ޅ. ނައިފަރުގައި ޒުވާނުންތަކަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ ޒުވާނަކަށް ފުލުހުންތަކެއް އަނިޔާކޮށް ބިންމަތީގައި ދަމާފައި ގެންދާ މަންޒަރެވެ.

އެރަށު ފުލުހުން އެރަށު ދެ ޒުވާަނަކަށް އަނިޔާކޮށް، އެ މީހުންނަށް ބިރުދައްކާފައިވާ ކަމަށްވެއް އެރަށުން ވާހަކަދެއްކި މިހުން ބުނެފައި ވެއެވެ. އެގޮތުން އެ ޒުވާނުންނަށް ދިން އަނިޔާތަކުގެ މައުލުމާތު ހިއްސާކޮށްފިނަމަ ޖަލަށް ލާނެ ކަމަށް ބުނެފައިވާ ކަމަށްވެސް އެރަށުން ވާހަކަދެއްކި މީހުން ބުނެފައި ވެއެވެ.

ފުލުހުން އެރަށު ދެ ޒުވާނަކަށް އަނިޔާދިން މައްސަލާގައި އެ މީހުންގެ އާއިލާގެ ފަރާތުން ވަނީ އިހުތިޖާޖްކޮށްފައެވެ. ބިންމަތީގައި ޒުވާނަކު ދަމާފައި ވަނީ އެ މައްސަލަ އާއި ގުޅިގެން ކުރި އިހުތިޖާޖުގެ ތެރެއިން ހިނގާދިޔަ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާުޅުވީ ނައިފަރުގައި ފުލުހުން މީހަކަށް އަނިޔާކުރި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ބަލަމުން އަންނަ ކަމަށެވެ.

އަދި މި މައްސަލައިގައި ބަލަން ޖެހޭ ކަންކަންް ބެލުމަށްް ފަހު އެފަދަ ކަމެއް ގާނޫނާ ހިލާފަށް ފުލުހުން ހިންގާފައި ވާނަމަ ޕްރޮފެޝަނަލް ކޮމާންޑުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ނައިފަރުގައި ފުލުހުންނާ އާންމުންނާ މެެދު ހިިނގަމުން އަންނަ ހަމަނުޖެހުމުގައިި އަދި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ނައިފަރުގައި ފުލުހުންނާ އާންމުންނާ ދެމެެދު ހަމަނުުޖެހުންތަކެއް ހިނގަމުން މިދަނީ މިހާރު ފެެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން އެރަށް ބަންދުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައެވެ.

ފަހަަކަށް އައިސް ފުލުހުން އާންމުންނަށް އަނިޔާކުރާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ގައުމުގެ ހާލަތު... ވެރިމީހާ ހުންނަނީ އަމާޒު ހިފަ ހިފާ. ބަޑިޖަހަން ތސއްޔާރަާް. ވާކަމެއް ހަރާމް. ކޮންފަދަ ބޭކާރު މީހެއް. ރައްޔިތުންގެ ފައިސާ ދީފަ ބަހައްޓަން ބެނުން މީހެއްނޫން. ގައުމު ހަލާކުވަނީ މީނައަށް ނޭނގޭ ދެން ހަދަންވީގޮތެއް. އެމީހަޚަ އެމީހެއް. ވަކުޖަނަވާރުން އުޅޭ ޖަންޖައްޔެކޭ މިތަނެކޭ ތަފާތެއްނެތް.

    43
    4
    • ކަހުރަބު

      އެއަށްވުރެ ރަނގަޅުވާނެ ދޭފަތެއް ވެސް ބައެއް ފަހަރު ބުރަކަށި ކަހައިލާން ވެސް ބޭނުން ކުރެވޭނެތާ

  2. ސަންސެޓް ބީޗް

    ނައިފަރުގަ އުޅޭ ޕޮލިހުން ވަރަށް ހަޔާތް ކުޑަވާނެ

    40
    4
  3. އަލިތަކުރު

    ތިޔަ ތަނަށް އެއްވި ހުރިހާ މީހުން ކަހަލަ ގޮތަކަށް އެބަހުރި ފުލުހުންނަށް އިންޒާރު ދީފައި. ތީ އާދައިގެ ކަމަކަށް ނަހަދާ ދައުވާ ކުރަންވީ. އެއްވި މީހުންގެ އަހުލާގު އެހުރީ ފެންނަން ވީޑިއޯ ތަކުން. ބޯދިގު ބޯބުޅިސް ތައް މާ ގޭންގުވެގެން އުޅެވުނަ ދީގެން މާދަމާ މިގައުމު ހަލާކު ތެރެއަށް ގޮސް ހަލާކުވާނެ

    25
    19
  4. ޅޮލޮލޮ

    ރީއްޗަށް ބަސްއަހައިގެން އުޅުނީމަ ނުކުރާނެ އަނިޔާއެއް. ރީއްޗަށް ބުނީމަ ދިޔަނަމަ ދަމާފަ ގެންދާކަށް ނުޖެހޭނެ.

