ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން ނިޔާވެފައި ވަނީ 79 އަހަރުގެ ދިވެހި އަންހެނެކެވެ.

އެނގިފައިވާގޮތުން މި އަންހެން މީހާ ނިޔާވި، ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ.

މި މީހާ ނިޔާވުމާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 103 އަށް އަރާފައެވެ.

ފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އެކަނިވެސް އިތުރު ހަތަރު މީހަކު މި ބަލީގައި ނިޔާވެފައި ވެއެވެ.

އި މަހަކީ ކޮވިޑް-19 ފެތުރެން ފެށިފަހުންވެސް ރާއްޖެއިން މިބަލީގައި އެންމެ ގިނަ ބަޔަކު ނިޔާވި މެހެވެ.

މި ފަހުން ނިޔާވާ ގިނަ މީހުންނަކީ ވެސް ކޮވިޑް-19 ވެކްސިން އެއްވެސް ގޮތަކަށް ނުޖަހާ މީހުންނެވެ. އަދި ބައެއް މީހުން ވެކްސިންގެ އެއް ޑޯޒް ވެސް ފުރިހަމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޗަރުކެސް

  Vaccine ey kiyaigen beykaaru vaahaka dhakaane kameh nei. Maruvany vaccine nujahaameehhuno. Jehiyas nujehiyas vaa haraan. Sarukaaru ge failure.

  26
  2
 2. ސަކޫން

  " އަދި ބައެއް މީ ހުން ވެކްސިންގެ އެއް ޑޯޒް ވެސް ފުރި ހަމަ ކޮށްފައި ވެއެވެ."
  ދެވަނަ ޑޯޒް ޖަ ހަން ބޭނުން ވިއަސް ނުލިބުނީމަ ކި ހިނެއްތޯ ހަދާނީ

 3. ގަމާރު

  އޭބަލަ މިތިބަ ވެރީންނޭ. ޞިއްޙީ ނިޒާމް މިޔޮއްގެން ފުނޑެނީ. މީހުންތައް މަރުވަމުން މިދަނީ 2ވަނަ ބޮޑުހަނގުރާމައިގެ ބޮޑުތަދުގަ މީހުން މަރުވިބީދައިން. ޒަމާނީ ޞިއްޙީކުރިއެރުމުގެ ބޭނުމާއި ހޭލުންތެރި މުޖުތަމަޢު މިވަނީ ސިޔާސީ އޮއިވަރެއްގަ ޖެހި ގޮތުގައި ހިފަހައްޓައިގެން އަމިއްލައެދުމުން ފޯވެފަ. ޢަނެކާގެ ފުރާނަ ދުއްވާލައިގެންވެސް ތިމާގެ މުހުތާދު ފުދެނިކޮށް އެ ނިމުނީ. ޙައްޤާ އިންޞާފަކީ ސިޔާސީގޮތުން ބާރުހުރި ފަރާތަކަށް ނޫނީލިބެވެން ނެތް އެއްޗެއް. ކޮންމެ ކަހަލަ ކަމެއް ކޮންމެ ގޮތަކަށް ނިމޭއިރުވެސް އެކަމެއްގަ ކޮރަޕްޝަނާ މަކަރާ ޙީލަތުގެ ކޮންމެވެސް މިންވަރެއް އެކުލެވިގެންނޫނީ ނިމޭކަށްނެތް. މިފަދަ މުޖުތަމަޢެއްގައި ދިރިއުޅުމެއްގައި ބޯހާސްކަމުން މިންޖުވެ ހަމަޖެހޭ ވެއްޓަކަށް ނޭވާ ލުމަކީ ދަތި އުނދަގޫ ކަމަކަށްނޫނީ ނުވާނެ. އާދޭހާއެ އެދެނީ ޞިއްޙީއެހީތެރިން ދައްކާ މަގުން ދަތުރުކޮށް ޖެހިފައިމިވާ ވަބާއިން މިންޖުވުމަށް މަގެއް ކޮށައިދިނުމުގައި ނާޤާބިލްނުވެ ޤާބިލް މުޖުތަމަޢަކަށް ފަހި ފުރުޞަތެއް ހޯދައިދީ.. ކޮންމެ ރައްޔިތެއްގެ ފުރާނައަކީވެސް ވެރިން އިހްމާލުކޮށްލާފައިވާ ފުރާނައަކަށް ނުހަދަމާތޯ؟ މި ބިމުގައި ނިކަމެތި ރައްޔިތުމީހާގެ ޙައްޤުވެސް އަދާކޮށް ދެމާތޯ؟ ފެއިލް ވެފައިވާ ޞިއްޙީ ނިޒާމް ކޮޅަށް ޖެހުމުގައި ފަރުދީވާޖިބު އަދާކޮށް ދެމާތޯ؟ ނޫނީ ވަގުތު ފާއިތުވެދާނެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ލިބެވޭކަށް ނެތް. މަރުވެއްޖެ ފުރާނައެއް ދިރިގެނެއް ނާންނާނެ. ސިޔާސީ ކޯޅުމުގަ ރައްޔިތުން ފިއްތައިގެން ނުތިބެ ހަމަބިމަށް އެބައިމީހުން ނޭވާ ލިޔަދީ. ޢާދޭސްކޮށް ސަލާން ޖަހަން.

 4. Anonymous

  ޔާﷲ، މިބަލިމަޑުކަމުން އަޅަމެން ރައްކާތެރިކޮށްދެއްވާށި.

 5. ނަައީމް

  އެނޫންބައްޔެއްގަ މިހަކު މަރުވިކަމައްނުވޭ މިވީ 3އަހަރުތެރޭ ދެން ރައްޔިތުން ގަބޫލުކުރިޔަސް ސައްކުކުރާނެދޯ އަދި އެވާހަކަދައްކާނެ ކުރީގެ ހުރިހާބަލީގެ ނަން އެއކޮްލައިގެން ހަދާފަ އޮތްނަމެއްތޯ ސުވާލުކުރާނެ ދޯ މިސަރުކާރުގެ ނާގާބިލްކަން މިކަމުންވެސް އެގިގެންދަނީ