މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާގެ ރިސޯޓުތަކުގައި 23 އަހަރުގެ މުއްދަތަކަށް ހިދުމަތް ކުރެއްވުމަށް ފަހު ގައިސަރު ނަސީމް ރިޓާޔާ ކުރައްވައިފިއެވެ.

ގައިސަރު ރިޓަޔާކުރެއްވިއިރު އޭނާ އަދާކުރައްވަމުން ގެންދެވީ ޕެރެޑައިސް އައިލެންޑްގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމެވެ. އޭނާ މަގާމުން ރިޓަޔާކުރައްވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

"ވަގުތު"އާ ވާހަކަ ދައްކަވަމުން ގައިސަރު ވިދާޅުވީ، މެނޭޖަރުކަމުން ވަކިވީ އާއިލާއާ އެކު ވަގުތު ހޭދަކުރުމުގެ އިތުރުން އަމިއްލަ މަސައްކަތަށް ވަގުތު ހުސްކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ނިންމުން ނިންމާފައިވަނީ ވިލާގެ ޗެއާމަން ގާސިމްއާ މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.

ގައިސަރު ސިފަކުރެއްވި ގޮތުގައި ވިލާގައި ހޭދަކުރެއްވި ދުވަސްތަކަކީ އުފާވެރި ދުވަސްތަކެކެވެ. ގާސިމް އޭނާއާ މެދު ބެހެއްޓެވި ގާތްކަމާއި ކުރެއްވި އިތުބާރަށް ގައިސަރު ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

"ވިލާއިން ވަރަށް ތަޖުރިބާ ލިބިއްޖެ. ވިލާގެ ޗެއާމަން ގާސިމްއާ ގާސިމްގެ ބޭފުޅުން އަޅުގަނޑާއި މެދު ބެހެއްޓެވި ގާތްކަމަށް އަބަދުވެސް ޝުކުރުވެރިވަން. އަޅުގަނޑާ ޒިންމާތައް ހަވާލުކުރެއްވީ ވަރަށް ބޮޑު އިތުބާރެއް ގާސިމްގެ ހިތުގައި، އަޅުގަނޑާ މެދު އޮވެގެން. ކުންފުނީގައި މިހާ ގިނަ ދުވަހު މަސައްކަތްކުރުމަށް ލިބުނު ހިތްވަރެއް އެއީ. ވިލާއަށް މަސައްކަތް ކޮށްދޭން ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލެއް" ގައިސަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ގައިސަރު ނިކުމެވަޑައިގެންނެވީ 1997 ވަނަ އަހަރު އަތުރުގާ ތުނޑުފުށި ރިސޯޓުގެ ރިސެޕްޝަނިސްޓެއްގެ މަގާމުންނެވެ. އަހަރެއްހާ ދުވަހު ތުނޑުފުށީގައި މަސައްކަތް ކުރެއްވުމަށް ފަހު ގައިސަރު، ވިލާގެ ކެރިއަރު ފެށީ 1998 ވަނަ އަހަރު ރޯޔަލް އައިލެންޑް ރިސޯޓުންނެވެ. އެޑްމިނިސްޓްރޭޓާއެއްގެ ވަޒީފާއިން ފެށި ގައިސަރު ވަނީ ރޯޔަލްގެ މެނޭޖަރުކަންވެސް އަދާކުރައްވާފައެވެ.

ރޯޔަލް ރިސޯޓުގައި ހެދުމުގައި އަމަލީކޮށް މަސައްކަތްކުރެއްވި ގައިސަރު ޕެރެޑައިސް އައިލެންޑް ރިސޯޓުގެ މެނޭޖަރުކަމާއި ހަވާލުވަޑައިގެންނެވީ 2010 ވަނަ އަހަރުއެވެ. މި ދިގު މުއްދަތުގެ ތެރޭގައި އޭނާ ވަނި ބައިނަލްއަގްވާމީ ޝަރަފުވެރި އެވޯޑްތަކެއް ހޯދައިދީ ވިލާ ކުންފުންޏަށް ރީތީ ނަން ހޯދައިދީފައެވެ.

