ލ.މާމެންދޫގެ މާބަނޑު އަންހެނެއްގެ ހާލު ސީރިއަސް ވެގެން އެއަތޮޅު ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުން ލަސްވެ، އެންމެ ފަހުން އޭނާގެ ބަނޑަށް ދަރިފުޅު ނިޔާވި ހާދިސާއެއް މިއަދު ހިނގާފައި ވާއިރު އޭނާގެ އެހީތެރިން ކަރަންޓީންވާނެ ތަނެއް ހަމަޖައްސައިނުދީ، އަދި އެމީހުންނަށް އެނބުރި ރަށަށް ދެވޭނެ ގޮތެއްވެސް ނެތި މަގުމަތިވެއްޖެއެވެ.

މާބަނޑު މީހާގެ އާއިލާ މެންބަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އަންހެން މީހާގެ ހާލު ސީރިއަސް ވެގެން އިތުރު ފަރުވާއަށް ގަމަށް ގެންދެވުނީ، ހައެއްކަ ގަޑިއިރުގެ މަސައްކަތުން މިއަދު ހެނދުނު ކަމަށެވެ. ގަމަށް ގެންދެވުނުއިރު މާބަނޑު މީހާގެ ބަނޑަށް ދަރިފުޅު ވަނީ ނިޔާވެފައެވެ. މާބަނޑު މީހާ ކޮވިޑަށް ޓެސްޓް ކުރިއިރު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިހާރު އޮޕަރޭޝަންކޮށް ދަރިފުޅު ވަނީ ނަގާފައެވެ.

މާބަނޑު މީހާ ކޮވިޑަށް ފައްސިވުމުން ގަން ރީޖަނަލް ހޮސްޕިޓަލްގައި އޭނާ އެޑްމިޓް ކުރުމަށް ފަހު، އޭނާގެ އެހީތެރިން ކަރަންޓީން ވާނެތަނެއް ނުލިބި، ވަންނާނެތަނެއް ނެތިފައި ތިބިކަމަށް އާއިލާ އިން ބުނެއެވެ.

"އޭނާ ގޮވައިގެން ގަމަށް މިދިޔައީ އުމުރުން ދުވަސްވެފައި ހުރި ބައްޕަ އާއި އަންހެން ކުއްޖެއް. ކޮއްކޮ ޕޮޒިޓިވް ވުމުން ދެން އޭނާގެ ދެއެހީތެރިން މިވީ ޑައިރެކްޓް ކޮންޓެކްޓުންނަށް. އެހެންވެ ކަރަންޓީން ވާން އެންގީ. އެކަމަކު ގަމުން ނުލިބުނު ކަރަންޓީން ވާނެ ތަނެއް. ހޮސްޕިޓަލުން ހަމަޖައްސައެއް ނުދިން ކަރަންޓީން ވާނެތަކެއް. ދެން އެމީހުން މާމެންދުއަށް އަންނަން ކައްދޫ ބަނދަރަށް ދެވުނުއިރު މާމެންދޫ މިއޮތީ މޮނިޓަރިންއަށް ލާފައި. މާމެންދޫއަށް އެމީހުން އައުމުގެ ހުއްދައެއް ނުދިން އެޗްޕީއޭ އިންނެއް." އޭނާ ބުންޏެވެ.

އޭނާ ބުނީ ބަލި މީހާގެ ދެއެހީތެރިން މިއަދު 15:00 އިން ފެށިގެން ތިބީ އަދިވެސް ކައްދޫ ބަނދަރުމަތީގައި ކަމަށެވެ. އެމީހުން މާމެންދުއަށް އައުމުގެ ހުއްދަ ދޭނީ ކައުންސިލުން ކަމަށް މިހާރު އެޗްޕީއޭ އިން ބުނާ ކަމަށާއި، ނަމަވެސް ކައުންސިލުން ބުނާ ގޮތުގައި ހުއްދަ ދޭނީ އެޗްޕީއޭ އިން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮތް ބަލި މީހާ ވެސް ކާނެއެއްޗެއް ވެސް ހެނދުނު އާއިލާ އިން ހޮސްޕިޓަލާއި ހަވާލު ކުރުމުން ބަލިމީހާ އާއި ހަމައަށް ކާއެއްޗެހި ލިބޭވަރުވީ މެންދުރު 12:30 ހާއިރު ކަމަށެވެ. އޭރު ކާއެއްޗެއްސަށް ހިނި އަރާފައި ހުރުމުން އަނެއްކާ އާއިލާ އިން ފޮނުވި ކާތަކެތި ބަލިމީހާ އަށް ލިބުނީ މެންދުރު ފަހު 14:30 ހާއިރު ކަމަށް އާއިލާ އިން ބުނެއެވެ.

