ރާއްޖެ އިން އިތުރު 1433 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މީގެތެރެއިން މިއަދު ކޮވިޑަށް ފައްސިވީ 594 މީހުންނެވެ. 839 މީހުންނަކީ ކުރިން ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ނުލިބި ތިބި މީހުންނެވެ.

ކޮވިޑަށް މިއަދު ޓެސްޓް ކޮށްފައި ވަނީ 4480 މީހުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ ގޮތުގައި 16997 މީހުން އެބަތިއްބެވެ. އޭގެތެރެއިން 268 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %31.99 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއީ ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތް މިހައި މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 390 މީހުންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން މާލޭގައި ގިނަ ފިޔަވަޅުތަކެއް މިހާރު އަޅާފައި ވީނަމަވެސް އަދި އެފިޔަވަޅުތަކުގެ ސަބަބުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަކަމަކަށް ފާހަގައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހާލަތު

    މިކަމުން އަރައި ނުގަތެއްނު. މަގުތައްމަތިން މީހުން މަދެއް ނުވެއެވެ. ގޭގެޔަށް ދިޔުން މަދެއް ނުވެއެވެ. ދެން ވާނެއެތި މިވަނީއެވެ. ސާމްޕަލެއް ގަވާއިދުން ނުނެގޭ. ޓެސްޓެއް ނުކުރެވޭ. ޑޭޓާއެއް އެންޓައެއް ނުކުރެވޭ.

    38
    3
  2. އެމަންޖެ

    ސަރުކާރު ކީވެގެންހޭ މިއަދު ކޮވިޑަށް ފައްސިވީ 594 މީހުންނޭ. 839 މީހުންނަކީ ކުރިން ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ނުލިބި ތިބި މީހުންނޭ ، މިހެން ނުބުނޭ ޕޮޒިޓިވްވާ މީހުން ގިނަވާތީއޭ ކިޔާފަ ދޮގުހަދާ އޮޅުވާލަން.
    ރީއްޗައް ތެދައް ބުނަންވީ ފާއިތުވި 24 ގަޑިއިރުތެރޭ 1433 މީހުން މިއަދު ޕޮޒިޓިވް ވެއްޖޭ، ސަރުކާރު ފެއިލް އެޗްޕީއޭ ފެއިލް...އިސްތިއުފާ.

    11
  3. ޑީމަކްރަތީ

    ދެން މިހާރު ތިޔަ ދައްކާވާހަކަޔާދިމާނުވާތީ ރައްޔަތުންބިރުވެރިކަން އިހުސާސްވާންފަށާފި ތެދު ދޮގު އޮޅޭ ހިސާބައްކަންތައްތިޔަފަހިވަނީ ރަގަޅު މަުލޫމާތުދީ؟؟

  4. ބަރި

    މައެމޫނާ ތިޔަ ހައްދަވާ އެއްޗެއް އަޅް ސާފުކޮއްދީބަލަ ރައްޔިތުން ގޭގަ ބަންދުކޮއްފަ ތިޔް ކުރައްވާ ކަމެއްވެސް ބުނެލަދީބަލަ ހެޔޮނުވާނެ ރައްޔިތުންނަށްވެސް ކެއް ވާނީ ވަކިވަރަކައް

  5. މާމިގިލީ މީހާ

    މައިމޫނާ ޔާ މައިމޫނާގެ ދަރި އެޗްޕީއޭޔާ، ކެރެފާ އިސްތިއުފާ. މި ސަރުކާރު ފެއިލް ވެއްޖެ. މިހާރު އަހަރުންގެ ސާމްޕަލް ނެގިތާ 5 ދުވަހައް ވުރެ ގިނަވެއްޖެ، އަދިވެސް ނަތީޖާއެއް ނުލިބޭ. ސާމްޕަލް ނަގާން ވެސް، މާމިގިލީ މަރުކަޒުގަ ރޮއި އާދެސް 5 ދުވަހު ކޮއްގެން އައީ ސާމްޕަލް ނަގާންވެސް. މާމިގިލީ ސިއްހީ މަރުކަޒު ވެސް އޮތީ ފެއިލްވެފަ. ދެފައި ކޮރު ބުޅަލެއް ހިނގާހެން ހިނގަ ހިނގާ..

    7
    1
  6. ވަހީދުބެ

    މިލިޔުމުގައިވާގޮތުން މިއަދު ޓެސްޓްކުރި 4480 މީހުންގެތެރެއިން 594 މީހުންދޯ ޕޮޒިޓިވްމިވީ. ބާކީ މީހުންނަކީ ޓެސްޓްކޮށް ނަތީޖާ މިއަދު ލިބުނު މީހުންތާ؟ ލިޔުމުގައި އޮތީ އެގޮތަށްކަމަށް ވިސްނެނީ.

  7. ޢަހޮމަދު

    މިހާ ރުވެސް ފިހާ ރަތަކާއި މާ ރޓް ތަކުގެ ގިނަ ސްޓާފުން ތިބެނީ ދަތްދޮޅީގަ މާސްކް އަޅައިގެން ހާއްސަކޮށް ރާއްޖެއިން ބޭ ރު ސްޓާފުން.

    5
    1
  8. ރުއް

    ހެޔޮނުވާނެ ހުރިހާކަމެއް ގޯހުން ގޯހަށް ނުދަނިސް ތަންދޮރުއެގޭ ގާބިލު ބަޔަކާ ކޮވިޑް ކަަންތައް ހަވާލުކޮއްބަލަ އިއްޒަތްތެރި ރައީސް

  9. މުހީދު

    މިހާރުން މިހާރަށް ސަރުކާރު އިސްތިއުފާ ދީ. އެއްވެސް ކަމެއް ކޮށްނުދެވޭތާންގަ ބަލާ ޖައްސަނީ. ސަރުކާކު މިވަނީ ރައްޔަތުންނަށް އިހުމާލުވެފަ. އެހެން ގައުމު ތަކުގަ މާކުރިން ހަރުކަށި ފިޔަވަޅުތަށް އަޅައިފި އިންޑިއާއިން މިފެތުރޭ އާވައްތަރުގެ ކޮވިޑް ފެތުރިދާނެކަމުގެ ބިރަށް. މިތަނުން ކޮންކަމެއްކުރީ ވާނެއެއްޗެއްވާން ދޫކޮށްލާފަ އޮތީ

    12