2014 ވަނަ އަހަރު، ލަގްޒަރީ ހޮޓެލް އެވޯޑްސް އިން އިންޑިއަން އޯޝަން ބެސްޓް ޖެނެރަލް މެނޭޖާގެ އެވޯޑާއި، 2017 ވަނަ އަހަރުގެ ވޯލްޑް ލަގްޒަރީ ހޮޓެލް ބެސްޓް މެނޭޖާ ގްލޯބަލްގެ އެވޯޑުވެސް ގައިސަރަށް ވަނީ ލިބިވަޑައިގެންފައެވެ. ޓޫރިޒަމް މިނިސްޓްރީން 2019 ވަނަ އަހަރު ޝަރަފުވެރިކަމުގެ އެވޯޑެއްވެސް ވަނީ ގައިސަރަށް އަރުވާފައެވެ

ފަތުރުވެރިކަމުގެ ދާއިރާއިން ގައިސަރުވަނީ މާސްޓާސް ހައްދަވާފައެވެ. އޭނާ އަކި ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޮފުޅެވެ. ނައިބް ރައީސަކީވެސް ދިގު މުއްދަތަކަށް ވިލާ ކުންފުންޏަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މަނީމަނީ

    ޔަގީން މުސާރަނުދޭންވެގެން ރިޓަޔާކުރީ

    43
    1
  2. އެލެކްސް

    މީނާ ނުފޫޒު ގަދަކަމުން ބޭރުކުރީ. ކުއްލިޔަކަށް ދެން ހުރީ ސަންއައިލެންޑް ގެ މެނޭޖަރ، ރާއްޖޭގެ ރައިީސްއަށް ވުރެ އޭނާގެ މުސާރަބޮޑު. ސްޓަރފުންނަށް އެހ ހާ ނޮ ހޮރުއްޕާން .

    46
    3
  3. އަލިބެ

    ގާސިމް އާއި ޒުވާބު ކޮއްގެން ވަޒީފައިން ވަކިކުރި ހަބަރު އޮތީ

    43
    3
  4. ރާގޮޑިރާޖަ

    ޜިޓަޔަރ ކުޜީކީނޫން. ތެދެއްނު ހަދާތި އޮޅިގެންވެސް.

    40
    2
  5. ޢަލީ ޕެރެޑައިސް

    ޥަރަށް ބުރަކޮށް މަސައްކަތްކުރާ ހިންގުންތެރިއެއް. ފާގަތި ކުރިމަގަކަށް އެދެން !

    9
    36
  6. ބޯއީ

    މޮޅު މީހެކޯ މީނާ ދިޔަ ސަންއައިލެންޑއަށް ދުވަސް ކޮޅަކަށް ގޮއްސާ ފު ރަތަމަވެސް ހު ރިހާ ސްޓަ ރފުންގެ ތުބުޅި މަތިމަަސް ސޭވްކު ރަންއެންގީ މުދިންބެވެސް ޖެހުނު ސޭވްކު ރަން މިތިބުނާ މޮޅު މެނޭޖަ ރ . މީނާ ބޭ ރުކޮއްލީީ ސޭޓްގެ ދަ ރިންނާއި ޒުވާބު ކޮއްގެން،. މީހަގީގަތް

    18
    1
    • ބޯއިގެ ބަފާ

      ބްރޯ.ޓޫރިޒަމް ދާއިރާގަ އުޅޭނަމަ ތުނބުޅި ނުބެހެއްޓޭނެ.އެއީ އެކަން އޮންނަ ގޮތް.އެކަން އެގޮތަށް ކުރަން ބޭނުންނުވާމީހުން ވަޒީފާ އެހެން ދާއިރާއަކަށް ބަދަލުކުރީމަ ހުންނާނީ ރަނގަޅަށް.