    21
    26
  5. ފޫނެއްފަޔައް ފުރާނީ ފެން

    ފޫނެއް ފަޔަކަތް ފުރޭނެ ފެނެއް ނޯންނާނެ..
    ..
    ޕޮރޮފިސަރު ގޮތުން ބެލީމަ ފަހަކުން ރައްޔަތުމީ ހާއައް ވާއެއް ނުވާ އެއްވެސް ނޭގޭ....
    ޙަމަ ޖެހޭނީ އެއްތާކު ... ކިޔާނީ އެއްލަވައެއް...

  6. ޖާބެ

    ފުލުހުން ބްރޫޓަލް ނުވަތަ ގޭންގް އެއްގޮތައް އޮޕަރޭޓްކުރަން ދޫކޮށްލައިފިނަމަ މިޔައް ވުރެއް ނުރައްކާތެރި ހާލަތަކައް މިކަންހިގެއްޖެނަމަ ބައެއްގެ ފުރާނަ ނުވަތަ ނުކުޅެދޭވަރުގެ އަނިޔަ ލިބުން ކައިރި، ފުލުހުންނައް ދައުވާ ނުކުރެވެނަމަ އަދުލުގެ ހަމަތަކުން ނައްޓައި މުޅިތަން ފަސާދަވާނެ ކަން ޔަގީން. ގައުމެއް މިފަދަ ހާލަތަކައް އަތުވެއްޖެނަމަ ސިޔާސީ ބަޔަކައްވެސް އަދި ސަލާމަތި ބާރުތަކައްވެސް އެގަޢުމެއް ހަލާކުވުން ހުއްޓުވައެއް ނުލެވޭނެ ތާރީޙުން އިބްރަތް ހާސިލް ނުކޮށްފިނަމަ ދިގު ދެމިގެންވާ ޖީލުތަކައް މިކަމުގެ އަސަރުކުރާނެ ކަންޔަގީން. ޢަސްލު މާފިޔާ ދަރިމައިވުނުގެ މަރްހަލާ މިއޮތީ ފެށިފަ .

    10
    1
  7. އިންމުރާނު

    އަދިވެސް ރައްޔިތުން ތައް ހައްޔަރޔ ކުރަން ވީ

    6
    3
  8. ގައުމު

    ތިޔަ ބުނާ ވައްތަ ރު ޒުވާނުން ނަކީ ގިނަފަހަހަރައް މުޅި ރާއްޖެެއަށް ޖެހިފައިވާ ވަބާއެއް ތިޔަ ބުނާ ޒުވާނުން އެތިބީ ވަޅޯމަސް މާ ރުކޭޓް ފު ރަގަހުގަޔާ ބާމުދާ ވިއްކާ ސަ ރަހައްދުގަޔާ މަގުތަކުގައި އުކާފަ ހުންނަ ކުނި ކޮތަޅު ހާވާށާ. ތިޔަ ބުނާ ޒުވާނުންނާ ހު ރެ މައިންބަފައިންގެ ލާ ރިކޮޅުވެސް ގެއްލެނީ
    ޕޮލިހުންނަށް ފު ރިހަމަ ބާ ރާ އިހްތިޔާ ރު ނުދީފިނަމަ މިތަނީ ދެވަނަ ބް ރެޒިލަށްވާނެ މަގުމަތީ އަމާންކަމެއްނޯނާނެ.

    2
    3
  9. ކަމަނަ

    ޜައްޔިތުން ހެޔޮ ފުލުސްމީހހާ ކެޔަސް ކުއްވެރިނުވާނެ ފުލުހަކު އެއްޗެއް ބުނީމަ ބޮޑުތާ ޖެހުނީ މިހކަހަލަ ދޯހަޅި ގާނޫނު ހަދައިގެން މުޅިގައުމު ފަސާދަ ކުރީ

    2
    2
  10. އަލިފުތު

    ކޮބާހޭ ބޮޑު މުސާރަ ދީފައި ތިބޭ ހިއުމަން ރައިޓްސް ކޮމިޝަނުގެމެންބަރުން! ޒިންމާ އަދާނުކުރެވެންޏާ ވަކިކުރޭ!

    2
    2