މި މަހުގެ ހަވަނަ ދުވަހުގެރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ބޮމުގެ ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގަން މަޖިލީހުން މިރޭ އިގުރާރެއް ފާސްކޮށްފިއެވެ.

ނަޝީދަށް ދެވުނު ހަމަލާއާއެކު، ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއިން ވަނީ އެ މައްސަލަ ދިރާސާކޮށްފައެވެ. އެ މައްސަލަ ދިރާސާކުރުމަށް ފަހު އެ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި މައިގަނޑު ދެ ކަމެއްގެ މައްޗަށް ހުށަހެޅުމެއް އޮތެވެ. އެ ދެ ކަމަކީ ހަރުކަށި ފިކުރާ ގުޅުން ހުރި މައްސަލަތަކުގެ ތަހުގީގު އަވަސް ކުރަން އިދާރާތަކަށް އެންގުމާއި ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވި ގޮތުގެ މައްޗަށް މަޖިލީހުން އިންކުއަރީއެއް ހިންގުމަށެވެ.

އެގޮތުގެ މަތިން އިންކުއަރީއެއް ހިންގުމަށް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްވަނީ އިގުރާރެއް ހުށައަޅުއްވާފައެވެ. އިގުރާރަށް ތާއިދުކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުއެވެ.

އަސްލަމް ހުށައެޅުއްވި އިގުރާރުގައިވާ ކަންތައްތަކުގެ ތެރޭގައި ނަޝީދަށް ދިން ހަމަލައިގެ ތަހުގީގެއް މަޖިލީހުން ހިންގުމާއި، ހަމާލާއިން ސަލާމަތްވެ ވަޑައިގެންނެވިޔަސް ނަޝީދުގެ ފުރާނައަށް އަދިވެސް އެ ނުރައްކާތެރިކަން އޮތް ހިނދު އެ މައްސަލައިގެ ތަހުގީގު ހިނގައި ދިޔަގޮތް ގާތުން ބެލުމާއި، މިހަމާލާ ދޭން މެދުވެރިވި ސަބަބު ދެނެގަތުމާއި، މަޖިލީހުގެ ރައީސްގެ ސަލަމާތީ ކަންތައް ބެލުމުގެ އިތުރުން ޓެރަރިޒަމްގެ އަމަލުތައް ތަކުރާރުވެ ނުދިޔުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ. މި ގަރާރު ފާސްކޮށްފައިވަނީ ވޯޓު ނެގި ގަޑީގައި ހަޒީރުވެވަޑައިގެންނެވި ތިއްބެވި 49 މެމްބަރުންގެ ޢައުލަބިއްޔަތުންނެވެ.

ނަޝީދަށް ހަމަލާދީފައިވަނި އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުން މަޖިދީ މަގަށް ނިކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި އެތަނުގައި ހުރި ސައިކަލެއް ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ. އައިއީޑީ ގޮއްވާލާފައިވަނީ އަތަމާ ޕެލެސްތެރޭގައި ހުރެ ރިމޯޓެއް ބޭނުންކޮށްގެންނެވެ. ހަމަލާއާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ. ހަމަލާ ދީފައިވަނީ ދީނީ ހަރުކަށި ބަޔަކުކަމަށް ތުހުމަތު ކުރެވެއެވެ. މައްސަލައިގެ ތަހުގީގަށް ބޭރުގެ ފުލުހުންގެ އެހީތެރިކަންވެސް ދަނީ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ސޭޓު

  އަޅެ ޖޯކެއްތަ މީ. ދިވެހި ސިފައިންނާއި ފުލުހުްނަށް ނުވީ ކަމެއް މިބައިމީހުން ކުރާނެގޮތެއް ނުވިސްނޭ. އެހާ މޮޅެތި ބަޔަކު ތިބި މަޖިލީހެއްތަ ތިޔައީ

  31
 2. ބޮލުރޮދި

  ކުރައިމް ސީން އިންވެސްޓިގޭޝަން ޒާތުގެ ތައުލީމާ ތަމްތީން ހޯދައިގެން ތިބި ބައެއްތާ މިއުޅެނީ މަޖިލީހަށް ހޮވިގެން .....އެހެންވެ ގާނޫނުހެދުމުގެ ކަންތައް އެދެވޭ ގޮތެއްގަ ކުރިޔަށް ނުދަނީ....އަދި މިއެނގުނީ މިވެގެންއުޅޭ އެއްޗެއް...

  26
 3. އަލިބެ

  ނުވިދޯ

 4. މަޒް

  މަޖިލިހަށް ކޮން ތަހުގީގެއް ހިންގޭނީ.. އުޑެއް ބުޑެއް ނޭންގޭ ކޮރަޕްޝަން ފައިސާ ކައިގެން ތިބި ބަޔަކު ތިބި ތަނެއްގައި އިހްލާސްތެރި ތަހުގީގެއް ހިންގޭނެތަ؟ އަސާސީ ތައުލީމު ނެތް ބަޔަކަށް ކުރެވޭނީ ކޮންކަމެއް؟

  27
 5. އަބްދޫ

  މުޅި ގައުމުގެ ހުރިހ ހާ އިދާރާ ތަ ހުގީގީ އިދާރާއަށް ވީތަ.ގާނޫނު އަސާސިގަ ބުނަނީ މަޖިލީހ ހަކީ ގާނޫނު ހަދާ ތަން ކަމަށް.

