޑަށް، ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެން ފެއިލްވެއްޖެ، މެންބަރު އަފްރާޝީމްގެ މަރަށް ނުވަ އަހަރު، އަދި ކޮޅެއްގެ ނުޖެހިގެން މި އުޅެނީ، އަޅުގަނޑުމެން ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭ،" މެންބަރު ވައްޑެ ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ދިގުކޮށްފައިވާއިރު، މިރޭ 8:30 ގައި ވެސް މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަން ރިޔާސަތުން ވަނީ އިއުލާން ކުރައްވައިފައެވެ. އެ ޖަލްސާއަކީ ވެސް ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވި ގޮތުގެ އިންކުއަރީއެއް މަޖިލީހުން ހިންގުމަށް މިއަދު ފާސްކުރުމުން، އެކަމަށް ކުރަން ޖެހޭ ބައެއް މަސައްކަތްތައް ކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ކަޑަ

    މީ އެއްކަލަ ސިކް މީހާ ދޯ.

    52
  2. ރައްޔިތުމީހާ.

    ފެއިލްވީމާ ހަޅޭއްލަވާފަ ފައިވިއްދާފަ އިހުތިޖާޖަކަށްނޫން ނުކުންނާނީ. އިސްތިއުފާ ދީފަ ގެޔަށް ދާނީ.

    71
  3. އިބްރާ

    މާރިއާ ހައްޔަރުކުރޭ.

    46
    3
  4. ބޯޖަލީލު

    ފުރަތަމަ ކަމަކަށް މާރިޔާ މަގާމުންވަކިކުރޭ ، ސޭހު އިމްރާން މަގާމުން ވަކިކުރޭ ދެން އެއަށްފަހު އިހުތިޖާޖުކުރޭ އޭރުން މަންފާއެއް ކޮށްފާނެ

    50
    2
  5. ޖަހޯބަރާ

    ތިބުނާ ނުވައަހަރު ތެރޭ ކަލޯމެން ވެރިކަން ކުރި ދެއަހަރުބައި މިހާރުގެ ތިން އަހަރު ޖުމްލަ ފަސްއަހަރުބައިވީ.. ކީރީތި ގުރުއާނުގައި ވަހީކުރައްވާފައިވޭ އެނގޭ މީހާއާއި ނޭނގޭ މީހާ އެއްވަރުވާނެހޭ..؟ ކަލޯމެން ބުނަނީ ކެރިގެން ނުކަންނަންވީއޭ. އިއްޔެ ރާބަދި ހިފައިގެން އުޅުނު މީހާ މިއަދު ރަށް ހިންގަން އިއްޔެ މަހަށް ދިއަމީހާ މިއަދު ޓައި އަޅާފަ ގައުމު ހިންގަން އިއްޔެ ދަނޑު ގޮވާން ކުރަން އުޅުނު މީހާ މިއަދު އަތޮޅު ހިންގަން.. ދެންވާނެ ހަތަރެތި މިވަނީ. ދެން ނިކުންނަންވީ އަމިއްލަމީހާއި ދެކޮޅަށް އަމިއްލައަށް.. ތިމަންނަމެން ކުރަންވީ ކަންތައް ނުކެރެވޭތީ ތިމަންނަ ނުކުންނަންވީ މުޒާހިރާ ކުރުމަށް. ކަލޯ މުޒާހިރާ ކޮށްގެން ތަރައްގީއާއި ކުރިއެރުން ހޯދޭނަމަ އެކޮއިމެންނަށް ތިކަންވެފަ އޮތީހީ މިހާރު.. މިދިއަ ފަސްއަހަރު ވެސް މިގައުމުގަ މުޒާހިރާއެއް ކޮށްގެނެއްނޫން ކޭއެއްޗެއް ކެއީވެސް އަދި ކުރިކަމެއް ކުރީވެސް.. ކަމެއްކުރަން ނޭގެންޏާ ދެން ހަޅޭލާން ނުކުމޭ.. އެނޫންގޮތެއް ނެތްވިއްޔާ.! އޭރުން ޒިންމާ އަދާކުރެވުނު ކަމަށްވާނީ ދެއްތޯ.؟