މިކަމާއި ގުޅިގެން އަދި ގަމު ރީޖަނަލް ހޮސްޕިޓަލްގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ސަފަރު ކައްދަގެ ތިއްތިބެ

    ހިތާމައިގެ ކޮޅެއްނެތް! ތިޔަފަދަ އިމަރޖެންސީ ތަކަށް ޚާއްސަ ފޯންނަމްބަރެއް ( ފޯނު ވަގުތުން ނަގާ) މިސާލަކަށް ޕޮލިސް ގޮތަށް، މިދުވަސް ކޮޅު ހުރުން ވަރަށް މުހިއްމު! ތިޔަ ދައްކަނީ އާދައިގެ ވާހަކައެއްނޫން ތިމާ އަށް ވެސް މިފަދަ ހާލެއްމެދުވެރިވެ އެފަދަ ހާލެއްގައި އުޅެންޖެހުމުން ނޫނީ މިކަމެއް އިހުސާސެއް ނުވާނެ! ބަލި ފެތުރޭ މިންވަރަށް ބަލާފަ މިއީ ވ.ގިނައިން ދިމާވެދާނެ ފަދަ ހާލަތެއް. ވީމާ ކަމާބެހޭ ހެޔޮވިސްނުން ގެންގުޅުއްވާ ފަރާތް ތަކުން މިކަމަށް ފުންކޮށް ވިސްނެވުން އެދެން!

    184
    2
    • ލުޓޭރުންގެ ސަރުކާރު

      ކޮވިޑަށް 2އަ ހަރުވަނީ..ސަރުކާރަށް ތަޖުރިބާތަކެ ލިބި ކަންކަތައް ހަމަޖައްސަން އެގޭނެ ހާ ދުވަސްވެއްޖެ... ކޮވިޑްގެ ފުރަތަމަކޮޅު މިފަދަ އެތަކެ ހާދިސާގަ މަރުވެއްޖެ އެތަކެ ތުއްތުކުދިން .މާބަނޑު އަން ހެނުނެ ތަކުލީފުގަ އުޅެފި..މި ހާރު މިކަންތައްތަ ހައްލުނުކުރެވުމުން އިސްތިއުފާދޭން ސަރުކާރަށް ނުޖެ ހޭތަ..މައިމޫނާގެ އިސްތިއުފާއަށް ގޮވުމުގެ ބޭނުމެނެތް...އިލްތިޒާމު އުފުލަން ހުވާކުރިމީ ހާ ރައީސްއޮފީ ހުން ބޭރުކުރަންވެއްޖެ...ކޮވިޑްގެ މިނުރައްކާގަ ވާނުވާ އޮޅުވާލާ ރައްޔިތުންގެ ވިސްނުމުގަ ދެވަނަކަމެނެތްފަދައިން ރނަޝީދުއަށް ހަމަލާއެއްދިންވާ ހަކަ މުޅިގައުމު ހުއްޓިފަމިއޮތީ..މިއީ ސަރުކާރުގެ ޑްރާމާ....

      95
      3
    • އަސްލު

      އަސްލު ވެސް ހާދަ ދެރަ އޭ. ކޮންމެ ރެއަކު ގަމު ކައުންސިލުން ބާއްވާ ލައިވް ގަ މިވާހަކަ ދައްކާނެބާ... ކަރަންޓީނުވާން ޖެހިއްޖެ ހާލަތުގަ އަމިއްލަ ައަށް ޕޭކުރަންވިޔަސް ބޯހިޔާވަހިކަން ދޭންޖެހޭނެ ކައުންސިލުގެ ފަރާތުން ވިޔަސް. އަމިއްލަ ރަށެއް ނޫންވިއްޔަ

      87
  2. ހަސަން

    މައިމޫނާ އިސްތިއުފާ ދޭންވީ. ކީކުރަ މީހެއްތަ މައިމޫނާއަކީ. އެޗްޕީއޭއާ މައިމޫނާ އޮތީ ފެއިލް ވެފަ. ރާއްޖެތެރޭ މީހުންނައް ހަދަނީ ހަދާނަމޭ ހީވާގޮތެއް.