    • ބުއްބުކާސް

      ކަލޭ ރަށުތެރެއިން އެހެން ކަމަކާ އުޅުންނަމަ ނުޖެހޭނެ ތުނބުޅި ބާލަން. ޓޫރިޒަމް ދާއިރާގަ އުޅެންޏާ ޝޭވް ކުރަން ޖެހޭނެ. އިންޓަރނޭޝަނަލް ލެވެލްގެ ޓޫރިޒަމްގަ ފޮލޯ ކުރާނީވެސް އިންޓަރނޭޝަނަލް ސްޓޭންޑާރޑްސް. މަބުނީ ގައިސަރު ބުނީ ތުނބުޅި ކޮންތަނަކަށް ސޭވް ކުރަންތަ؟ ޕެންޑްރައިވްއަކަށްތަ އަނެެއްކާ؟

  7. ތައްތި

    ގައިސަރުއަކީ އަހަރެންނާ މިހާތަނަށް ދިމާވި އެންމެ ބެސްޓް ދިވެހި މެނޭޖަރ.. ގަޓު ހުރި، ބުނަންޖެހޭ ތާނގަ ބުނަންޖެހޭ އެތި ބުނާ މީހެއް. މުވައްޒަފުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރި، ވިލާ ކަހަލަ ތަނެއްގައި ފަސޭހަ ކަމެއް ނޫން އެއީ. ޓޫރިޒަމް ދާއިރާގައި އަހަރެންނަށް ލިބުނު އެންމެ ގިނަ އަދި މުހިންމު ތަޖުރިބާތައް ހޯދާނޭ ފުރުސަތުތައް ދިން، އިތުބާރު ކުރި ލީޑަރެއް. ޓޫރިޒަމް ދާއިރާގައި އަހަރެން މީހަކަށް ހެދީ ގައިސަރުއޭ ބުންޏަސް ނުވާނެ ދޮގަކަށް. އަހަރެން އެދެނީ ގައިސަރު ދެންވެސް ކުރިމަތިލާ ކަމެއްގައި ކާމިޔާބީއާއި ފާގަތި ދުވަސްތަކަކަށް. ޝުކުރިއްޔާ ވަރަށް ބޮޑަށް.

    5
    18
    • ޙިަ

      ޙުސް ކޮރަޕްޝަން. ރަށު މީހުންނަށް ހުރިހާ މަގާމެއް

      2
      1
  8. ގާސިމް

    މީ ހަމަ 100 ގެ ވެރިއެެއް. ހީއިޒް ދަ ބެސްޓް

    5
    16
    • ޢަހޮމަދު

      ޢަމިއްލަ ބޮނޑި ބޮޑުކުރަން ހަދައިގެން އަތަށްގޮވީ.

      2
      1
  9. އިތުރު މިތުރު

    ރަނގަޅު ނިންމުމެއް

    4
    11
  10. ދުރުފެންނަ

    ސިޔާސީ މަގާމަކާއި ދިމާލަށް މިސްރާބު ޖެ ހީ ކަމަށްވުން ވަރަށް ގާތް..

  11. ްާްާގާސިމް

    އޭނާ ވަޒީފާއިން ވަކިކުރީ މަށާ ޒުވާބު ކުރާތީވެ، ބޭރު ކޮށްލީ،

  12. ހިޔަލަ

    އޭނަ ބޭނުމެއް ނުވާނެ ދުވަހަކުވެސް ރިޓަޔަރ ކުރާކަށް، ހީވާކަހަލަ ޕެރެޑައިސް އަކީ އޭނަގެ ތަނެކޭ.

    2
    1
  13. ރިޓަޔާ

    ރިޓަޔާކުރީއޭ؟؟ ބޭރުކޮއްލީހަމަ. މީނަހީކުރީ އަބަދު ކިންގަކައްހެދިގެން އުޅެވެޭނެކަމައް މުޅިއާއިލާ ގެނެސް ވަޒީފާދީ ނާޖާއިޒް ފައިދާ ނަގާ އެހެންމީހަކައްބެލުމެއްނެތި އަމިއްލައެދުމުންފޯވެފަ ހުރިމީހެއް. ހަގީގަތް އެގޭތީ މިބުނީ

    • ޖެރީ

      ޢާން ތީ ހަމަ ތިކަން އޮތް ގޮތް