ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް އެޓާނީ ޖެނެރަލް އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ދެ ބިލާއި ގުޅޭގޮތުން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވީ، ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ރަސްމީގެ ހަމަޖައްސައި، ހިމާޔަތާއި ރައްކާތެރިކަން އިތުރުކުރަން ކަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ދެ ބިލެއް، މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި ދެ ބިލް މަޖިލީހަށް ފޮނުވުމަށް ރައީސް އޮފީހަށް ފޮނުވާފައި ވަނީ މި މަހުގެ 6 ވަނަ ދުވަހު، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

ނަޝީދަށް ހަމަލާދީފައިވަނީ، އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ބޮމެއް ގޮއްވާލައިގެންނެވެ.

މި ހަމަލާއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ދެމުން ގެންދާ ހިމަޔާތާއި ރައްކާތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި، އެ ދެ ބޭފުޅުންނަށް ހާއްސަ ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް އިރުޝާދު ދެއްވާފައެވެ.

ރައީސް ސޯލިހް އެންގެވީ މިހާރު އޮތް ގާނޫނުގެ ތެރެއިން އެކަން ކުރެވެން ނެތް ނަމަ، އާ ގާނޫނެއް އެކުލަވައިލައިގެންވިޔަސް އެ މަސައްކަތް ކުރިއަށް ގެންދެވުމަށެވެ.

ރައީސް ނަޝީދަށް ހަމަލާދިން މައްސަލާގައި ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ. ފުލުހުން ވިދާޅުވާ ގޮތުގައި މައްސަލައާ ގުޅުން ހުރި ހަތަރު މީހަކު ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވެއެވެ. އޭގެ ތެރެއިން ހަތަރުވަނަ މީހަކީ ކާކު ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އޭނާ އަދި ހައްޔަރު ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

  1. ލަބަރި

    ކޮބާ ކެތެއްނުވިދޯ ކަލޭމެން މިހުރިހާ ކަމެއް ހިންގިއިރު އޯކޭދޯ އެކަމު މިހާރުތިތެޅެނީ ކެއްނުވެގެން އަދިވެސް އަނގައވާތި

    67
    • ހަނު

      ކެތެއްނުވާނެތާ... ޑެންމާކުގަ ދެއްކި ވާހަކައިން އުފެދި ބޮޑުވީ ނަފުރަތު.. ނަބިއްޔާ އަށް ހަޖޫޖަހާ ދެއްކި ވާހަކައިން އުފެދި އިތުރުވީވެސް ނަފުރަތު. ﷲ ގެ ހުކުމްފުޅުތަކަށް ދެކޮޅުހަދާ އިލާހީ ގާނޫނާ ހިލާފަށް ގާނޫން އަސާސީ އިސްލާހުކުރުމަށް ގޮވުމުންވެސް އިތުރުވީ ހަމަ ނަފުރަތު. ދީނީ ޢިލްމުނެތި ދީނާ ގުޅުންހުރި ވާހަކަ ދައްކާ ކޮންމެ ފަހަރަކު ސޯސަލް މީޑިއާގައި ކެކި އަރައިގަންނަނީ ނަފުރަތު. އިސްލާމްދީން މަނާކުރާ ކަންކަން ހުއްދަކޮށް، އިސްލާމްދީނުގައި ހުއްދަ ކަންކަން މަނާކޮށް ފިތުނަ އުފައްދާ ވަރަކަށް ފިތުނަޔާ ނަފުރަތު ދާނީވެސް ބޮޑުވަމުން. ތިޔަ ހަދާ ގާނޫނެއްގެ މަންފާއެއް އެކަކަށްވެސް ނުކުރާނެ. ތީގަވެސް އޮތީ ފިތުނަ. ގައުމެއްވާނެތް.