    139
    6
    • Anonymous

      3 ލައްކަ ރުފިޔާގެ މުސާރައާއި، ކެއުމާއި ބުއިމާއި، ހެދުމާއި، ނިދާނެ ތަނާއި އަރާނެ ފައިވާނާ އޭނާގެ އަނބިދަރިންނާއި ވަންހަކޮޅަށްވެސް މިހުރިހާ ކަމެއް ފުރިހަމަ ކޮށްދީފަ އަދި މުޅި އާއިލާއާއި ނިއްއެއްލާ މީހުނަށް ދަންދެން ވަޒީފާ ދީފަ ލައްކައިން މުސާރަ ނަގާ ގެއަށް 3 ބިލިއަން 4 ބިލިއަން ވައްދަން ހަވާލުވެ ހުރި މިގައުމުގެ ވެރިމީހާ ކަންކަމާމެދު ވިސްނާ ފިޔަވަޅުއަޅާނެ ދުވަހެއް އަންނާނެބާ؟؟

      24
  3. ރަދީފް

    މިއީ ގައުމެއްތަ؟ ހިތަށް އަސަރުކުރާވަރުން އާޓިކަލް ކިޔަންވެސް އުނދަގޫވޭ.

    104
  4. ކޮރަލް

    ކޮންމެ ކަމެއް ހައްލު ކުރަން މިޖެހެނީ ސޯސަލް މީޑިޔާގަ ޖަހައިގެން ނެވެ.

    104
  5. ޢެޗްޕީ

    ޢެޗްޕީންނާއި ސަރުކާރުން މިޙާރުގެ އުސޫލަކީ ރައްޔަތުންގެ ރިހހޙޭފާމައްޗައް ފޯއިވެއްޓުން...
    ...
    ދަތި އުދަގުލުގަ ތިބާ ލުއިފަސޭހަކޮއްދިނުމުގެ ބަދަލުގާ އަދި އިތުރައް އުދަގޫކޮއް ތާކުން ތާކު ނުޖެޙޭ ޖެއްސުން ކުރުން....
    ..
    ޢަމިއްލަ ރަސައް ނޭރުވުމުގެ ހޙުއްދަ ހޙިފޭޓުން އެޗްޕީއައް ލިބުނީ ކޮންގާނޫނަކުން... އެޗްޕީ ގެ އަމިއްލް ރަތަ އެއެކީ

    70
    1
  6. އެމަންޖެ

    އެޗުޕީއޭ އުވާލަން ލަސްވެސް ވެއްޖެ ، މިވެރިކަންވެސް ވައްޓާލަން ވެފަ މިއޮތީ.

    79
    3
  7. ޙަސަނާ

    މިއަދުގެ ހާލަތަކީ ނަފުސީ ނަފުސީ އޭ ދިވެހިސަރުކާރުން ވެސް ރައްޔިތުންގެމަޖިލިހުން ވެސް ރައްޔިތުންނައްދިމާވެފާވާ ބިރުވެރިކަމާގެން އަޅާލާތަނެއްނުފެނޭ މިއަދުހަތަރުދަމު މަޖިލިސް ކުރާއިރުވެސްް މެމްބަރެއްގެ ދުލުންވެސް ބުނެލާ އަޑެއްނީވެ ރައްޔިތުންބިރުންފިއްކެޑެމުންމިދަނީ މިބަލީގެ ކުރީކޮޅުގަވެސް މަޖިލިހުންމިކަމައްޖޯކުޖެހި ބަލާލި ކޮންމެދިމާލަކުން ދިވެހިރައްޔިތުން ކޮވިޑުކަންކަމުގާ ގަނަތެޅޭ މަންޒަރު މިފެންނަނީ ހާއްސަކޮއްރައްފުށުމީހުން މިހާރު މިތާގަ ފެތުރެމުންމިދަނީ އިންޑިއާގެ ވޭރިއަންޓޭބުނަންވެސް ސަރުކާރުންބޭނުމެއްނޫން ކުރާނެ ކަމެއްނެތް މިއަދު މުހިންމީ މޭ6 ގެ ކަންތައްއެކަނި...

