21:06

ކޮވިޑް ޖެހިގެން އިތުރު އަންހެނަކު ނިޔާވެއްޖެ.

17:07

16:59

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ ރެސްޓޯރެންޓްތަވެސް އިތުރު ހަފްތާއަކަށް ބަންދު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފި

16:41

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު އިތުރު ހަފްތާއަކަށް ދަންމާލައިފި

14:48

ބ އަތޮޅު ދަރަވަންދޫގައި ކަރަންޓީނާއި ހިލާފުވި ބިދޭސީއަކު ކޮވިޑް-19 އަށް ފައްސިވެ، މުޅި ރަށް ނުރައްކަލަށް ހުށަހެޅިއްޖެ.

13:25

ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ

03:02


ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށިއިރު އެޗްއީއޯސީގެ މަސައްކަތްތައް މަޑުޖެހި، މަސައްކަތްތައް ކުރިއަށް ނުގޮސް އެތައް ކަމެއް ބޮއްސުންލައިގެން ގޮސް ގިނަ ބަޔަކަށް ދަނީ އެތައް ދައްޗެއް ކުރިމަތިވަމުންނެވެ. ފޯން ކޯލަކަށް ޖަވާބެއް ނުލިބެއެވެ. ކޮވިޑަށް ކުރާ ޓެސްޓެއްގެ ނަތީޖާ ދެތިން ހަތަރު ދުވަސް ނުވަނީސް ނުލިބެއެވެ. ކަރަންޓީން ވާން ޖެހޭ ހައިރިސްކް މީހުން ކަރަންޓީން ފެސިލިޓީތަކަށް ނުގެންދެވި އެތައް ގަޑިއިރެއް އެބަނަގައެވެ. ހައިރިސްކް މީހުން ކޮވިޑަށް ޓެސްޓް ކުރުން ވެސް އޮންނަނީ ވަރަށް ތަކުލީފް ބޮޑު މަކަކަށް ވެފައެވެ.

ހުރިހާ ޝަކުވާއަކަށް ވެސް އެޗްއީއޯސީ އިން ދެއްވާ ޖަވާބަކީ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރިއަށް އެބަދެއެވެ. ވަރަށް އަވަހަށް ކަންކަން ހައްލުވާނެއެވެ.

އިތުރު 1433 މީހުން މިއަދު ވެސް ކޮވިޑަށް ފައްސިވިއެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދާނަމަ ހާލަތު ކޮންޓްރޯލުން ނައްޓާލަފާނެ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއެވެ. ހަގީގަތުގައި މިހާރުވެސް ހާލަތު އޮތީ ކޮންޓްރޯލުން ނައްޓާލާފައެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަބްދު

    ކޮވިޑް ހައްލު އަންނާނީ މިސަރުކާރު ބަދަލުވެގެން

    22
  2. ޔތޓ

    ކޮރޯނާބަލިވެސް އަންނާނެ އައިސްފައިދާނެ ކޮންމެހެން ހުންއައިސްފާނެކަމަށް ރަޖާލާކަށްނުޖެހޭ

  3. ނާދިރާ

    ސަރުކާރުގެ ވެރިން އަނގަ ރުވާ. ތިމީހުންގެ ސަބަބުބް ން އެންމް 4 ލައްކަ މީހުން ސަލާމަތް ނުވެގެން މިއުޅެނީ.

  4. ރަހުމަ

    މިޤައުމަށް ކޮވިޑުކިޔާބައްޔެއް އެތެރެކުރީ ސީދާސަރުކާރުން. ރައްޔިތުންގެހުއްދަނެތިސް އިންޑިއާމީހުންތަކެއް އަޅާލި މިކަމަށް މާފުނުކުރާނަން

  5. ދިރާސާވެެރިޔާ

    މާތްﷲއިރާދަފުޅުން މިގައުމަކީ ދުނިޔޭގެ ގައުމުތަކުން ފެންނަ ރޯގާތަކާއި، ފެތުރޭ ވައިރަސްތަކާއި ދުރު ގައުމެއް.. އެކަމަކު ކޮވިޑު19 ރާއްޖެއިން ފުރަތަމަ ކޭސް ފެނުނުގޮތާއި، ފުރަތަމަ ޕޮޒިޓިވްވި މީ ހާ ނިސްބަތްވި އާއިލާ އާއި އެމީ ހާ ޕޮޒިޓިވްވީ ކި ހިނެއް އަމަލުތައް ބެ ހެއްޓުމުގެ ސަބަބުންތޯ..މީގެ 1އަހަ ހަރު ކުރީގެ ޙަބަރުތަކުން ފެންނަން އެއޮތީ..ދިވެ ހިރާއްޖެއަށް ފުރަމަތަ ކޭސް ފެނުނީވެސް އެޅިފައިވާ ފިޔަވަޅުތައް މުގުރާލައި ނުފޫޒުވަރުގަދަ، ބަޔެއްގެ މަގާމުގެ ބާރު ބޭނުންކުރުމުގެ ނަތީއްޖާ.. ފިޔަވަޅުތައް އަޅަންތިބި މީ ހުންނަށް މިނިވަންކަމެއްނެތި ޕްރޮފެނަލް ކަން ގެއްލިގެންގޮސް ބޮއްސުންލީ..

  6. ޟަލަސަ

    ދެންނުވާނޭ ކިއާފަ މުޅި ސަރުކާރު އިސްތިއުފާދީފައި ނަސީދުއާ ހަވާލުކުރޭ؟؟

  7. ކާފަ

    ރާއްޖޭގައި ބޮންގޮއްވުމަށްވުރެން، ކޮވިޑް ނުރައްކާ.
    ބޮން ގޮއްވައިގެން އެއްވެސް ފުރާނައެއް އަދި ނުގެއްލޭ. ޚޮވިޑްގައި 100 އިން މަތީގައި. ސަރުކާރަށް ފުރާނަ މުހިންމު ނުވަނީތޯ؟

  8. ޞިރާޠު

    ޕްރޮފެސަރ ޢުޤައިލް 2020 ވަނަ އަހަރުގެ ޖޫންހައިތަނުގައި ބުނެފައިވާ ދެވާހަކަ މިވަގތު ހިތަށް އަތުވެއްޖެއެވެ.
    1. ކޮވިޑްގެ ބަލިމަޑކަމަކީ 100 ދުވަހުގެ އިމްތިޙާނެއް
    2. ކޮވިޑްގެ ބަލިމަޑުކަމަކީ ޤަވްމުގެ ވެރިންގެ ޤާބިލްކަން އެގިގެންދާނޭ ކަމެއް!
    މަތީގައިއެވާ ދެވާހަކަޔަށް ބަލާއިރު އެކައްޗެއްވެސް ދިމާނުވާކަން ފާހަގަކުރަމެވެ. އަމުދުން ދިވެހިރާއްޖޭގެ ވެރިންތިބީ މިަކަމުގައިވެސް 100 ޕަސެންޓް ފެއިލްވެފައިކަން އެގިގެން ހިގައްޖެއެވެ.