ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެ އެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައި ވަނީ ދިވެހި އަންހެެނެކެވެ. އެ މިހާގެ އުމުރަކީ 70 އަހަރެވެ.
އެއީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އަންހެނެކެވެ. އެ މީހާ ނިޔާވެފައި ވަނީ މިއަދު ހަވީރު 6:00ގައި ކަަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.
މިއީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި 101 ވަނަ މީހާ އެވެ.
މިއީ ރޭ 12 ގެ ފަހުން ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި ތިން ވަނަ މީހާއެވެ.
ރޭ 12ގެ ފަހުން ފުރަތަމަ ނިޔާވެފައި ވަނީ، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ފިރިހެނެކެވެ. އޭގެ ފަހުން ރޭ ފަތިހު ނިޔާވެފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއީ ފާއިތުވެދިޔަ ހަތަރު ދުވަސްތެރޭ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 15 ވަނަ މީހާއެވެ.
ރާއްޖޭގައި ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް އިތުރުވެފައިވާއިރު، އެ ބައްޔަަށް ފައްސިވާ އަދަދުތައްވެސް ރެކޯޑް މިންވަރަކަށް ދަނީ އިތުރުވަމުންނެވެ.
ކަލޭނޭ ހުލުމާލެ ފެސިލިޓީ ޗެކްކުރަންވެއްޖެ އެއްނު އެތަނުން ފަރުވާ ހޯދަނީ ނިކަމެތިން ބޮޑުން ދަރުމަވަންތާގަ ބަލަ ދަރުމަވަންތަހެދީ ބޮޑުންނަށްއެކަނިނޫނޭ އަހަރުމެންގެ ލާރިއޭ އެވެސް ރައީސްމީހާ އަދި ނަިމޫނާ މިކަމާ ޖަވާބެއްދީބަލަ ފެސިލިޓީ މީހުން މަރަށް ގެންދާތަނެއްތަ ވެންޓިލޭޓަރުގަނޑެއްވެސް އެތާ ނުހުއްނަނީތަ