  2. މަބޭ

    ރައްޔިތުންބިކަވެ ގައުމުމިހާލަތުގައޮތްއިރުވެސް އެއްބަޔަކުމިއުޅެނީ އަމިއްލަ އަންބޮންޑި ބޮޑުނުކުރެވިގެން

    61
  3. ޑިމޮކޮރޮސޮޮރު

    ކިކިކި.ނަފްރަތް

    33
  4. މަސީހު

    2012 އިންފެށިގެން ރާއްޖެޓީވީއިން ކުރަމުންދިޔައީ ނަފްރަތްއުފެއްދުމުގެ މަސައްކަތް އަދިވެސް ބަދަލެއްނާދޭ

    68
  5. ކޮރަލް

    ކިތަންމެ ރުޅި އަޔަސް ދީނުގަ އޮތް ކަމެއް އޮތްގޮތައް ބުނެވޭނެ އެވެ. ހިތް ހަމަ ނުޖެހޭ ނަމަ ދާން ވީ އެވެ.

    60
    1
    • ބަލިކޮރަލް

      ދީނުގަ އޮތްކަމެއް އޮތްގޮތަށް ނުބުނެވޭނެޔޭ ކާކުތޯ ބުނީ.... ފެންނުވަރާ ގައިންތާ ހިރުނުވެ ހުރެ ހިތަށްއެރި ހާ ވާ ހަކައެއް ދައްކާކަށް ދީނުގަނޯވޭ.

      4
      31
      • Anonymous

        ފެން ނުވަރާ ގަިން ތާހިރު ނުވެ އުޅެނީ ލާދީނީ ބައިގަނޑު

        21
  6. ބޭޗާރާ

    ވަރަށް ފައްކާ ބިލެއް. ތި ބިލް އަވަހަށް ފާސްކުރޭ. ތިޔަ ބިލުން ފުރަތަ އަދަބު ލިބިގަންނާނެ ބަޔަކަށްވާނީ ތިޔަ ބިލް ފާސްކުރާ މީހުން ކަމާމެދު އެއްވެސް ޝައްކެއް ނެތް. މިރާއްޖޭގައި ތިބި މީހުންގެ އަބުރަށް އަރައިގަންނަ، މީސްތަކުންގެމެދުގައި ނަފުރަތު އުފައްދާނެ އެންމެ ގިނަ ވާހަކަދައްކާ ޑިސްކްރިމިނޭޓް ކުރާ ވާހަކަދައްކަނީވެސް ހަމަ ތިޔަ މީހުން.

    54
  7. ޕާޕަ ޕާޕާ

    ރޔ ވެރިކަމުގައި ތިހުރިހާ ބިލްތަކެއް ހެދި. ޢެއެއްޗެހި އުވާލީ ކޮންބައެއް ؟

    45
  8. ޙު

    38!!!!!!!!

  9. އަބްދޫ

    ނަފްރަތު ޢުފެދޭގޮތަށް ކަންކަން ކުރުމަކީ ؟ ތިޔައީ ގާނޫނުއަސާސީގަ ބުނާ ހިޔާލްފާލުކުރުމުގެ މިނިވަންކަމާ ފުށޫ ނާރާ
    ކަމަށް ޥާނެބާ. ﷲ ހެއްދެވި ހުރި ހާ އިންސާނުން ހިތްހަމަޖެހ ހޭ ގޮތަށް އެކަކަށް ވެސް ކަމެއް ނުކުރެވޭނެ.ކޮންމެ ކަމެއްގާވެސް ނަފްރަތު އުފެދޭ ބަޔަކުތިބޭނެ.ސަރީއަތަކީ އަދުލު ގާއިމް ކުރުން ނިންމާތަން ނިންމޭނީ ދެހ ހަސްމުން ކުރެ އެކަކަށް އަނެކަކު ނަފްރަތުކުރާނެ.ޢެއީ ކުއްވެރިވާން ޖެހ ހޭ ކަމެއްބާ؟ވީމާ ތިޔައީ އިސްލާމީ ގިއުގަނޑާއި ޑިމޮކްރަސީ އާ ޢެއްގޮތް ކަމަކަށްވެދާނެބާ