  33
 6. ކޮރަލް

  ނޭވާލާނެ ވަގުތު ވެސް ނުދެ އެވެ. މަޖްލީހުގަ ކުރަނީ އެންމެ މީހެއްގެ މަސައްކަތެވެ. 4 ލައްކަ މީހުން ބާކީ ވެފަ އެވެ.

 7. ޢއއ

  މިގައުމުގައު ހަރުދަނާ މުއައްސަސާ ތަކެއް ތެދުވެރި ގޮތެއްގަ ހިނގާ ކަމުގަ ވެއްޖެއްޔާ މިމަޖިލިހުގަ ތިބި ގިނަމީހުން ތިބޭނީ ޖަލުގަ .އެހެންއެހެންވީމާ ސިސްޓަމެޓިކް ކޮއް ރާވަިގެން އެއީ ކަމެއްނުކުރެވޭ ބޭކާރު ތަންތަން ކަމުގަދައްކަންޖެހޭ .

 8. ސީޑީ

  މަޖިލީހަކީ ތަހުގީގީ އިދާރާއެއްނޫން މުޔަވެގެންތޯ ތިއުޅުއްވަނީ، ދިވެހިރާއްޖޭގެ ގާނޫނުހަދާ މަޖިލީހޭތީ... ބުއްޅަބޭ އަށް ވީމަދެއްތޯ؟

 9. ރިހުލާ

  ކުރާނެ ކަމެއް ނެތިއްޔާ އިސްތިއުފާ ދީފަ ގޭގަ ތިބެބަލަ. ގައުމަށް ޖެހިފަ އޮތް ބޮޑު މުސީބާތެއް މިބައިގަނޑަކީ. ދެން ތި އަންނި އަކަށް ދިން ހަމަލާ މުޅި އުމުރު ތަހްގީގު ކުރާނީ. ބަލާވެރިކަމެއް

 10. ލޫކަސް

  އަސާސީ ތައުލީމު ނެތް ބަޔަކަށް ކުރެވޭނީ ކޮންކަމެއް؟

 11. ހިމާރުލް ޤައުމު

  މި މަޖިލިސް ހާދަ މޮޅޭ.

 12. ނާޅި

  މަޖިލިސް ދުސްތޫރީ އިމުން ބޭރުވެ ޤާނޫނާއި ޤަވާއިދު މުގުރާލާ އޮޅުވާލައިގެން، މުޅި ދައުލަތުގެ ނިޒާމް ހަލާކު ކުރަނީ !

 13. ޑޮންޑޮންކަތީބު

  ގަމާރު ވިއަސް ބޮޑުވަރު ......ދިވެހިންނަކީ މީގެކުރިން ވެސް ހަމަމިހާގަމާރު ބައެއްބާ؟؟؟ނޫން ނޫން. ހީވަނީ 2008 ފެށިގެންހެން މިބޮލުރޮދި ކެނޑިގެން މިއުޅެނީ .ގަންޖާ ގަމާރުފާދިރީ އިބުނި ބޮލުރޮދީގެ ސުންޕާކަމުން ދިވެހިން ނާއި މުޅި ދުނިޔެ ސަލާމަތް ކުރަށްވާށި ....... ި

 14. ޔޫސުފް

  މަޖިލީހުން އެމައްސަލަ ތަހުގީގު ކުރުމުގެ ބަދަލު މަޖިލީހުން ޖަވާބުދާރީކުރުވަންޖެހޭ ސަލާމަތީ ބާރުތައް ފެއިލް ވުމުގެ ސަބަބުން ހިގާފައިވާ ކަމެއް ކަން ސާފުކޮށް އެނގެން އޮތްއިރު، އިޚްލާސްތެރިކަން އޮވެގެން މިކަންކުރަން އުޅޭނަމަ ކުރަންޖެހޭ ކަމަކީ އެންމެ ފުރަތަމަ ވުޒާތަކުގެ ވަޒީރުންނާއި، ގުޅުންހުރި ސަރވިސް ތަކުގެ އިސްވެރިން މަގާމުން އެކަހަރި ކުރުމެވެ. އެއަށް ފަހު ނޫނީ މިކަމުގެ ސައްހަމަލޫމާތު އަދި ފުރިހަމަ ތަހުގީގެއްވެސް ނުހިންގޭނެ އެވެ. މިކަން ކުރަން ސަރުކާރުން ނުކުޅެދިފައިވާނަމަ، އެކަން ކުރަންޖެހޭނީ މަޖީހުން މަޖީހުން އެކަން ކުރުމުގެ ގާބިލްކަން ނެތްނަމަ ކޮންމެހެން ބޮޑުމަންޒަރު ދައްކަން އުޅުމުގެ ބޭނުމެއް ނެތް

 15. ދިވެހިސޮރު

  މީއަޅެ ބޮޑުގުޅަތަ؟ ހުރިހާކަމެއް އެނގެނީ މ މ ނަށްތަ؟