    59
    1
  8. ވަތުބަތާނަ

    މީގެ ކުރިން ޕަބްލިކް ހެލްތު ޔުނިޓްގެ ގޮތުގައި ހެލްތު މިނިސްޓްރީގައި އޮތް ޔުނިޓެއް ގާނޫނަކުން އެޗްޕީއޭ ކިޔައި ނަންބަދަލްވުމަކުން ވަކިތަފާތެއް ނާންނާނެ. ކޮވިޑް އާއިއކު ތިޔައީ އޮންނަ ތަނެއްކަން އަދި ކިރިޔާ ރައްޔިތުންނަށް މިއެނގުނީ. ޕްރޮގްރާމް އޮފިސަރުން ހެސް ކިޔާފަ. ބޮޑު މުސާރައިގަ ޑެސްކު ޖޮބް އަދާ ކުރނިއްޔޯ. މަސްރިޕޯޓް ފޮނުވާހެން ދުވާލަކު އެއްފަހަރު ރިޕޯޓް ފޮނުވާއިރިވެސް އެދިރާސާ ކުރާމީހަކު ނޫޅޭ. ކަމެއްވީމާ ތެޅިފޮޅިގަންންނާނީ. އާއްމުކޮށް ކުރެވޭ ކަމަކީ އަހއރު ނިމެން ކައިރިވީމާ ޑަބްލިއު އެޗް އޯ އިން ފަންޑް ހޯދައިގެން ދެތިން ވޯކްޝޮޕެއް ބާއްވާލާފަ ޢާއްމު ސިއަްޙަތު ރައްކާތެރި ކުރެވުނުކަމަށް ހެޑްލައިން ނިއުސް ހަދާލީމާ އެނިމިނީ. ހެލްތުމާސްޓަރ ޕްލޭންގައިވެސް ނެތް އެއްވެސް އަޕްޑޭޓް ސްޓެޓިސްޓިިކެއް ނުހުންނާނެ. އެކަމަކު އަބަދު ޕޮލިސީ ޔުނިޓަކުން ޕޮލިސީހިދަހދާ ތިބޭނެ. މީދެރަވަރު ކަންތައް. އެކަމަކު ހެލްތު ސާރވިސް މެނޭޖްމެންޓުން މާސްޓާރސް ހަދާފަ އެޗް އާރ މެނޭޖްމެންޓު ިަދައިގެން ތިބިމީހުންނޯ.

    47
    1
  9. ލޯބިވާ ވަޠަން

    މައިމޫނާ ބޭރުކޮށްފަ ލާނެ އެހެހ ހެން މީ ހެއް ނެތްތަ މިގައުމުގަ؟ އަރަތެއް ނޫންތަ މީ؟

    57
    2
    • Anonymous

      މިގައުމުގަ މީހަކު އެބައުޅޭތަ ކަމެއްކުރަން؟ ބަދަލު ދިނުމާއި ބަދަލުހިފުމުގައާއި، އިންޑިޔާގެ ހަނޑަސް ބުރިއަށް ހެދިގެން މި 5 އަހަރު މިދަނީނު؟؟

      17
      2
  10. ކަހުރަބު

    ރޫޙާނީ ލީޑރ ޖަރުމނުގަ ބޮޑުން ފިލާ މަހުޖަނު ރިޒޯރޓްގަ މީ ބަލާވެރިކަމެެއް

    76
    1
  11. ތީ ރު

    ތިޔައީ ރައީސް ސަނާކިޔުއްވާ ސިއްހީ ހިދުމަތްތެރިން ރާއްޖޭގަ ނޫޅޭނެ މީހަކައް ކުލުނެއް ހުންނަ އެކަކުވެސް އެއްވެސް ހޮސްޕިޓަލެއްގަ

    12
    1
  12. ނަސީރު

    މިކަހަލަ ހާލުގައި ޖެހޭ އަދި އިމަޖެންސީ ވެގެން ، ދިމާވާ ހުރިހާ ކަމެއްގައިވެސް އެޗް،ޕީ،އޭ އާއި ކައުންސިލްތައް ތިބެނީ މިގުމަތީގައު މިއުޅޭ ޒޯންބީން ހެން ވާނުވާގައި ، މީ ހާދަ ދެރަ ހަބަރެކޭ ،