    22
  10. Anonymous

    ވެރިންކުރާ ކުށްތައްތަކާއި ރައްޔިތުންގެ ޙައްޤުތަކުގެ ވާހަކަ ދެއްކުން ހުެްޓުވުމަށާއި
    އިސްލާމް ދީނުގެ ޙައްޤުޤައި ވާހަކަ ދެއްކުމާއި މިވެރިން ދީނާއި ދެކޮޅަށް ދައްކާ ވާހަކަތަކަށް ރައްދުދޭތީ އެކަން ހުއްޓުވަން ޖަހާ ސަކަރާތެއް. ﷲގެ ޙުކުމްތަކާއި ދެކޮޅަށް ވާހަކަ ދައްކާނަމަ އަދި ރަސޫލާ ޞ. ފުރައްސާރަކުރާނަމަ އުލު ބޭންދިޔަސް އެކަން ކުރާ ބަޔަކާއި ދެކޮޅަށް ވާހަކަ ދައްކާނަން.

    30
  11. އަބްދޫ

    ؟ ހިޔާލްފާލުކުރުމުގެ މިނިވަންކަމާ ؟
    އެންމެނއ ހިތްހަމަޖެހ ހޭ ގޮތަށް އެކަކަށް ވެސް ކަމެއް ނުކުރެވޭނެ.ކޮންމެ ކަމެއްގާވެސް ނަފްރަތު އުފެދޭ ބަޔަކުތިބޭނެ.ސަރީއަތަކީ އަދުލު ގާއިމް ކުރުން ނިންމާތަން ނިންމޭނީ ދެހ ހަސްމުން ކުރެ އެކަކަށް އަނެކަކު ނަފްރަތުކުރާނެ.ޢެއީ ކުއްވެރިވާން ޖެހ ހޭ ކަމެއްބާ؟ވީމާ ތިޔައީ އިސްލާމީ ގިއުގަނޑާއި ޑިމޮކްރަސީ އާ ޢެއްގޮތް ކަމަކަށްވެދާނެބާ

    16
  12. އަބްދޫ

    ކަންކުރާމީ ހާ ކުރިގޮތުން ރައްޔިތުން ނަފްރަތު އުފެދުމަކީ ކުށެއްތަ؟ ހިޔާލްފާލުކުރުމުގެ މިނިވަންކަން ނީގުޅަނީތަ ؟
    އެންމެން ހިތްހަމަޖެހ ހޭ ގޮތަށް އެކަކަށް ވެސް ކަމެއް ނުކުރެވޭނެ.ކޮންމެ ކަމެއްގާވެސް ނަފްރަތު އުފެދޭ ބަޔަކުތިބޭނެ.ސަރީއަތަކީ އަދުލު ގާއިމް ކުރުން ނިންމާތަން ނިންމޭނީ ދެހ ހަސްމުން ކުރެ އެކަކަށް އަނެކަކު ނަފްރަތުކުރާނެ.

    17
  13. ނަފްރަތު

    ބޭފުޅާ އިސްލާމީ ޝަރީއަތުގަ ނަފްރަތު އުފެއްދުމަކީ ކުށެއް.

    15
  14. ސަކީލް

    ރަނގަޅު. ދީނޭ ކިޔައިން ނަފްރަތު އުފައްދާމީ ހުން މުޖުތަމައުން ބާކީކޮށް ޖަލަށްލާން ޖެ ހޭ

    3
    17
    • Anonymous

      ލާދީނީ މީހުނައް ހަޖަމެއް ނުވާނެ.

