ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިރޭ ގައުމާއި މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިރޭ ޓީވީތައް މެދުވެރިކޮށް ޤައުމާ މުޚާތަބުކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނު މިރޭ ގައުމާއި މުޙާތަބު ކުރައްވަނީ އާ ކައުންސިލަރުން ހުވާ ކުރެއްވުމާ ގުޅިގެންނެވެ.

ރައީސް ގައުމާއި މުހާތަބު ކުރައްވާނީ މިރޭ 19:00ގައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ އިންތިހާބުގައި އެމްޑީޕީން ކާމިޔާބުކޮށްފައި ވަނީ 400 ގޮނޑިއެކެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީއިން ވަނީ 325 ގޮނޑި ކާމިޔާބުކޮށްފައެވެ. އަމިއްލަ ކެންޑިޑޭޓުން 173 ގޮނޑި ކާމިޔާބު ކޮށްފައިވެއެވެ. ޖުމްހޫރީ ޕާޓީއިން 26 ގޮނޑި، އަދާލަތު ޕާޓީއިން 13 ގޮނޑި، އަދި އެމްޑީއޭއިން 16 ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. އެމްއާރުއެމްއިން ގޮނޑިއަކާއި ލޭބާ ޕާޓީއިން ގޮނޑިއެއް ކާމިޔާބުކޮށްފައިވެއެވެ.

އެންމެ ފަހުން ރައީސް ގައުމާއި މުހާތަބު ކުރައްވާފައި ވަނީ މެއި 12 ވަނަ ދުވަހުގެ ރޭގަނޑު އެވެ. އޭގެ ކުރިން މެއި ހަތް ވަނަ ދުވަހުވެސް ރައީސް ގައުމީ މުހާތަބު ކުރެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ރައީސް ކިޔަންވެސް ފަކުރުގަނޭ

    20
    1
  2. ސައުޝާދު

    މިރޭ ކޮންކަމަތޯ ކީރިތިފުޅުކުރައްވާނީ..

    22
  3. ޖާބެ

    ސަލާމަތީ ބާރުތަކުން ކަރުނަ ހިއްކާ ޕަންޕުތައް ރެޑީކޮށްގެން ތިބޭތި ވަރައް ފެންބޮޑުވާނެ ، މިހިރީ މިހަކު މިތަނައް ލެވިފަ ލަދުން ބޯހަލާކު

    14
  4. ދޮންމޮހޮނު

    ރައީސުލްޖުމްހޫރިއްޔާ ބުރާންތި އިބްރާހީމް މުޙައްމަދު ސޯލިހް.
    ތާކު ހުރި ހުސް ބޮލެއް.

    14
    1
  5. Anonymous

    ކީއްކުރަން ކުރާކަމެއް.

    14
  6. އެމަންޖެ

    ބޭކާރު ވާހަކަ ނުދައްކާ ވާހަކަ ދައްކަން އަރާ ނޮރޮވެނީސް ގައުމު ލޮކުޑައުން ކުރަން ގޮވާލަން.

    7
    2