    36
    1
  6. ޖާބެ

    ކޮބަތޯ ހޯމް މިނިސްޓަރ އާއި ޑިފެންސް މިނިސްޓަރު ކުޑަކޮންނަމަވެސް ލަދުގަނޭބާ ، މަޤާމައް އައްޔަނުކުރަނީ ރޯނުއެދުރުން ދެންކިހިނެއް ވާނި ، މަތީ ސޯބުގަވެސް ހުރީ ކިރުބޯ ޅަދަރިޔެއް ކަމެއްވާއިރައް މިޖެހެނީ ރޮގަނައިރައް ކިރުހިއްޕަން

    37
    1
  7. ޢިއްތިހާދު

    ތިވިއްކަން އުޅުނަސް ނުވިކޭނެ އިންތިހާބެއް ކާމިޔާބުކުރެވޭވަރައް ދެންތިދާއިރާއައްކުރިމަތި ލިއަސްފެއިލްވާނެ ތިބޭފުޅާވެސް މުޅިންންވެސް ކޮސްގޮވަނީ ތިތަނުގަވެސް ފުރުސަތެއްލިބޭވަގުތު.

    48
  8. ރަޝީދު

    ތި ކަމުގެ އަޑީގައި ތިބީ އެމް.ޑީ. ޕީ މީހުން މާރިޔާ އިސްމީހަކީ

    34
    2
  9. ސިޔާސީ

    އަދިވެސް ކަލޭމެން އުޅޭ އިހުތިޖާޖު ނުވެވިގެން !!!! މުޅި މާލެ ތިބިހާ ބަޔަކު ކޮވިޑަށް ފައްސިވިޔަސް ކަލޭމެންގެ ހިތެއް ނުފުރޭނެ 😡😡😡

    52
  10. އިބްރާހިމް

    އެމްޑީޕީ އާއި ދެކޮޅަށް އެމްޑީޕީ އިހ ހްތިޖާޖު ކުރީމާ ތިޔަކަންކުރި މީ ހުން އަތުވާނެ އަވަ ހަށް

    42
  11. ނާޝިޒް

    ކަލޯ ކަލޭތީ ބޮލުރޮދި ކެނޑިގެން އުޅޭ ބީތާއެއްތަ... މިގަމާރު މިތަނައް ވެއްދި ބަޔަކުވެސް ހިތާމަ ކުރާނެކަން ޔަގީން..

    30
  12. އައްޑޫ ސިޓީ

    އެއްކަލަ ސިކުންގެ މީހާދޯ މިއީ އަފުރާސީމު ފަދަ ބޭފުޅަކު އިށީއްނެވި ގޮނޑިއެއްގާވެސް ބައިންދަން ހެޔޮނުވާނެ. މިލާދީނީ ކަލޭގެ.

    32
    1
  13. ޢާދަނު

    ކޮވިޑް ފެތުރޭލެއް އަދިވެސް މަދީތަ..މީގެ ކުރިން އިދިކޮޅުން ވެސް ހަފްތާއަކު އެއްދުވަސް ކޮވިޑް ފަތުރަން މަގުތަކަށް ނުކުތް

    16
    5
  14. ނާދިރާ

    ހުޅު ޖަހަން ފަށަންވީނު

    23
    3
  15. ކޮވިޑް

    ހެހެހެހ އިޓްސް ކޯލް އެމް.ޑީޕީ ކަމޯ މެނަށް މަގުތަށް މައްޗަހަށް ނުނިކުމެ ނުތިބެވޭނެ. އެރިކަމުގާ ވެސް މަގުމައްޗަށް އިންދިކޮޅުގައިވެސް މަގުމައްޗަށް، އެހެންދޯ ވާނި ވަކަރުގޭ ކުދިންކޮޅު ވިއްޔާ، ދެން އޭޖީ ރިއްފަތު މިކިޔަނީ ކީކޭ " ނަފްރަތު އުފެއްދުމަކީ ކުށެއް ކަމަށް ކަނޑައަޅަން މަޖިލީހަށް ބިލެއް "