  15. ލައި

    އަބުރުގެ ޤާނޫނު ކޮބާ؟

    15
  16. ކޮވިޑް

    އުބައް ޖެއްސެވީތޯ ؟ ނޫނީ ކަންފަތަށް ލޮލަށް ކެތްނުވީތޯ؟ ނޫނީ އަދި ޑިމޮކްރަސީ އެނަގިވަޑައިގަތީތޯ؟ ދެން ވެސް ކަމެއް ކުރަންޏާ ރައީސް ޔާމީން މިނިވަންކޮށްބަލަ. ކެރޭނެތޯ؟

    19
  17. Anonymous

    ބައިތުލް މާލުން ވައްކަން ކޮށްގެން އެވާހަކަ ދެއްކުމަކީ ކުށެއްތޯ ބަލަ ބައިތުލް މާލަކީ އެންމެން ޖަމާކުރާ މުދާ ވަކިބަޔަކު ކައި ހުސްކުރީމާ ބަހެއް ނުބުނެ ތިބެންވީތޯ؟

    22
  18. ޖުހާ

    ފުރަތަމވެސް ކަލޭމެން ތި ކުށުގެ އަދަބު ފުރިހަމަ ކުރޭ .. ތީ މިގައުމުގެ ރިވެތި އުސޫލު ތައް ހަލާކޮށްލި ބަލާވެރިން

    11
  19. އަނބުޅަ

    ނަފުރަތު އުފެއްދުމުގެ ބިލަކީ ވަރަށް ހަރުދަނާ ރަނގަޅުބިލަކަށް ވާނޭކަމަށް އުންމީދުކުރަން ! އަދި ތިބިލުގައި މާތްވެގެންވާ އިސްލާމަދީނަށާ މުޙައްމަދު ޞލﷲ އަލައެހި ވސލ އަށް ހަޖޫޖަހާ ފުރައްސާރަކޮށް ، އިސްލާމް ދީނާމެދު ނަފުރަތު އުފެއްދުމަކީވެސް ބޮޑުވެގެންވާ ކުށެށްކަމަށް ކަނޑައެޅުމަށްވެސް ދަންނަވަން .

    10
    1
  20. ޢިއްތިހާދު

    ބާކީއޮތި 2 އަހަރު ކަލޭމެންގެ ދައުރު ނިމުނީމަ ތިފާސްކުރާ ލޮލީޕޮޮޮޕްތައް ނުބޮވިގެން އުޅޭތަން ފެއްނާނެ ނުނީދިރުވާނުލެވިގެން ފަންޑް ފޮޝިތަކުގެ އެހީގަމަގުމަތީއުޅޭތަން އޭރުންގޮވާނެ ރީނދޫނުލާހުރި ލޯޖެހިވާދޭ.

    10
  21. Anonymous

    ކަލޭމެން އިސްލާމްދީނާއި މެދު ނަފްރަތު އުފެއްދުން ހުއްޓާލާ. އޭރުން ހުރިހާ ކަމެއް ހަމަޖެހޭނެ.

    10
    1
  22. Anonymous

    މީހުން ނަފުރަތުވާކަހަލަ ބިލް ހަދާފަ ޤާނޫނު ހަދާ މަޖިލިހަށް ފުނުވުމާއި އެފަދަ ޤާނޫނު ފާސްކުރުމަކީ ވެސް ކުށެއްކަމަށް ކަންޑައަޅާބަލަ !

  23. ފަރުދީޒިއްމާ

    ނަފުރަތު އުފެއްދުމަކީ ކުށެއްކަމަށް ހެދުމަށްފަހު އެންމެ ފުރަތަމަ ދައުވާކޮށް ކުޑަގޮޅިއަށް ލާންޖެހޭނީ ކަލެއާއި ހިސާހުސޭނާ ވަގު އިމިރާނާއި ކިބުލާ އެވެ. ރައީސް ޔާމީނާއި މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދުމަށްޓަކައި ހަގީގަތާއި ހިލާފު ހިޔާލީ ވާހަކަ ދައްކާފައިވަނީ ކަލޭމެނެވެ. މިއީ ހުވާ ލަދެއް ހަޔާތެއް ގޮތެއް ފޮތެއްވެސް ނެތް ބައެއްހެން ހީވަނީ މިވެރިންގެ މިކުރާ ކަންތަކުންނެވެ.

