38 މެންބަރުންގެ ވޯޓާއެކު މިއަދު ރައްޔިތުންގެ މަޖިލީހުން ކުރިން ނެރެފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށް ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށާއި އެއްވެސް ފަރާތަކުން އެޔަށް ބޯލަބަން ނުޖެހޭކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

ދައުރުން ބޭރު ޖަލްސާއެއްގެ ނަމުގައި މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާއި، އެ ހާލަތު އިތުރު 30 ދުވަހަށް އިތުރުކޮށްދެއްވުމަށް ރައީސް ޔާމީން ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްކުރީ އެޖަލްސާއަށް ހާޒިރުވެތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުނެވެ. މިޖަލްސާގައި އިދިކޮޅު ފަރާތަކުން ބައިވެރިވެ ވަޑައިގެންފައިއެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވޯޓު ނިމުމާއެކު އިދިކޮޅު މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރަށް އެއްވެސް ބޭފުޅަކު އަމަލު ކުރައްވަން ޖެހިވަޑައިނުގަންނަވާކަމަށާއި އެއީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށެވެ. އަދި ރިޔާޒް ވިދާޅުވީ އެސްއޯއީގެ ދަށުން ކަމަށް ބުނެ، ބަންދުކުރި ހުރިހާ އެންމެން ދޫކޮށްލަންޖެހޭކަމަށެވެ.

"މަޖިލީހުން މިއީ ނިންމުމެއް ކަމަށް ކަނޑައެއް ނޭޅޭނެ. އެހެންވެ އަޅުގަނޑު ދެކޭ ގޮތުގައި އެސްއޯއީގެ ދަށުން ކަމަށް ބުނެ، ބަންދުކުރި ހުރިހާ އެންމެން ދޫކޮށްލަންޖެހޭ. އެއްވެސް މީހަކު ނުބެހެއްޓޭނެ އަދި އެ މީހުން ބަންދުގައި އިތުރަށް ބަހައްޓާ ކަމުގައިވާނަމަ ބެހެއްޓޭނީ ހަމަ ޖިނާއީ އިޖުރާއަތުގައި އޮންނަ ގޮތަށް އިމްޕްލިމެންޓް ކުރަންޖެހޭނީ،" ރިޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ހިންނަވަރު ދާއިރާގެ މެމްބަރު، އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި މިފަދަ ނިންމުންތައް ފާސްވުމަށް ބޭނުންވާ ވޯޓުގެ އަދަދު ކަނޑައަޅާފައިވާ ކަމަށާާއި ނަމަވެސް މިއަދުގެ ޖަލްސާގައި އެ އަދަދަށް މެމްބަރުން ހަމަނުވާކަށެވެ. އެެހެންވެ އެނިންމުން ސައްހަ ނުވާނެކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ދަވޭ

    ކުއްލި ނުރައްކަލުގެ ހާލަތު ދިގުދެންމީ ގާނޫނާ ހިލާފަށް، އަމަލުކުރާކަށް ނުޖެހޭނެ ކަމަށް ތަމެންގެ އިދިކޮޅު އީގޯ ސިންޑްރޯމް ބަލި ޖެހިފައިވާ މީހުން ބުނި ނަމަވެސް އެއޮތީ ދިގު ދަންމާފައި ދެން މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ. އަޅެ ކެރެންނާ އެކަކު ވެސް ބޯދިއްކޮށްލަބަލަ އެހާލަތާއި ޚިލާފަށް މުޒާހަރާ ކުރަން މާލޭގެ މަގުމައްޗަށް އަޅެ ނިކުމެލަ ބަލަ ކެރެންނާ. އަޅެ ނިކުމެލަ ބަލަ. މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. އަދިވެސް އިތުރު ކުރާނަން ހަމަ ތެޅި ތެޅި ރަންރީނދޫ ޓްވިޓަރޭ ތަމެން ތިބެން ޖެހޭނީ. ކުރެވޭނެ ކުރާނެ އެއް ކަމެއްވެސް ނޯންނާނެއޭ. މަމެން މީ ހާކިމާއިންނޭ ތަމެން ތިޔާއީ ނޮން ހާކިމާއިންނޭ މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ.

