ގދ.ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަވަހާރަވެއްޖެއެވެ.

ޒާހިރު އަވަހާރަވީ މީގެ ކުޑައިރުކޮޅެއް ކުރީންނެވެ.

ޒާހިރު އަވަހާރަވެފައި ވަނީ ކޮވިޑް-19 އަށް ފައްސިވުމުން ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ގެއަށް ދޫކޮށްލި ފަހުންނެވެ. ޒާހިރުގެ އާއިލާގެ ބޭފުޅަކު "ވަގުތު" އަށް ކަށަވަރުކޮށްދެއްވި ގޮތުގައި ޒާހިރު އަވަހާރަވީ ގޭގައި ހުންނަވަނިކޮށެވެ.

ގައްދޫ ޒާހިރު ރައްޔިތުން މަޖިލީހުގެ ދެދައުރު ފުރިހަމަ ކުރައްވާފައިވެއެވެ. އެއީ 2005 ވަނަ އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހުން ފެށިގެން 2009 ވަނަ އަހަރުގެ މެއި 27 އާއި ހަމައަށް ގދ.އަތޮޅުގެ މެންބަރުކަން އަދި 29 މެއި 2009 އިން ފެށިގެން 27 މެއި 2014 އާއި ހަމައަށް ގައްދޫ ދާއިރާގެ މެންބަރު ކަމެވެ. އޭނާ ވަނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީ އިސްލާހްކުރި ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

ގައްދޫ ޒާހިރު ވަނީ ކިޑްނީ ޓްރާްންސްޕްލާންޓް ކޮށްފައެވެ. އޭގެފަހުން އޭނާ އާއްމުންގެ ތެރެއަށް ނިކުމެވަޑައިގެން ވަރަށް ނޫޅުއްވައެވެ.

ގައްދޫ ޒާހިރަކީ ޓްއަރިޒަމް ދާއިރާގެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިއެކެވެ.

ގައްދޫ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ޒާހިރަކީ ގައްދޫ ޒާހިރުގެ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާނިމ

    ‎اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
    ‎މާތް اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن

  2. ل م

    انا لله وانا اليه راجعون
    اللهم اغفر له وارحمه

  3. އިބްރާހީމް މުއްތަލިބް

    ޒާހިރު ބޭގެ ފުރާނަ ފުޅަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރައްވާދޭވެ. އާމީން. އާއިލާއަށް ކެތްތެރިކަން ދެއްވާ ތަޤްވާވެރިކަން އިތުރު ކުރައްވާދޭވެ. އާމީން.