  24. ރެފްރީ

    މިއޮތް ހުރި ހާދުވަ ހު ރައީސް މައުމޫނާދިމާލަށް ނުގޮވާކަށްއެއްޗެއްނެތް. ނުއުފައްދާފިތުނައެއްނެތް. އަނގައައިރު ކި ހާތާ ހިރު. ކިތަންމެގާނޫނެއް ހެދިޔަސްވެސް ދުލުގަނު ހިފެއްޓޭނެކަން ހަނދާންކުރާތި!!
    އަލިފު ހާ

  25. ބޭރުމީހާ

    މިރާއްޖޭގައި ނަފުރަތުގެ ޢަމަލު އެންމެގިނައިން ކުރާބަޔަކީ އެމްޑީޕީ މީހުންނެވެ. ރާއްޖެ ޓީވީއިން 24ގަޑި އިރުގައި އެކުރާކަމަކީ ރައްޔިތުންގެ މެދުގައި ނަފުރަތާއި ފިތުނަޔާއި ފަސާދަ އުފެއްދުމެވެ. ހަދަ ހަދައިގެން ނަހައްދަވާ ވާހަކަތައް އެކިމީހުންނަށް ނިސްބަތްކޮށް ދައްކައި މީހުންގެ ޢަބުރާއި ޢިއްޒަތް ނަގާލުމެބެ. ޓިޔަ ބިލަކީ ރިފްޢަތު ޤާނޫނަށް ކިތަންމެ މޮޅަކަސް، ޤާނޫނު ތަކުގެ އަސާސް ގައި ބުނެފައި އެވާ ދުލާއި ގަލަމުގެ މިނިވަންކަމާ ފުށުއަރާ ބިލެއްކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ތިޔަބިލުން ލަނޑު ލިބޭނީ ހަމަ އެމްޑީޕީ މީހުންނަށެވެ.

  26. ނަައީމް

    ކޮންމެ ފަހަރަކުވެސް ކަރުތާފެނައް އެރީމާ ތިކަހަލަގެ ބިލްތައް ހެދުންނޫނކަމެއްނުކުރޭ ކޮބާމަޖިލީހުގެ މަސައްކަތް އެއކަމެއްވެސް ނުކުރެވޭ ރައްޔިތުންނައް ހާމަކޮއްދީބަލަ ހަދަން ޖެހޭ ކިތައް ގާނޫގެ ދަށުން ގަވާއިދު މަޖިލީގުން ނުނިއްމާކަން

    10
  27. ލީނޯ

    ޑިމޮކްރަސީއަށް ދޭ ހަމަަލާއެއް! މިފަހަރު އެނގޭނެ ޑިމޮކްރަސީގެ ހިމާޔަތުގައި ތިބީ ކޮންބައެއްކަން!

    9
    1
  28. ދުންތަރި

    ކަލޯގަޔާ އެއްކަލަ މިނިވަންކަމާ ޙައްޤުތަކޭކިޔާފަ ވެރިކަމަށް ބޭނިގަތް ލާދީނީ ގުރޫޕަކަށް ކެތެއްނުކުރެވޭ އަދި ހަޖަމެއްވެސް ނުކުރެވޭ ކޮންމެ ކަމަކީވެސް ކުށެއްކަމަށް ކަނޑައަޅާ ބޮޑެތި ޖުރުމަނާ ރައްޔިތުން އަތުންނެގޭތޯ ހޭބޯނާރާ ތެޅިބާލަނީ ބޭނުމަކީ ރައްޔިތުން އަތުން ފޭރުން ދެން ޤާނޫނު ހަދާނެ މާގިނައިން ކެއުމަކީވެސް ކުށަކަށްހަދަން އަދި މާގިނައިން އާމްދަނީ ހޯދުމަކީވެސްކުށަކަށް ހަދާނެ މާގިނައިން މަގުމަތީ އުޅުންވެސް ކުށަކަށްހަދާނެ މިހެން ކުށްކުށަށްވެސްހަދާނެ މާގިނައިން ނޭވާލާއި މާގިނައިން ނިދައި މާގިނައިން ކިނބިހިއެޅުމަކީވެސްކުށަކަށްހަދައި މާގިނައި ބަލިވުމަކީވެސް ކުށަކަށްހަދައި ބޮޑެތި ޖުރުމަނާތައް ނެގޭތޯ ބަލާނެ މިއޮތީވާ ވެރިކަމެއް ބަލާވެރިކަމެއްމީ