  2. ޢަލީ

    ތީ އެންމެ މަތީ އަމުރުތަކަށްވެސް ބޯލަނބާ ބައެއްނޫން. އަންގަވާފައި އޮންނަނީ ﷲ އާއި ރަސޫލާއަށާއި ވެރިންނަށް ކިޔަމަންވުމަށް . ޥައްސަލާމް

  3. ޢަލީ

    އެއޮތީ ނިންމާފަ. މީ މުޅި ރައްޔިތުން ޢަމަލުކުރަންޖެހޭ ގަރާރެއްނޫން އެހެންވީމާ 43 ހަމަކުރާކަން ނުޖެހޭނެ.

  4. ރީތި މޫސަ

    ތިއިބޫ އާ ރިޔާޒަކީ މީހުން މަގުމަށްޗަޢް ނެރެފައި ފިލާމީހުން، މިމީހުންގެ ބަހށް ނުހެއްލުމަސް ރައިއްޔަތުންނަށް ގޮވާލަން،

  5. ޜަސީދު

    ކޮން އިރަކުބާ ނުވަތަ ކޮން ދުވަހަކުބާ ތިޔަމީހުން ބޯލެބީ

  6. ނުރަބޯ

    ތިޔައީ ދެން އައުކަމެއް ނޫންތާ....!!!

  7. Anonymous

    ޙިތާމައަކީ ކަލޭމެން ބޯލަނބާނެ ސަރުކާރެއްއައިސްފަ ދައުރުހަމަވަންދެންވެސް އެސަރުކާރު ދެމިނޮއޮއްކަމެވެ. ކީއްކުރާނީ ؟؟
    ދެން މިގައުމުގާ ކަލޭމެންނޫން ކޮންމެ ސަރުކާރެއް ހިގިޔަސް ކަލޭމެން ބޯލަނބާނެގޮތެއް ނުވާނެއެވެ.

  8. ނުޢައިމު / ވިލިމާލެ

    ކީރިތި ޤުރުއާނާ ސުންނަތަށް ކަލޭމެން ބޯލަބާތަ ތަކުރާ؟ ހުވަފެނީ ލީޑަރު ދައްކާފަހުރި ވާހަކަތައް ދިވެހިން ހަނދާން އެބަހުރި ތަކުރާ!

  9. ޜޮޒޭ

    އަގު ވެއްޓިފަވާ ބައެއްތީ އެމް ޑީ ޕީ މެމްބަރުން އޭގެން އެކަކު ތިހުރަ ފެންނަނި. ވީޑީއޯއެއްގައި އިން ޙާލަތުންވެސް އެނގިގެންދާނެ

  10. އަބްދުއްލާ

    އިދިކޮޅުން ބޯލަނބަނީ ކޯންޗަކަށް ، ވެރިކަމަށް ބޯނުލަނބާމީހާ އަކީ ކީރިތި ގުރްއާނުގެ ނިސާސޫރަތުގެ 59 ވަނަ އާޔަތަށް ބޯނުލަނބާމީހެއް . މިފަދަ މީހާ ތެދުވެ ގުދުވެ ހެދިޔަކަސް ނަމާދަކަށް ބޮލެއްމުލަނބާނެ ، ވީމާ އެހެން ފަރާތަކަށް ބޯނުލެނބިއްޔާ ވާނީ ކިހިނެތް

