އިސްރާއީލްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން 2014 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މަނާކުރެއްވި ހިސާބުން މިހާތަނަށް ވެސް އިސްރާއީލްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެނުކުރެވޭނެ ކަމަށް ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް އިން މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ އިސްރާއީލްގައި އުފައްދާ ތަކެތި 2014 ޖުލައި 25 އިން ފެށިގެން ރާއްޖެއަށް އިމްޕޯޓްކުރުން މަނާކަން އަންގާފައިވާތީ އެދުވަހުން ފެށިގެން އިސްރައީލްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެވިޔަ ނުދީ ކަސްޓަމްސުން ދަނީ އެކަން ތަންފީޒުކުރަމުން ކަމަށެވެ.

އިސްރާއީލްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން މަނާކުރި ނަމަވެސް އިސްރާއީލަށް ނިސްބަތްވާ، ނަމަވެސް އެހެން ގައުމުތަކުގައި ފެކްޓްރީތައް ހަދާފައި ހުންނަ ބައެއް ކުންފުނިތަކުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެ ކުރެއެވެ. އެފަދަ ބައެއް އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ އަޑުތައް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އިސްރާއީލްގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ގޮވާލާ ކެމްޕޭންތައް ދުނިޔޭގައި ދޭތެރެދޭތެރެއިން ވަރަށް ވަރުގަދައަށް ހިންގައެވެ. މިފަދަ ކެމްޕޭންތަކުގެ ސަބަބުން އިސްރާއީލްގެ ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ގިނަ ދިވެހިން ވެސް ގެންދަނީ އަޑުއުފުލަމުންނެވެ. ދިވެހިން ތިބީ ފަލަސްތީން ރައްޔިތުންނާއިއެކުގައި ކަން ހާމަކުރުމުގެ ގޮތުން މާދަމާ މާލޭ ސަރަހައްދުގައި ހަރަކާތްތަކެއް ހިންގަން ވަނީ ނިންމާފައެވެ. މިހަރަކާތް ކުރިއަށް ގެންދާނީ ފަލަސްތީންގެ ދިދަ ހިފައިގެން ބެލްކަނިތަކަށް ނިކުމެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޖާބެ

  ޢެތެރެކޮށްފަވަނަމަ ތިޔަ ބާޔާނެއް ނުވަތަ ސްޓޭޓްމަންޓްއެއް ނެރުނު މިހަކާ މެދު ދައުލަތުން ޤާނޫނީ ދަޢުވާ ކުރެވެނެ ކަން ޔަގީން

  13
  1
 2. ާޖާބެ

  ކޮބާތޯ އިސްރެލުން އައްނަ ޓްއަރިސްޓުން މިމީހުން ބަރާބަރައް ޤަޢުމައް އެތެރެވޭ ، މިޢިތީ މިކަންއޮއްނަން ވީގޮތަކީ

  12
  1
 3. Anonymous

  އިޒްރޭލުގެ ނޭއްގާނީ އަނިޔާވެރި "ޓެރަރިސްޓް" ހަމަލާތަކުގެ ސަބަބުން އޭރު މިގައުމުގައި އޮތް ގައުމީ ވައްތަ، ދީނަށް ލޯބިކުރާ ސަރުކާރުން އެޅި ފިޔަވަޅެއް ދޮތްތޯ؟ އެއީ ލީޑަރުންނަކީ.. ދެން އަންނަނީ ވެރިން. އެމީހުން ރައްޔިތުން ދެކެނީ ގެރިންގެ ގޮތުގައި..

  19
  3
 4. ހުސް ދޮގު

  ހުސް ދޮގު، މީގެ ދެތިން އަހަރު ކުރިން މަ އީބޭއިން ގެނައި ސެންޓުފުޅި ސިޕިން ލޮކޭސަން ކަމަށް އިނީ ޓެރެރިސްޓް އިސްރައިލް.

  7
  3
  • ތެދަކީ

   އެއީ ކަލޭގެ މައްސަލައެއް ދޯ،

 5. ކޮކާ

  ޝުކުރިއްޔާ ރައިސް ޔާމިން

  19
  2
 6. އުގުރި

  ތިވެސް އޭރުގަ ޔާމީނު ކުރީތީވެ މިހާރު މިތިބަމީހުންނަމަ ވާނެ ގޮތެއްވެސް ނޭގޭނެ.

  18
  2
 7. ފާތިމާ

  އިސްރާއީލަށް ޝެއާ ވާ އެއްޗެހި ނެސްލޭ، ކޮކާކޯލާ ކޮމްޕެނީ، ޖޯންސަންސް މިހެންގޮސް ވަރަށް ގިނަ ކޮމްޕެނީ ތައް އެބަހުރި އެ ޔަހޫދީންނަށް ބައި އަޅާ އެއްޗެހި. ވައިބަރ ،ވަޓްސްއަޕް،ގޫގުލް އަދި ޔޫ ޓިޔުބް އަދިވެސް މިހެންގޮސް ކިޔާނެ ކަމެއް ނެތް.މި ޝައިތޯނުނުން ތަކަށް ބައި އަޅާ ގޮތައް ގިނަ އެއްޗެހި މީހުންނަނީ .ބޮޑު ވަބާ އެއް މީ ދުނިޔެއަށް ފާ ކޮއްފަ އޮތް

 8. Anonymous

  ޝުކުރިއްޔާ ޔާމީން.
  އަތްކަނޑަން ޖެ ހޭވަރަށް ބޮޑެތި ވައްކަންތައއ ކޮއްގެން ވެސް އިސްރާއިލިއްޔާ ގުޅުން ކަނޑާލީތީ.

 9. ޜެޑއ

  އިސްރާއީލުގެ އެއްޗެއްތޯ ނެސްޓލޭ ކްރީމް؟ ޢެބަހުރި ބައިވަރު

 10. ރީތި މޫސަ

  މީހަމަތެދު ޚަބަރެއްބާ؟