    23
  16. ކަށިނެތްދޫ

    ތިޔަ ގޮވައިލެވެނީ ހަރުކަށި ފިކުރާއި ހަރުކަށި އަމަލަށް. ތިޔަކަހަލަ ގޮވުންތައް ގޮވައިގެން މީހުން ނެރެގެން މީހުންގެ ހިތުގައި ޖޯޝް އުފައްދައިގެން ގޮސް އެންމެފަހުން ބަދަލުވަނީ ހަރުކަށި ފިކުރަށް. ތިމާ އެދޭގޮތް ހާސިލުކުރުމަށް ކޮންމެފަަދަ ކަމެއް ކުރަން ޖެހިލުން ނުވާ ހިސާބަށްދަނީ ތިކަހަލަ ހަރުކަށި ގޮވައިލުމާހެދި. ހުޅުޖެހުމާއި އަލިފާން ބޯޅަ އުކުމަކީ މީގެ މިސާލެއް.

  17. މެޓަރޒް

    މަޖިލީހުގަ ހުންނަ އިރުވެސް ހީވަނީ ބޮއިގެން ހުންނަ ހެން

    8
    1
  18. އެލެކުސް އޮބި

    މިކަލޭގެ އަވަހަށް ހައްޔަރުކުރޭ، މި ދަނޑިވަޅުވެސް މިއުޅެނީ ހައިޖާނު ގަނޑެއް ހަދާ އުއްޑަ ނުކެއްކިގެން އިންތިހާބުން ނެގި ރާޅުގެ ވަރުނުލާ އުލެނިކޮށް އަނެއް ރާޅު ނަގުވަން. ވައްޑޭ ކަލޭ ދާންވީނުން ސިކު ކުދިން ކޮޅެއް ގޮވައިގެން ފަޅުރަށަކަށްއިހުތިޖާޖަށް. މީބަލަ އަހަރެމެންގެވެސް ގައުމޭ ....... މޮޔަނުގޮވާ ބތ

    8
    1
  19. މުހައްމަދު ޝާހް، ރ.ވާދޫ

    ކޮބާތަ އަފްރާޝީމް، ކޮބާތަ ރިލުވާން؟ ދެންވެސް ނޭންގޭމަރުތައް؟ މިމީހުންގެ މަރުގެ ހަގީގަތް ހޯދަދީ އިންސާފު ހޯދަދޭނެކަމަށް ވައުދުވެ، މިމީހުންގެ އާއިލާތަލުގެ ވޯޓުން ވައްކަންކޮށްގެން ވެރިކަމަށްއަރާ ހަރާންކޯރުވީ. މިޔަދު އެންމެ މީހެއްގެ ފަހަތުން ތިދުވަނީ އިންސާފޭކިޔާ. ލަދުހަޔާތްކޮބާ؟ މިމީހުންގެ މަރުގެ ހަގީގަތް އެނގެންދެން މަގުތައް ކުޑަކުރިއްޔާ މާތާހިރެެއްނު؟!

    8
    1
  20. ރީތި މޫސަ

    އަޅެބުނެބަލަ މީނަ ދުވަކުވެސް ހަމަޖެހޭ ވާހައެއްދެއްކިތަ؟ މިހާރު ސިފައިންނާ ފުލުހުން ބަލަމުންދާ މައްސަލައަކަށް ފާސޭހަކުރަން ނުވަތަ އުނދަގޫ ކުރަންތަ މިއުޅެނީ