  11. ވަގުތުގެކިޔުންތެރިޔާ

    އީވާގެ ފޮޓޯއަކީ ނޫސްތަކުން އެހާ ފެންނަން ބޭނުން ފޮޓޯއެއްނޫން

  12. ޭައެމް އެސް

    ގައުމު މިއޮތީ އެބަޔަކަށް ފެންނަގޮތަކަށް ގާނޫނު މާނަކުރޭ

  13. ރަންގޭ

    ރާްޖޭގެ ރައްޔަތުންނަށް އަޅުގަނޑު ދަންނަވާނީ އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ ސްޕިރީމް ކޯޓުގެ އިސްގާޒީ އަކަށް ުހުންނާނީ ވެލެޒިނީއެވެ.އޭނަގެ ދަށުން ހުންނާނީ އީވާ އެވެ، އަދި ވެލެޒިނީ ވަނީ ސައުތު އެފްރިކާއިން މަގާމުގެ ހުވާކުރަން ހެދުން ވެސް ފަހާފައެވެ.އެހެންވީމަ ރަނގަޅަށް ވިސްނަވައްޗޭ

  14. އުނދަގޫ ބޮޑު

    މަތިން އަޅުގަނޑުމެންނަށް ބާއްވާލެއްވި ޤާނޫނަށް ބޯ ނުލަނބާ ބަޔަކު، ބަޔަކު މީހުން ހަދާފަ އޮއި ޤާނޫނަކަށް ބޯ ނުލަބާނަމޭ ބުނީމަ އަންނަނީ ހިނި

  15. ބީބީކިންގު

    ތިހުރިހާ ބޭކާރު އަނގަ ނުތަޅާ ކަލޭމެނަށް އެއްބަސް ވެވުނު ކެނޑިޑޭޓުގެ ނަންބުނެބަލަ؟ ދެންބުނޭ ކުއްލި ނުރައްކަލާ ހެދި ކެނޑިޑޭޓެއް ނުނެރިވިގެނޭ މިއުޅޭނީ. ތިބުނާ ސަޕަރައިޒް ކެނޑިޑޭޓެއް ނެރުނީމަތާ ތިމީހުންނަށް ތާއިދު ކުރަންވެސް އިނގޭނީ.

  16. ކާނަލް

    ފޫހިބައިގަނޑެއް ބުނާ އެއްވެސް ކަމެއް ނުކުރެވޭ ފޭކު ވާހަކަ ދައްކާލަ ދައްކާލަ ތިބެނޭ. ރިޔާޒު ކަލެއްޔަށް ކުރެވުނު ހާވެސް ކަމަކީ ގާފުރޮޅުން

  17. ރިޔާ

    ފަރުޞު ފަސްނަމާދު ނުކުރެވޭ ބަޔަކަށް ދެންކޮންކަމެއް ކުރެވޭނީ، މިދިޔަ ބޮޑު މުޒާހަރާގަ މަޣުރިބް ނަމާދަށް ގޮވުމުން އިޖާބަދިނީ ތިޔާގެ ތެރެއިން ކިތައްމީހުން، ނަމާދުކޮށް ނިމުނިއިރުވެސް އެއްބަޔަކު ހަޅޭއްލަވަން ތިބިދޯ

  18. މާމަ

    އީވާ ތިފަދަހެދުމުގައި މީޑިޔާކުރިމައްޗައް ނޭރުމައް ނަސޭހަތްތެރިވަން ދަރިންވެސްއަހަރެމެންނާއެކު ޓީވީ ބަލަންތިބޭ

  19. ރުޒާނާ ޗޮއްޕަޓު

    ބޯ ލަނބާ ނިންމުމެއް އޮތްކަން ދެނަހުރީ ކާކު؟ އެއެއް ބުނެދީބަލަ ނިކަން.

  20. ސާރުދާ

    މިހިރަ ކާޅު އަންހެނާ ޤާނޫން ތަކަށް ބޯލަބާނީ ފުރަތަމަ ތިމާ އިސްލާމްދީނަން ބޯލަބާނަމައެއްނު އެހެރީ މިހާރުވެސް އޮރިޔާމާ ހިލޭ ފިރިހެނުންތަކެއްގެ މެދުގައި ތީ ހުސް ޖާހިލުން އަންހެނުންނަން ހުތުރުއަރުވަން ތެޅޭ ބައިގަޑެއް