    12
  13. ބޮސް

    ކީއްކުރާނީ. މިފަދަ ހިތްދަތި ޚަބަރުތައް އަޑުއިވިއިވި ބޯގޮވާފަ މިހުރީ. މިގައުމުގަ ހިއެއްނުވޭ ކަމެއްވެގެން އުޅޭހެނެއް. މިގައުމަށް މިގައުމުގެ ރައްޔަތުން މުހިއްމުވާހެނެއް ހިއެއްނުވޭ. ޢެންމެ މީހެއް މިގައުމަށް މުހިއްމުވަނީ. ޢޭނައާހެދި ދިވެހިރައްޔަތުމީހާއަށް އަޅާލާނެ ވަގުތެއްނެތް މިސަރުކާރަކު. ޢިހައްދުވަހު ލާމު ގަމު މިސްކިތެއްގެ އިމާމު ތަރާވީސްކުރަން ހުއްޓާ ހަމަލާދިނީ. ޢެކަމަކު އެވާހަކަ ދައްކާނެމީހަކު މިސަރުކާރު ކީއްކުރަން މިގައުމަކުވެސް ނެތް. ޢެވަގުތުވެސް ބެލީ މިގައުމުގަހުރި މޮޔައަކަށް އަނިޔާވެގެންނޭކިޔާފަ އޭނަ ސަލާމަތް ނުކުރެވިގެން. ކީއްކުރާނީ

    11
  14. Anonymous

    މުޅި ގައުމު ބޮއްސުންލާފަ. ރައީސް މީހާ ވީ ތަނެއް ނޭނގެ. ވެރިއަކު ހުރުން ބޭނުންވާުހެނެއްވެސް ހިއެއްނުވޭ... ކޮންމެ ކަމެއްވިއަސް މި މީހާއަށްވާކަމެއްވެސް ނޫން.. އެހެންތާވާނީ ތާކުހުރި ބުރާންޗެއް ވެރިކަމށް ލައިގެން މިތިބީ ހެވިފަވިއްޔާ... ދެން ކިޔާނެ ކަމެއްނެތް، ހުރިހާ މުއައްސަސާއެއް އެކީ މިއޮތީ ބޮއްސުންލާފަ... ކޮންމެ ކަމެއް ކޮވިޑޭ ކިޔާފަ ތިބީމަ އެވީ.. އިހުމާލުން އެތައް ބައެއް ދުނިޔެ ދޫކުރަނީ؟؟ ކާކު ޒިންމާވާނީ؟؟؟؟؟؟؟ ވަލިއްޔުިލް އަމުރު؟ ހެލްތު މިނިސްޓަރ؟ ޔޫއެން.ސެކްރެޓެރީ ޖެނެރަލް؟ ހާމާނު؟

    10
  15. ގަމު ސޮރު

    ތިޔަ ހޮސްޕިޓަލުން މިހާރު މީހުން ވިއްސަނީވެސް އޮންލައިންކޮށް!! ޢަޅުގަނޑުގެ މަންމަގެ ބްލަޑް ޕްރެޝަރ ވެސް ބަލާދިން އޮންލައިންކޮށް!! ގުޅާލާފަ ބޭސް ސިޓީއެއް ލިޔެދިން ލިޔުނު ބޭސް ނުލިބިގެން ގުޅީމަ ބުނީ ޑޮކްޓަރ ނެތޭ މާދަން ހެނދުނު ގުޅާށޭ!! މަންމަގެ ޕްރެޝަރ ހައި ކަމުން އޮތީ ގައިގެ ވަރު ދޫވެފަ މީ ތިތަނުގެ ޚިދުމަތަށް އައި ހެޔޮ ބަދަލެއް؟؟؟

    11
  16. ހާުލުގެދުލުން

    ހެޔޮނުވާނެ މި ހާލުގައި ޖެހޭމީހުންނަށް އަޅާލާނެ ފަރާތެއް ހަމަނެތީތަ.ވޯޓަކާއި ދިމާވީމަ ރައްޔިތު މީހާ ނަގައި ބައިންދާނީ މެދުއުޑުގަ.ހުރިހާގޮތަކުންވެސް ސަރުކާރު ފެއިލްވެއްޖެ.ޤައުމު ހިންގަން ނޭންގެންޏާ އެނގޭ މީހަކާއި ހަވާލު ކުރަންވީނު.އެޗް.ޕީ.އޭ އަކާއި ހެދި ބޯހަލާކު.

  17. ޢިންބުރާންތި

    މިހާޅަތުގަ ސިކުނޑި ބުނާ ގޮތް ހެދީމަ ރަށަށް އާދެވޭނެ.

  18. ނނނ

    މީދެން ބޮޑު ނުހޮރޮޕާނެއްނުން....ތިމާމެންނަށް ކުރެވޭ ކަމެއް ނޭންގޭ...ދެން މަތިއޮމާން ކޮށްފަ ބޭކާރު ވާހަކަ ދައްކަން ފަށަ ރައްޔިތުން މަރުވެ، މި އޮގެން ހަނާ ވަނީ

    12
    1
  19. ޕޮގުބާ

    ތީ ޖަނަވާ ރުން އުޅޭ ރަށެއްތަ

    11
    1
  20. މަޒް

    ހުރި ހިތާމައެއްގެ ބޮޑުކަމާ.. ބަނޑަށް ދަރިފުޅު މަރުވީ އެޗްޕީއޭގެ އިހުމާލުން..

