ހއ.ދިއްދޫ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 111ށް އަރައިފިއެވެ.
މިއަދު އެރަށުން ފައްސިވެފައި ވަނީ 4 މީހެކެވެ. އަދި ފައްސިވި 4 މީހުން ވެސް ފައްސިވި ކަން އެނގިފައި ވަނީ މީގެ ކުރިން ކޮންޓެކްޓު ޓްރޭސިން ހަދައި ކަރަންޓީނު ކުރެވިފައި ވަނިކޮށެވެ.
މިހައިތަނަށް ދިއްދޫ އިން 1،257 ސުންކު ނަގާފައިވާއިރު މިވަގުތު ނަތީޖާ ނުލިބި ވަނީ އެންމެ ސުންކަކުންނެވެ. ދިއްދޫ އިން ބަލި ޖެހުނު 111 މީހުންގެ ތެރެއިން މިހައިތަނަށް ބަލިން ރަނގަޅު ވެފައި ވަނީ 21 މީހަކު ކަމުގައި ވާއިރު، އެރަށުން ބަލި ޖެހިގެން އެކަކު ވަނީ ނިޔާވެފައެވެ. އަދި ދެ މީހަކު މީގެ ކުރިން ހާލު ސީރިއަސްވެ ކޮވިޑް ފެސިލިޓީ އަށް ގެންދެވިފައިވާކަން ފާހަގަކޮށްލެވެއެވެ.
ދިއްދޫގައި ކޮވިޑް ހަލުވިކަމާއި އެކު ފެތުރެން ފެށުމާއި އެކު ދިއްދޫ ކައުންސިލުން ވަނީ މީގެ ކުރިން ހަރުކަށި ފިޔަވަޅުތަކެއް އިއުލާނު ކޮށް ގިނަ ވަގުތުތަކަކަށް ކާފިއު ހިންގާފައެވެ. އަދި މީގެ ދެ ދުވަަސް ކުރިން އެޗްޕީއޭ އިންވެސް ވަނީ އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
މިހާރު ދިއްދޫގައި ކެފޭ ރެސްޓޯރަންޓުތައް ވެސް ބަންދު ކުރަން އަންގާފައި ވާއިރު ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ވެސް ވަނީ އޮންލައިންކޮށް ކިޔަވައިދިނުމަށް އަންގާފައެވެ. މީގެ އިތުރުން 7 ގަޑިއިރަށް ކާފިއު ހިންގުމާއި، ފިހާރަތައް ތެރެއަށް ވަދެ ހިދުމަތް ހޯދަން މަނާކުރުމެ އިތުރުން 3 މީހުންނަށް ވުރެން ގިނައިން ބޭރަށް ނިކުމެ އުޅުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ވެސް މަނާކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ.
ދިއްދޫ ކައުސިލުން ދިއްދޫ ގައި ކޮވިޑް ފެތު ރޭތީވެ ރަނގަޅު އުސޫލުތަކެއްހަދާ ރައްޔިތުން އެއަށް ފު ރިހަމައަށް އެއްބާ ރުލުން ދެމުންދަނިކޮށް މައިމޫނާ ވަނީ އެއުސޫލު އުވާލާ އޭނާގެ ތާކުންތާކުނުޖެހޭ ގައިޑްލައިނަށް އަމަލުކު ރަން އަންގާފައި
ވަގުތު މިއީ މިހާރު ހއ އަތޮޅު ނޫހަކަށް ވެއްޖެ . ފޮޓޯތަކުގައި ވެސް ހއ ގެ ފޮޓޯތައް އަޅުވާފައިވާތާ މިހާރު ލައްކަ ޒަމާން ވެއްޖެ. މިވަގުތަށް ޚިއްތަ ވާނ ީފަލަސްޠީނުގެ ފޮޓޯތައް އެޅުވިޔަސް. ޚަބަރުވެސް ހުސް ހއ، އަތޮޅުގެ. މިއީ އެ އަތޮޅު ރައްޔަތުންނަށް ކުރެވޭ ބޭ އިންސާފެއްކަމކުގައި ނުދެކެން.