  29. މުޙައްމަދު

    އެކަކު ބުނާ އެއްޗަކުން އަނެކާ ހިތްހަމަނުޖެހިއްޖެ ނަމަ އެއީ ނަފުރަތު އުފެއްދީ. އަވަހަށް ފުލުހަށް މައްސަލަ ހުށަހަޅަންވީ. ރުޅިއެރުވުން މަނާކުރާ ގާނޫނު. މީހަކު ބުނާ އެއްޗަކާ ދެކޮޅުހެދުން މަނާކުރާ ގާނޫނު. މީހުންގެ ކުރިކެނޑުން މަނާކުރާ ގާނޫނު. ނޫނެކޭ ބުނުން މަނާކުރާ ގާނޫނު. މީ ހައްތަހާވެސް ހަދަން ހުރި ގާނޫނުތައް.

  30. މުޙައްމަދު

    ލޯތްބަކީ ނަފުރަތުގެ އިދިކޮޅު. ނަފުރަތު އުފެއްދުން މަނާކުރާ ގާނޫނާއެކު ލޯބި ގަބޫލުކުރުން ލާޒިމުކުރާ ގާނޫނެއް އަންނަންޖެހޭނެ. އެހެން ނޫނީ ވާނުވާގައި އުޅެން ޖެހޭނީ.

    • ލޯބި

      ކަލޯ މަ ހީހީ ބަނޑަށް ތަދުވެއްޖެ. 😂😂 ވަރަށް މުހިއްމު ގާ ނޫނެއްދޯ މި އަންނަނީ.

  31. ޑިމޮކްރަސީ އައިފަހުން

    ތިކަން ފެށިގެން އުޅެނީ ޑިމޮކްރަސީ އައިފަހުން. ތިކަން އޭރު އެންމެ ބޮޑަށް ކުރަމުން އައީ މޑޕ ބޮޑެތި މީހުންނޭ ބުންޏަކަސް ދޮގަކަށް ނުވާނެ. މަޖްލިސް ތެރޭގައިވެސް ފެނިގެންދިޔައީ ނާތަޙްޒީބް ކަނތައް. މޭޒު މައްޗަށް އެރުމާއި ލަވްޑު ސްޕީކަރުން އަންހެނުން ހިމެނޭގޮތަށް އަޑުގޮއްވަމުން ދިޔައީ މާމޮޅުކަމެއްކަމުގައި ދެކިގެން. ޑިމޮކްރަސީގެތެރެއިން އެކަންތަކުގެ ވާހަކަދައްކާނެ
    ޑިމޮކްރަސީގެ ތެރެއިން މުޒާހަރާ ކުރުން ޢާންމު އެއްޗަކަށް ހަދައިފި. ކިރިޔާ ކަމެއްވާއިރަށް ބެނާރ ތަކެއް ހަދައިގެން މަގަށް ނިކުންނަންވީ. މިއީ 2004 ގެ ކުރިން ފެނިފައިވާ މަންޒަރެއް ނޫން. ތިހުރިހާ ކަމަކަށް އޮތް ޙައްލަަކީ قرآن އަދި ސުންނަތަށް ރުޖޫޢަވުން. ލީޑްކުރަންތިބި މީހުންގެފަރާތުން ދީނުގެ އަސަރުތައް ފެނުން. ބިދުޢަތަކާއި ޝިރްކުތަކުްން އެއްކިބާވުން އަދި އެކަންތައް މަނާކުރުން. ސުންނަތް ދިރުވުން. ސްކޫލްތަކުގެ ކަރިކިއުލަމްގެތެރެއިން ބޭކާރު ފިލާވަޅުތައް އުނިކޮށް ފައިދާހުރި ފިލާވަޅުތައް ކިޔަވައިދިނުން. ޢަރަބި ބަސް ކިޔަވައިދީ ކުރިއެރުވުން.