    13
  21. ޝިއުނަރު

    މަގުަމަތީ ތިބޭނެ ކަމެއް ނެތް ބަލިމީހާކައިރީ ގޮސް ހޮސްޕިޓަލްގަ ތިބެންވާނީ.. އެމީހުން ބަލިމީހާއައް އަޅައެއްނުލާނެ

    16
  22. އަސްވާނު

    ކަމެއްކުރާކަށް ނޭގޭ ބައެއް، މަޢުލޫމާތެއް ނެތް ބަޔަކު، ހެޔޮވެރިކަމެއް ކޮށްދޭނެކަމަށް ބުނެ ހެދުމުން، ރައްޔިތުން ފޭހި އިލޮށިގަނޑު ރައްުޔިތުންގެ ލޮލަށް އެކި ގޮތްގޮތަށް ހެރެމުންދަނީ. މިދުވަސްތަކުން ރާއްޖޭގެ ރައްޔިތުން ސަލާމަތް ކޮއްދެއްވާދޭވެ. އާމީން!!!

  23. ޢަލިކާ

    މިގައުމުގެ ވެރިމީހާ ކަންކަމާމެދު ވިސްނާ ފިޔަވަޅުއަޅާނެ ދުވަހެއް އަންނާނެބާ؟ މިވެރިކަންވެސް ވައްޓާލަން ވެފަ މިއޮތީ.

  24. މުނާޒް

    އިސްކަންދެއްވާ ބޮޑެތިޚަރަދުކުރައްވަނީ ވަކިބޭފުޅުންނަށްތޯ؟ ބަނޑަށް ދަރިފުޅު ނިޔާވި މާބަނޑު
    މީހާއާ އެހީތެރިންނަކީވެސް ހަމައިންސާނުންނޭ ނަމަވެސް ވަންނާނެތަނެއްނެތި މަގުމަތިވުމަކީ ކިހާ
    ދެރައަސަރުގަދަ ކަމެއްތޯ މިއީ އެފަރާތްތަކުގެ އަމިއްލަކަމެއްކަމުގައި ބައްލަވަނީތޯ މިކަމުގައި އަޅާލާ އެހީތެރިވުމަށް ސަރުކާރުގެ އެއްވެސްފަރާތަށް ނުޖެހޭތޯ؟ ބޮޑުޚަރަދުކޮށްގެން މޯލްދިވިއަން
    އައިޑޮލްއާ ކުޅިވަރުފެތުރޭ ( މުންކަރާތްތަކަށްހިތްވަރުިލިބޭ) ފަދަކަންކަމަށްވުރެ........

  25. ތިމަރަބަރި

    ކޮވިޑަށްވުރެ މާމުހިންމުކަމެއް ވެގެންނޫންތޯ މަޖިލީހުން އެއުޅެނީ. އިއްޔެވެސް މަޖިލީހުގައި ބަހުސްކުރީ އެކަމާ.

  26. ޙައްދުންމަތި

    ކޮބާ ކައުންސިލް؟ ޙައްދުންމަތީ މީހުންވެސް ހަމަ ނުބައީ! އިންސާނިއްޔަތުކަން ބަހައްޓައި، ޕޭކޮށްގެން އެމީހުން ތިބޭނެ ތަނެއް ދެއްކިނަމަ! މިހާރުދެން ކޮވިޑާއިއެކު އުޅެންވެއްޖެނު! އެއްބަޔަކު އަނެއްބަޔަކަށް އަޅާލައިގެން އުޅުމަކީ މީގެ ޙައްލެވެ.

  27. ވެރިން

    އަހަރެންނަށް ހަބަރު ކިޔާ ނިމުނު އިރު ހުރީ ނޭގި ރޮވިފަ.މިކަމަކަށް 2 އަހަރު ވެގެން ދިޔައިރުވެސް ތައްޔާރު ވެވިފަ ތިބިވަރު މިއިން ދޭހަވަނީ. ކައުންސިލުން އެޗް ޕީއޭ ބޮލަށް އެޗްޕީއޭ އިން ކައުންސިލް ބޮލަށް ދޭތެރެ މެދުގާ ނިކަމެތި ރައްޔިތުމީހާ ފިތިފަ މަގުމަތިވެފަ.