ގދ.ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަވަހާރަވީ ކޮވިޑް ޖެހިގެން ކަމަށް އެޗްޕީއޭ އިން ނިންމައިފިއެވެ.

ޒާހިރު އަވަހާރަވީ ކޮވިޑަށް ފައްސިވުމުން ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށްފަހު ގެއަށް ދޫކޮށްލާފައި ވަނިކޮށް މިރޭ ކުއްލި ގޮތަކަށެވެ.

އެޗްޕީއޭ އިން ވިދާޅުވީ އައިޖީއެމްއެޗްގެ އީއާރްއަށް މިރޭ ގެންދިޔަ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑް ޖެހިގެން ނިޔާވެފައިވާ ކަމަށް ނިންމާފައިވާ ކަމަށެވެ. ޒާހިރު ނިޔާވީ މިރޭ 22:00 ގައެވެ.

އެހެންކަމުން މިހާރު ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 102 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހުމްމަދު

    انا للله وانا اليه راجعون މައްޔިތާގެ އެންމެހާ ފާފަތައް ފުުއްސަވާދެއްވަވާ ހެޔޮ ރަހުމަތް ލައްވަވާ ކައްވަޅުގެ އެންމެހާ އަޒާބުތައް އަފޫ ކޮއް ދެއްވަވާ ސުވަރުގޭގެ އެންމެހާ މަތވެރި ވެގެންވާ ނިއުމަތް ތައް މިންވަރު ކޮއްދެއްވަވާ އާއިލާޔައް ކެއްތެރި ކަންދެއްވަވާށި امين

    19
    1