  32. ކޯރޭ

    މި އޭޖީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގަ އުފެއްދި ނަފްރަތު ކުޑތަ؟

  33. ފާތުމަ.

    ދެން އަބުރާބެހުމޯ؟އެއީކީ ނަފްރަތު އުފެއްދުމެއް ނޫންތޯ؟

  34. ދޮންތުއްތު

    ބަލަގަ ކިތައްމެ ރަނގަޅު ވާހަކައެއްދެއްކިއަސް ނަފުރަތުކުރާނެ ބައެއްތިބޭނެ ލޯންޗްގޮއްވާލި މައްސަލާގައި މަޖިލީހުން އެދުވަސްވަރު ވަކިބައެްގޮވި އެއްޗެހި އަޑުއަހާލަބަލަ ދެއްކީނަފުރަތުއުފެދޭ ވާހަކައެއްނޫންތަ

  35. ޖާބެ

    ޙުދުމުޙުތާ ރު ވެ ރިކަން އިންތިހާޔައް މިދަނީ، ނަފް ރަތު އުފެއްދުމަކީ އެމިހަކު ދައްކާވަހަކަޔަކައް އެކަމުގެ ނުބައި ކަމުގެ ވާހަކަ ހާމަކު ރަން ކަމައްވަންޏާ ތިޔައީ ފި ރުޢަޢުނުގެ ސިފަތައް އެކުލެވޭ ސިޔަސަތުތަކެއް

  36. ޏަޖަނ

    މީ އިންޑިޔާ، އިޒުރާއީލް އާއި މިބައިމީހުންގެ ޕާޓީގެ ވެރި ކަމުގައި ހިނގާ ޖަރީމާތަ ކަށް އެއްވެސް އެއްޗެއް ނުބުނެވޭގޮތް ހަދާލަނީ.

  37. ޅޮލް

    ތި ހުށަހެޅި ބަޔަކު ތީގެއިން ނައްޓާލާފަ ދާނެބާ

  38. ޖުލައި

    ސަރުކާރަށް ފާޑުކިޔާ އެންމެންގެ އަނގައިގަ ޓޭޕް އަޅަން ދޯ ތި އުޅެނީ. މިވަރު ބަޔެކޭ ފްރީޑަމް އޮފް ސްޕީޗޭ ކިޔައިގެން އަނގަ ތެޅީ

  39. ބަރުގޮނު

    ނަފްރަތު ގެ ބިލް ފާސް ވެއްޖެނަމަ "އަޅުގަޑަށް ފެންނަނީ ފުލުހުންނާ ތަޅާނެ ކުދިބަޔަކު ހޯދާށޭ " ބުނެފިނަމަ ކުށްވެރިވާނެބާ..؟؟ މިހާރު ވެރިކަމުގައި މިތިބީ ފުލުހުންނާ ތަޅާނެ ކުދިންކޮޅެއް ހޯދަން ގޮވި މީހުން. ތެދު ބުނަންޏާ ނަޝީދާ މާރިޔާ މިކަމަށް އެއްބަސްވާނެ.

  40. ކިނބޫ

    އަހަރުމެން އަނގަ ބައްދަން؟ ކެކެކެ ހަނދާން ނައްތާލާ!
    މާފަންނު ކޮންމެސް ދިމާއަކުން ގޮނޑިއަކަށް އަރުވާފަ އިންނަ ބޮޑު ބޮންޑެއްޔާ ނަމުން ކިޔައިއުޅޭ މީހަކު މިއަދުވެސް މަޖިލިސްތެރޭ ހީވަނީ "އިއްޒަތްތެރި ގެވެށި އަނިޔާ" އަތުން ޝަރުބަތު ހިއްޕަވައިގެން އިންނެވި މަސް ފަލަ ގެރިއެއްހެން.